Roadha Mihaaru
ޗައިނާ އިން ބޭރުވާން ގޫގުލް ފެކްޓަރީތައް ވިއެޓްނާމަށް

ޗައިނާ އިން ބޭރުވާން ގޫގުލް ފެކްޓަރީތައް ވިއެޓްނާމަށް

30 އޯގަސްޓް 2019

ގޫގުލް އިން ސްމާޓްފޯނު އުފައްދަނީ މާ ބޮޑު ފައިދާއެއް ވާތީ ނޫން ކަމަށްވެ އެވެ. ނަމަވެސް، ދެމެހެއްޓެނި މަސައްކަތަކަށް ވެއްޖެ ނަމަ، ފައިދާ ވާނެ ކަމަށް ކުރެވޭ އުންމީދުގައި ފޯނުތައް އުފައްދަނީ އެވެ. ތަޖުރިބާކާރުން ގޫގުލް އަށް ލަފާދެނީ ބާރުގަދަ ފޯނުތައް ގިނަނުކުރުމަށެވެ. މެދު ފަންތީގެ ފޯނުތައް ގިނަކުރުމަށެވެ. ގޫގުލް އަށް ފައިދާ ވަނީ ވެސް މެދު ފަންތީގެ ފޯނުތަކުންނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެމެރިކާ އިސްވެ އޮވެ ޗައިނާ އަށް ދަތިކުރަން ކުރާ އިގްތިސާދީ ހަނގުރާމައިގައި، ގޫގުލް ވެސް އޮތީ ފިތިފަ އެވެ. ޗައިނާގައި އުފައްދައި އެމެރިކާ އަށް އެތެރެކުރާ މުދަލުން ޓެކްސް ނަގަމުން ދާއިރު، ގޫގުލް ޕިކްސެލް ފޯނުތައް ވެސް އުފައްދަނީ ޗައިނާގަ އެވެ. ސްމާޓްފޯން މާކެޓުން ރަނގަޅު ނަފާއެއް ނުލިބޭ ބަޔަކަށް މި އޮތީ އަނެއް ރިހުމެވެ.

ގޫގުލް ފޯނުތަކުން ޓެކްސްނަގާނެކަން ގާތްގަނޑަކަށް ވަނީ ކަށަވަރުވެފަ އެވެ. އެހެންވެ އަދި ޓެކުހުން ސަލާމަތްވުމަށް ޗައިނާގައި ހުރި ގޫގުލް ފެކްޓަރީތައް ވިއެއްޓަނާމް އަށް ބަދަލުކުރަން އެ ކުންފުނިން ވިސްނާ ކަމަށް ބުނެވެ އެވެ. ފިކްސެލް ފޯނުތައް އަދި ސްމާޓް ސްޕީކަރުތަކާ ގުޅުން ބައެއް ބައިތައް ތައިލެންޑްގައި ވެސް އުފައްދާނެ ކަމަށް ބުނެވެ އެވެ.

ގޫގުލް އަކީ އެމެރިކާ ސަރުކާރަށް ވަރަށް ބޮޑަށް އެއްބާރުލުން ދޭ ކުންފުނެއް ގޮތުގައި ވަނީ ބެލެވިފަ އެވެ. އެ ނޫން ގޮތެއް ވެސް ނެތީ އެވެ. އެއްބާރުލުން ދިނުމުގައި ބޯހަރުކަން ދައްކާ ނަމަ ބިރުގަންނަ ވަރުގެ އަދަދަކުން ޖޫރިމަނާކުރުމަކީ ވެސް އެކަށީގެންވާ ކަމެވެ. އެމެރިކާ އަދި ޔޫރަޕްގައި ގޫގުލް އަށް ވަނީ އެތައް ފަހަރަކު ލަނޑުލިބިފަ އެވެ.

ސްމާޓްފޯން މާކެޓް ހިނގަމުން ދާ ގޮތާ ބެހޭ ގޮތުން ލިބެން ހުރި ތަފާސްހިސާބުތަކާށް ބަލާއިރު، ގޫގުލް ފޯނުތައް އަދި ސްމާޓް ސްޕީކަރުތައް ވެސް އެންމެ ގިނައިން ވިކިފައި ވަނީ އެމެރިކާގަ އެވެ.