އައިލެންޑާސް އެޑިއުކޭޝަނާ ދެމެދު ކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އަމީރު އަހުމަދު ޕްރީސްކޫލުގެ ބިން ސަރުކާރުން ހަވާލުކޮށްފައި ނުވާތީ އެ މަޝްރޫއު ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވެއްޖެ އެވެ.
05 މާޗް 2020
އައިލެންޑާސް އެޑިއުކޭޝަނާ ދެމެދު ކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް އަމީރު އަހުމަދު ޕްރީސްކޫލުގެ ބިން ސަރުކާރުން ހަވާލުކޮށްފައި ނުވާތީ އެ މަޝްރޫއު ކުރިއަށް ގެންދަން ދަތިތަކާ ކުރިމަތިވެއްޖެ އެވެ.
ކުންފުނީގެ އަމިއްލަ ޚަރަދުގައި، އަމީރު އަހުމަދު ޕްރީސްކޫލު އިމާރާތްކޮށް، ހިންގަމުން އަންނަނީ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ސްކޫލާއި ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލުގެ ބައެއް އަދި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލު ހިންގަން ވެސް އައިލެންޑާސް އަށް ބިން ދިނީ، އަމީރު އަހުމަދު ޕްރީސްކޫލު ހިންގުމުގައި ވެސް އެހީތެރިވުމަށް އެއްބަސްވެގެންނެވެ.
އެ ސްކޫލުތައް ހިންގަނީ އަމީރު އަހުމަދު ޕްރީސްކޫލު ވެސް ހިންގާ ހެންވޭރު ޑްރީމް ކެމްޕަހުގެ ބިމުގަ އެވެ.
އަމީރު އަހުމަދު ޕްރީސްކޫލު ހިންގަން އެޑިއުކޭޝަން މިނިސްޓްރީން އައިލެންޑާސް އެޑިއުކޭޝަނާ ހަވާލުކުރީ މީގެ ހަތް އަހަރު ކުރިންނެވެ. އެކަމަކު ޑްރީމް ކެމްޕަހުގައި އަމީރު އަހުމަދު ޕްރީސްކޫލު ހިންގާތާ ހަތް އަހަރު ވެގެން ދިޔައިރު ވެސް އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން ބިން ހަވާލެއް ނުކުރެ އެވެ.
މާލޭގައި ހިންގާ އެހެން ޕްރީ ސްކޫލުތަކާ ހިލާފަށް އަމީރު އަހުމަދުގައި ނަގަނީ ވަރަށް ކުޑަ ފީ އެކެވެ. އެއީ ކޮންމެ ދަރިވަރެއްގެ އަތުން 250ރ. އެވެ.
އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަދްލީ ރަޝީދު މިއަދު ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ބިން ހަވާލު ނުކުރާތީ އެ މަޝްރޫއުގައި އިމާރާތް ކުރަންޖެހޭ ތަންތަނުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
އައިލެންޑާސް އިން ޑްރީމް ކެމްޕަހުގައި ހިންގާ ހަތަރު ސްކޫލުގައި މިހާރު ވެސް 2000 އެއްހާ ދަރިވަރުން ކިޔަވަމުން ދެ އެވެ.
"މި މައްސަލަ އަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން މިހާރު ހުއްޓުމެއް ނެތި ހަތް އަހަރު ވަންދެން، އެ އިރެއްގައި އޮތް ސަރުކާރަކާ އެއްކޮށް މަސައްކަތް ކުރެވިއްޖެ. މިއަދާ ހަމައަށް ވެސް އިމާރާތްކުރަން ބޭނުންވާ ފައިސާ ހޯދުމަށް ބޭންކުތައް ގަބޫލުކުރާ ފަދަ އެގްރިމެންޓެއް އަޅުގަނޑުމެން އަތަކު ނެތް،" އަދްލީ
އެއްބަސްވުމުގައި ސޮއިކުރި ފަހުން، ހަތަރު ފަހަރެއްގެ މަތިން ސަރުކާރު ބަދަލުވެ، ސިޔާސަތަށް އައި ބަދަލުތަކާ ގުޅިގެން 2013 އާއި 2018 ވަނަ އަހަރު ސަރުކާރުން ވަނީ އެއްބަސްވުން ބަދަލުކޮށްފަ އެވެ. އެންމެ ފަހުން 2018 ގައި ސޮއިކުރި އެއްބަސްވުމުގައި، އައިލެންޑާސް އެޑިއުކޭޝަނުން ހިންގާ ސްކޫލުތަކުގެ ބިމުގެ ވެރިފަރާތަކީ އެޑިއުކޭޝަން މިނިސްޓްރީ ކަމަށް ނިންމާފައި ވެ އެވެ. ނަމަވެސް، އެ ބިންތަކުގައި އިތުރަށް ބޭނުންވާ ކްލާސްރޫމުގެ އިމާރާތްތަކުގެ ކުރެހުން ފާސްކުރަން މިދިޔަ އަހަރު ހުށަހެޅުމުން އެއިން އެއްވެސް ބިމެއް އޮތީ އެ މިނިސްޓްރީ ދަށުގައި ނޫން ކަމަށް ބުނެފައިވާ ކަމަށް އަދްލީ ވިދާޅުވި އެވެ.
ބިމުގެ ބެލެނިވެރި ފަރާތް ސަރުކާރުން މިއަދާ ހަމައަށް ވެސް ސާފުކޮށްދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މައްސަލަ އަށް ހައްލެއް ލިބޭތޯ އަޅުގަނޑުމެން މިހާރު ހުއްޓުމެއް ނެތި ހަތް އަހަރު ވަންދެން، އެ އިރެއްގައި އޮތް ސަރުކާރަކާ އެއްކޮށް މަސައްކަތް ކުރެވިއްޖެ. މިއަދާ ހަމައަށް ވެސް އިމާރާތްކުރަން ބޭނުންވާ ފައިސާ ހޯދުމަށް ބޭންކުތައް ގަބޫލުކުރާ ފަދަ އެގްރިމެންޓެއް އަޅުގަނޑުމެން އަތަކު ނެތް،" އަދްލީ ވިދާޅުވި އެވެ.
"ދެން ބާކީ މި އޮތީ މި އަހަރު އެންމެ ނުވަ މަސް. ކިހިނެއްތޯ 2021 ވަނަ އަހަރަށް އެގްރިމެންޓްގައި އޮތްގޮތަށް އަޅުގަނޑުމެން އިމާރާތެއް އަޅާނީ؟،"
އޭނާ ވިދާޅުވި ގޮތުގައި، އެ ސްކޫލުތަކުގައި ކިޔަވާ 2000 އެއްހާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނަށް ލިބެންޖެހޭ އަސާސީ ހައްގު ސަރުކާރުން ހިމާޔަތް ކޮށްދޭންޖެހޭނެ އެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް "މިހާރު" އާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ މި މައްސަލަތަކާ ހެދި ސްކޫލު ހިންގަން ދަތިތަކާ ދިމާވެފައިވާ ކަމަށް އައިލެންޑާސް އިން އަންގާފައިވާ ކަމަށެވެ. އެ ކަންތައްތަކުގެ ތެރެއިން ސްކޫލު ހުއްޓާލަން ޖެހިއްޖެ ނަމަ އެކަމުގެ ގެއްލުން ބެލެނިވެރިންނަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިހެން ބަލަން ތިބެވޭކަށް ނުހުރެވޭނެ،" ބެލެނިވެރިއާ ބުންޏެވެ.
އައިލެންޑާސް ސްކޫލުތަކުގެ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފި
ބިމުގެ ވެރިފަރާތް ނޭނގިގެން އައިލެންޑާސް އިން ކޯޓަށް
ކެންގަރޫ ކިޑްސް އާއި ބިލަބޮންގެ އެޑްމިޝަން ހުޅުވާލަނީ
އައިލެންޑާސްއިން ހުޅުވާލި ޖާގަތައް 7 މިނެޓުން ފުރިއްޖެ
އައިލެންޑާސްއިން ގްރޭޑް 1 ގައި ކިިޔަވަން ހުޅުވާލަނީ
ބިލަބޮންގް އާއި ފިންލެންޑް ސްކޫލުން ގްރޭޑް 1އަށް ޖާގަ
ފިންލެންޑްގެ އޯލޫ ޔުނިވަސިޓީން ޓީޗަރުން ތަމްރީނުކުރަނީ
އަމީރު އަހުމަދު ސްކޫލު ބިން 35އަހަރަށް އެޑިއުކޭޝަނަށް
ޓީޗަރުންތަކެއް ކިޔަވައިދޭން ކުރި އަގުހުރި މަސައްކަތް
އައިލެންޑާސް އިން ހިންގާ ސްކޫލުތަކުގެ ފީ ކުޑަކޮށްދީފި