Roadha Mihaaru
ކުންފުނިތަކުން އެދެނީ އިންޑިއާ ސްމާޓްފޯން ނާރެހަކަށްވާން

ކުންފުނިތަކުގެ އުންމީދަކީ ސްމާޓްފޯން ނާރެހަކަށް އިންޑިއާ ހެދުން

10 މެއި 2020

އިންޑިއާގައި ސްމާޓްފޯން މާކެޓް ދާދި އެއް މިންގަނޑެއްގައި ދެމެހެއްޓިފައި އޮވެ އެވެ. ބައްރުތަކުގައި ސްމާޓްފޯނުގެ އަގުތަކަށް ލޮޅުންއެރި ނަމަވެސް، އިންޑިއާ ބެލެވިފައި ވަނީ، ޚާއްސަކޮށް އެވްރެޖް މާކެޓް ވަރުގަދަ ގައުމެއް ގޮތުގަ އެވެ. ނަމަވެސް، ފާއިތުވި ދެތިން މަހު، ކޮރޯނާވައިރަހާ ހެދި، އިންޑިއާ މާކެޓަށް ވެސް ދަތިތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސެމްސަންގް، އޮޕޯ، ޝޯމީ އަދި ވީވޯ ފޯނުތައް އިންޑިއާގައި އުފައްދަ އެވެ. މިއީ އެ ގައުމުގައި އާންމު މަރުކާތެކެވެ. މަޝްހޫރު ފޯނުތަކެކެވެ. އެހެން ނަމަވެސް، މި އަހަރުގެ ފުރަތަމަ ދެތިން މަސްވެފައި ވަނީ ގާތްގަނޑަކަށް ވިޔަފާރި ބަންދު މުއްދަތަކަށެވެ. ފެކްޓަރީތައް ބަންދުކުރަންޖެހުން އަދި ފެކްޓަރީގައި ތައްޔާރަށް ހުރި ޝިޕްމަންޓްތައް ވެސް ވަނީ ވިޔަފާރި އަށް ނުނެރެވިފަ އެވެ.

ސެމްސަންގް އިންޑިއާ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވާ ގޮތުގައި، ކޮވިޑް-19 އާ ހެދި ގައުމު ބަންދުކުރަންޖެހިފައި އޮތް އޮތުމަށް ލުޔެއް ހަމަ ދޭ ތަނުން، ފެކްޓަރީތަކުގައި މަސައްކަތް ފަށާނެ އެވެ. އަދި ގެއްލުން ފޫބެއްދުމަށްޓަކައި އިންޑިއާ މާކެޓް ވަރުގަދަ ކުރާނެ އެވެ.

އޮޕޯ، ޝޯމީ އަދި ވީވޯ އިން ވެސް ވަނީ ފެކްޓަރީތައް ހުޅުވައި، އިންޑިޔާގައި ސްމާޓްފޯން ވިޔަފާރި ފުޅާކުރާނެ ކަމަށް ބުނެފަ އެވެ. ރަސްމީ އިދާރާތަކުން އަންގާ އެނގުތަކާ އެއްގޮތަށް މަސައްކަތްތައް ފަށާއި، ދެމެހެއްޓެނިވި އުސޫލަކުން ކުރި އަށް ގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސެމްސަންގަކީ ސައުތު ކޮރެއާ ކުންފުންޏެއް ނަމަވެސް، ވިސްނުމަކީ ސްމާޓްފޯން ނާރެހެއް ގޮތުގައި އިންޑިޔާ މާކެޓް ތަރައްގީކުރުން ކަމަށް ވަނީ ބުނެފަ އެވެ. އިންޑިޔާ އަކީ އާބާދީ ބޮޑު ގައުމެކެވެ. ސްމާޓްފޯން ކުންފުނިތަކުން އަދި ވިޔަފާރި އުފެއްދުންތައް އުފައްދާ އެހެން ކުންފުނިތަކުން ވެސް އިންޑިޔާ އަށް ސަމާލުވާ ސަބަބަކީ މިއީ އެވެ.