ގާޒީ ބިލްޑިން ކުރިމަތީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަށް، އެތަނުގައި ހުރި ބޮޑު ގަހެއް ވެއްޓި ގެއްލުންތަކެއް ވެއްޖެ އެވެ.
03 ޖެނުއަރީ 2018
ގާޒީ ބިލްޑިން ކުރިމަތީގައި ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގެ މައްޗަށް، އެތަނުގައި ހުރި ބޮޑު ގަހެއް ވެއްޓި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުސް އޮފީހުން ބުނީ މިއަދު ފަތިހު، 5:30 ހާއިރު އައި ކޮޅިގަނޑެއްގައި ގަސް ވެއްޓި، ތިން ސައިކަލަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. ގަސް މުލުން ލުހިގެން މަގުމައްޗަށް ވެއްޓުނު އިރު އެ ތަނުގައި ބަރިބަރި އަށް ސައިކަލުތައް ޕާކުކޮށްފައި ހުއްޓެވެ. އެކަމަކު ބޮޑަށް ގެއްލުން ލިބުނީ ގަހުގެ މައިގަނޑު ގޮސް ޖެހުނު ހިސާބުގައި ހުރި ސައިކަލުތަކަށެވެ.
ގާޒީ ބިލްޑިން ކުރިމަތީގައި ހުރި ގަސް ސައިކަލުތަކުގެ މައްޗަށް ވެއްޓިފައި
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ރޭ ފަތިހު މާލެ އަށް ކުރި ވިއްސާރައާ ގުޅިގެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ބައެއް ހިސާބުތަކުގައި ފެން ބޮޑުވި އެވެ. އެ ގޮތުން އައިޖީއެމްއެޗް ހުންނަ ސަރަހައްދުގައި ދޮޅު ފޫޓެއްހާ ހަމައަށް ފެން ބޮޑުވެފައިވާ އިރު، މަގުމަތީގައި ޕާކުކޮށްފައި ހުރި ސައިކަލުތައް ވެސް ހުރީ ފެންގަނޑު ތެރެ އަށް ވެއްޓިފަ އެވެ.
މާފަންނުގެ އިތުރުން ގަލޮޅުގެ ބައެއް ހިސާބުތަކުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. ރެއިން ފެށިގެން މިއަދު ހެނދުނާ ހަމައަށް މެދުނުކެނޑި ވާރޭ ވެހުނު އިރު، މެދު ރާއްޖޭގެ އަތޮޅުތަކަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.
މާލޭގައި ބަރު ވެހިކަލް ނުދުއްވަން އެދިއްޖެ
ފެން ހިނދެންދެން ބަރު އުޅަނދުތައް ނުދުއްވަން އެދިއްޖެ
ފެން ހިންދާ ޕަމްޕް 72 ރަށަކަށް ފޮނުވައިފި
ވިއްސާރައިގެ ގެއްލުންތަކުން ރައްކާތެރިވާން އޮޕަރޭޝަނެއް
ފެން ހިނދެންދެން ބަރު އުޅަނދު ނުދުއްވަން އެދިއްޖެ
މުޅި މާލޭގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެއްޖެ
ދަތުރުކުރުމުގައި ގިނަ ކަންކަމަށް ސަމާލުކަންދޭން އެދިއްޖެ
ގަދަ ހޫނަށް ފަހު ކުރި ވިއްސާރާގައި މާލެ ހުއްޓުމަކަށް
ޓޯކުރި ސައިކަލެއް ނައްތާލުމުން ބަދަލަށް 82،000ރ.
މާލޭގައި ބަރިބަރި އަށް ސްޓިކާ ޖަހައިފި!