17 ޖުލައި 2019
އައްޑޫ ފްލައިން ސްކޫލުގައި ތަމްރީނު ހޯދާ ދިވެހި ދަރިވަރުންގެ ތަމްރީނު ދިގުދަންމައި އެ ދަރިވަރުންނާ މެދު އެ ސްކޫލުން ވަރަށް އިހާނެތިކޮށް ކަންތައް ކުރާ ކަމަށް ބައެއް ބެލެނިވެރިން ތުހުމަތުކޮށްފި އެވެ.
އައްޑޫ ފްލައިން ސްކޫލުގައި ތަމްރީނު ހޯދާ ދިވެހި ދަރިވަރުންގެ ތަމްރީނު ދިގުދަންމައި އެ ދަރިވަރުންނާ މެދު އެ ސްކޫލުން ވަރަށް އިހާނެތިކޮށް ކަންތައް ކުރާ ކަމަށް ބައެއް ބެލެނިވެރިން ތުހުމަތުކޮށްފި އެވެ.
"މިހާރު"އާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނި ގޮތުގައި ފްލައިން ސްކޫލުގެ ތަމްރީނުގެ ބޮޑުބައެއް ނިމި، އެންމެ ފަހުގެ ޓެސްޓްތައް ހެދުމުގެ ފުރުސަތު ނުދީ ލަސްކުރުމުގެ ސަބަބުން ދަރިވަރުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ދަނީ އިސްރާފުވަމުންނެވެ. އެހެން އެކަން އޮތްއިރު، އޭނާ ބުނި ގޮތުގައި އެ ސްކޫލަށް ރާއްޖޭން ބޭރުން އަންނަ ދަރިވަރުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން އެ ދަރިވަރުންގެ ކޯސް ވަނީ އަވަސްކޮށްދީފަ އެވެ.
"އަޅުގަނޑުގެ ދަރިފުޅުގެ ތަމްރީނަށް މިހާރު ވެސް 82،000 ޑޮލަރު ހަރަދުކޮށްފިން. އޭނާގެ އެންމެ ފަހުގެ ޓެސްޓްތައް ނުނިމިގެން ވަޒީފާ އަށް ނުދެވިފަ ހުންނަތާ މިހާރު މިވަނީ ދެ އަހަރު. އެކިފަހަރު އެކި ވާހަކަ ދައްކަނީ. އެއްފަހަރު ކެންސަލް ކޮށްފާނެ ފްލައިޓަށް އަޅާނެ ތެޔޮ ނެތިގެންނޭ ކިޔާފައި، އަނެއް ފަހަރު އެހެން ވާހަކައެއް ދައްކާނެ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ބެލެނިވެރިޔާ ބުންޏެވެ.
ރާއްޖޭން ބޭރުން އަންނަ ދަރިވަރުން އިތުރު ފައިސާ ދިނުމުން ތަމްރީނު ނިންމުން އަވަސްކޮށްދިން ކަން އެނގިފައިވާ ކަމަށް ވެސް ބެލެނިވެރިޔާ ބުންޏެވެ.
އެހެން ނަމަވެސް އައްޑޫ ފްލައިން ސްކޫލް ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއަރޮނޮޓިކްސް (އޭއޭއޭ) އިން އެ ވާހަކަތައް ދޮގުކުރެ އެވެ.
ދިވެހި ދަރިވަރުންނާ މެދު ތަފާތު ގޮތަަކަށް ކަންތައް ކުރަމުންދާ އިރު އެކަމާ ޝަކުވާ ކުރާ ދަރިވަރުން ކޯހުން ވަކިކުރާނެ ކަމުގެ ބިރު ވެސް ދައްކާ ކަމަށް ބެލެނިވެރިޔާ ތުހުމަތު ކުރި އެވެ. އޭނާ ބުނީ އެގޮތަށް ބައެއް ކުދިން ވަކިކޮށްފައިވާ ކަމުގެ މައުލޫމާތު ވެސް އޭނާ އަށް ލިބިފައިވާ ކަމަށެވެ.
އެހެން ބެލެނިވެރިއަކު ބުނީ ފްލައިން ސްކޫލްގައި މިހާރު ވެސް ދަރިވަރުން އެންރޯލްކޮށްފައި ވަނީ އެތަނުގައި ހުރި ވަސީލަތްތަކާ އެކަށީގެންނުވާ ވަރަށް ގިނައިން ކަމަށެވެ. އެހެންވެ، އުދުހުގެ ތަމްރީނުތައް ހެދުން ލަސްވަމުން ގޮސް ދެ އަހަރުން ނިމޭ ކޯސް ހަ އަހަރަށް ދިގުލާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމަކު ފްލައިން ސްކޫލުގެ ސީއީއޯ ކެޕްޓަން ސޫރަންޖަން ޑިސިލްވާ ވިދާޅުވީ ކޯސް ނުނިމި ލަސްވެފައިވާ ދަރިވަރުންގެ ކޯސް ނިމުން ލަސްވެފައި ވަނީ އެ ސްކޫލުގެ މައްސަލަޔަކުން ނޫން ކަމަށާއި އެކަމުގައި ދަރިވަރުންގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. ނުނިމި ލަސްވި ބައެއް ދަރިވަރުންގެ ނަންތައް ވެސް ވިދާޅުވުމަށް ފަހު އޭނާ ވިދާޅުވީ އެއްބައި ދަރިވަރުންގެ ތަމްރީނު ލަސްވީ ގަވައިދުން ހާޒިރު ނުވެގެން ކަމަށާއި އަނެއް ބައި ދަރިވަރުން ގަވައިދުން ފީ ނުދައްކާ ކަމަށެވެ.
"ލަސްވާ މައްސަލައިގައި ކުރީ ސަރުކާރުން ވެސް އަޅުގަނޑުމެންނާ ސުވާލުކުރި. އޭރު ވެސް ދެންނެވިން މައްސަލަ ދިމާވެގެން އުޅޭ ދަރިވަރުންގެ ނަންތައް ދޭށޭ. އޭރުން ވަކިވަކިން އެ ދަރިވަރުންގެ ތަފުސީލު ދޭނަމޭ. ދެން އެ މައްސަލަތައް އޮޅުންފިލުވައިދިނިން. ބައެއް ދަރިވަރުން އެބަތިބި ހަ މަސް ހަތް މަސް، އެހެން ގޮސް 10 މަސް ދުވަހު ވެސް ހާޒިރު ނުވެ. ދެން އެ ދަރިވަރުންގެ ތަމްރީނު ނުނިމި ލަސްވުން އެެއީ މިތަނުގެ މައްސަލައެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބައެއް ދަރިވަރުންގެ ފީ ދެއްކުން ލަސްވެ، ސަރުކާރުން ލޯނު ހަމަ ޖެހެންދެން ވެސް މަޑުކޮށްގެން ތިބި ކަމަށާއި އެހެން ނަމަވެސް ގަވައިދުން ފީ ނުދައްކާ ނަމަ އިމްތިހާނުތަކާއި ތަޖުރިބާ ކުރުމުގެ އުދުހުންތައް ނުބޭއްވުމަކީ ހަމަޖެހިފައިވާ އުސޫލު ކަމަށެވެ.
ކޯސް ފެށުމުގެ ކުރިން އެއްވެސް ދަރިވަރެއްގެ އަތުން މުޅި ކޯހުގެ އަގު ނަގާފައި ނުވާނެ ކަމަށް ވެސް އޭނާ ސޫރަންޖަން ވިދާޅުވިި އެވެ.
"އެގޮތަށް އަގު ނުނަގަނީ ވެސް ދަރިވަރު ވަކިކުރަން ޖެހޭ ހާލަތެއް އަތުވެދާނެތީ،" އޭނާ ވިދާޅުވި އެވެ.
ވަަސީލަތްތައް މަދުވެގެން އުދުހުމުގެ ފުރުސަތު ލަސްވާ ކަމަށް ބައެއް ބެލެނިވެރިން ކުރާ ޝަކުވާ ވެސް ސޫރަންޖަން ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވީ އުދުހުން ނުބޭއްވިފައި ވާ ނަމަ ނުބޭއްވި އޮންނާނީ މޫސުން ގޯސްވެގެން ކަމަށެވެ.
ފްލައިން ސްކޫލްގައި ތަމްރީނު ހޯދަމުން އަންނަ ދަރިވަރުންގެ ކޯސްތައް ދިގުލައިގެންދާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވެސް އިއްޔެ ބުންޏެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ފްލައިން ސްކޫލުގެ ޕްރޮގްރާމަށް ހުއްދަ ދިން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ އެކު އެކަމާ ބެހޭ ގޮތުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ކޯސްތައް ނުނިމި ދިގުދެމުނު މައްސަލައާ ބެހޭ ގޮތުން ސަރުކާރުން މަޝްވަރާ ކޮށްފައިވޭތޯ ދެންނެވުމުން ސޫރަންޖަން ވިދާޅުވީ އެފަދަ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ.
"އެފަދަ އެއްވެސް މަޝްވަރާއެއް މިވަގުތު ކުރިއަކަށް ނުދޭ،" އޭނާ ވިދާޅުވި އެވެ.
ސްޓޫޑެންޓް ލޯނަށް އެދޭ މުއްދަތު އިތުރު ކޮށްފި
ހައްލު ނުލިބި، ފްލައިން ސްކޫލް ބޭރުކުރަން ގޮވާލައިފި
މަރުގެ ތުހުމަތުކުރުމުން އޭއޭއޭއަށް ފިޔަވަޅުއަޅަން އެދެފި
ސްޓޫޑެންޓް ލޯނަށް 1،300 ދަރިވަރުން ކުރިމަތިލައިފި
"ލޯނު ނުލިބުނީ ސެޓްފިކެޓްތަކުގެ ދެ ފުށް ހުށަނާޅާތީ"
މަތީ ތައުލީމުގެ ލޯނު ހަމަޖެހުނީ މަދު ބަޔަކަށް
ދަރިވަރުންގެ ލޯނުގެ ބެކްލޮގް ހުސްކޮށްފިން: މިނިސްޓަރު
ޖަވާބު ދިނުން ލަސްވީ ދަރިވަރުން ގިނަވުމުން: މިނިސްޓަރު
ދަރިވަރުންނަށް ވެސް ރުފިޔާ އެކައުންޓުން ޑޮލަރެއް ނުދޭނެ
މިނިސްޓްރީގައި ވޮލަންޓިއާކޮށް މަސައްކަތް ކުރަން ފުރުސަތު