އައިލެންޑާސް އެޑިއުކޭޝަނުގެ ސްކޫލުތަކުގައި އަންނަ އަހަރު ގްރޭޑް އެކެއްގައި ކިޔަވަން ފުރުސަތު ހުޅުވާލިތާ ހަތް މިނެޓްގެ ތެރޭގައި ޖާގަތައް ހުސްވެއްޖެ އެވެ.
16 ޖުލައި 2019
އައިލެންޑާސް އެޑިއުކޭޝަނުގެ ސްކޫލުތަކުގައި އަންނަ އަހަރު ގްރޭޑް އެކެއްގައި ކިޔަވަން ފުރުސަތު ހުޅުވާލިތާ ހަތް މިނެޓްގެ ތެރޭގައި ޖާގަތައް ހުސްވެއްޖެ އެވެ.
އައިލެންޑާސްގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ އެތަނުން ހިންގާ ދެ ސްކޫލުގައި އަންނަ އަހަރު ކިޔަވަން ހުޅުވާލި 122 ޖާގަ ހަތް މިނެޓްގެ ތެރޭގައި ފުރުނު ކަމަށެވެ. އެ ތަނުގެ ވެބްސައިޓް މެދުވެރިކޮށް ރޭ ހުޅުވާލީ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުން 50 ޖާގަ އާއި ބިލަބޮންގް ހައި ސްކޫލުން 72 ޖާގަ އެވެ.
އެ ޖާގަތައް ހުޅުވާލީ އައިލެންޑާސް އިން ހިންގާ ކެންގަރޫ ކިޑްސް އާއި އަމީރު އަހުމަދުގެ ޔޫކޭޖީގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް އެކަންޏެވެ.
"ކޮންމެ ހަތަރު ސިކުންތަކުން އަޅުގަނޑުމެންނަށް އެޕްލިކޭޝަނެއް ލިބެމުން އައި،" އަދްލީ ވިދާޅުވި އެވެ.
އަދްލީ ވިދާޅުވީ އިއްޔެ ނިމުނީ ޕްރީ-ރެޖިސްޓްރޭޝަންގެ މަސައްކަތް ކަމަށެވެ. އަދި އެ ޖާގަތައް ޔަގީންކޮށް، ދަރިވަރުން ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި ރަޖިސްޓްރީ ފީ ދައްކަން ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ސަބަބަކާ ހުރެ އެ ޖާގަތައް ލިބިފައިވާ ބެލެނިވެރިން ފީ ނުދައްކައިފި ނަމަ، އެ ޖާގަތައް އަޅުގަނޑުމެން އަލުން އާންމުންނަށް ހުޅުވާލާނަން،" އަދްލީ ވިދާޅުވި އެވެ.
އެ ސްކޫލުތަކުގައި ކިޔަވަން ހުށަހަޅަން ދެވަނަ ބުރަކަށް ހުޅުވާ ނަމަ، ހުޅުވާލާނީ ކެންގަރޫ ކިޑްސް އަދި އަމީރު އަހުމަދު ސްކޫލްގައި ކިޔަވާ ކުދިންގެ އިތުރުން އާންމުންނަށް ވެސް ރަޖިސްޓްރީކުރެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެއިޓް ލިސްޓްކޮށްފައިވާ ބެލެނިވެރިންނަށް އިސްކަންދޭނެ ކަން ފާހަގަކުރައްވަމުން، ރަޖިސްޓްރީކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދަން އިލްތިމާސްކުރި އެވެ.
އަމީރު އަހުމަދު ސްކޫލުގަ އާއި ކެންގަރޫ ކިޑްސް އިން 20 ކްލާހެއްގެ ދަރިވަރުން މިއަހަރު ޔޫކޭޖީ ފުރިހަމަކުރެ އެވެ. ނަމަވެސް ފިންލަންޑް އިންޓަނޭޝަނަލް ސްކޫލް އާއި ބިލަބޮންގް ހައި ސްކޫލުން ގްރޭޑް އެކަކަށް ނެގެން އޮތީ އެންމެ ފަސް ކްލާހެއްގެ ދަރިވަރުންނެވެ.
އައިލެންޑާސް އިން ގްރޭޑް އެކެއްގައި ކިޔެވޭނެ ކެޕޭސިޓީ އިތުރުކުރަން އެތަނުން މަސައްކަތްކުރަމުން އަންނަ ކަމަށް އަދްލީ މީގެ ކުރިން ވިދާޅުވި އެވެ.
އައިލެންޑާސްއިން ގްރޭޑް 1 ގައި ކިިޔަވަން ހުޅުވާލަނީ
އައިލެންޑާސް ސްކޫލުތަކުގެ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި
އައިލެންޑާސް އިން ހިންގާ ސްކޫލުތަކުގެ ފީ ކުޑަކޮށްދީފި
ބިމުގެ ވެރިފަރާތް ނޭނގި އައިލެންޑާސް އަށް ދަތިތަކެއް!
ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލުގެ މައުލޫމާތު ދެނީ
ފިންލޭންޑު އިންޓަނޭޝަނަލް ސްކޫލެއް ރާއްޖޭގައި ހުޅުވަނީ
ބިލަބޮންގް އާއި ފިންލެންޑުގެ އެޑްމިޝަނަށް ހުޅުވާލަނީ
ބިލަބޮންގް އާއި ފިންލޭންޑް ސްކޫލަށް ބަހުގެ ހިދުމަތް
ބިލަބޮންގް، ފިންލެންޑް ސްކޫލްގެ އެޑްމިޝަނަށް ހުޅުވާލަނީ
އިންގިލާބީ ސާނަވީ ތައުލީމު، ފިންލަންޑް އިންޓަނޭޝަނަލުން