Roadha Mihaaru
ސުލްހައިގެ ޕްލޭނާ އެކު ސީރިއާ އަށް ބޮމުގެ ވާރޭއެއް

ސުލްހައިގެ ޕްލޭން އިއުލާންކޮށްފައި ވަނިކޮށް ސީިރިއާ އަށް ބޮމުގެ ވާރޭއެއް

11 ސެޕްޓެމްބަރ 2016

ދިމިޝްގު (ސެޕްޓެމްބަރު 11) - ސީރިއާ އަށް ސުލްހަ ހޯދުމަށް އެމެރިކާ އާއި ރަޝިޔާ އިން އެއްބަސްވުމަކަށް އައިސްފައި ވަނިކޮށް ސަރުކާރާ އިދިކޮޅު ސިފައިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ބޮމުގެ ވަރުގަދަ ހަމަލާތަކެއްދީ 100 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (ސެޕްޓެމްބަރު 11) - ސީރިއާ އަށް ސުލްހަ ހޯދުމަށް އެމެރިކާ އާއި ރަޝިޔާ އިން އެއްބަސްވުމަކަށް އައިސްފައި ވަނިކޮށް ސަރުކާރާ އިދިކޮޅު ސިފައިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ބޮމުގެ ވަރުގަދަ ހަމަލާތަކެއްދީ 100 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ.

އިދލީބުގެ މާރުކޭޓަކަށް ދިން ވައިގެ ހަމަލާތަކުގައި 60 މީހުން މަރާލާފައިވާ އިރު ހަލަބަށް ދިން ހަމަލާތަކުގައި މަދުވެގެން 45 މީހުން މަރުވެފައިވާ ކަމަށް އިދިކޮޅު އެކްޓިވިސްޓުން ބުނެ އެވެ. އިދިލީބުގެ މީހުން ގިނަ ތަރުކާރީ މާރުކޭޓަކަށް ދިން ހަމަލާގައި 90 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

އެމެރިކާ އާއި ރަޝިޔާ އިން އެއްބަސްވި ސުލްހައިގެ ޕްލޭނަށް އަމަލު ކުރަން ފަށާނީ މާދަމާ އިން ފެށިގެންނެވެ. މި ޕްލޭނަށް ޔޫރަޕިއަން ޔޫނިއަން އިން ވަނީ މަރުހަބާ ކިޔައިފަ އެވެ. ސީރިއާ ސަރުކާރުން ވެސް މި ޕްލޭން އެންޑޯސްކޮށްފަ އެވެ. މި ޕްލޭނުގެ ދަށުން އިދިކޮޅު ހަނގުރާމަވެރިންގެ ސަރަހައްދުތަކަށް ސަރުކާރު ސިފައިން ހަމަލާ ދިނުން ހުއްޓާލަން ޖެހެ އެވެ. ހަމަލާތައް 10 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް ފަހު އެމެރިކާ އާއި ރަޝިޔާ ގުޅިގެން އިސްލާމިކް ސްޓޭޓް (އައިއެސް) އަދި ނުސްރާ ފްރަންޓް ނުވަތަ ފާތިހް އަލް ޝާމް ފަދަ ޖަމާއަތްތަކަށް ހަމަލާ ދޭން ޖެހެ އެވެ.

ސީރިއާގެ ސުލްހައިގެ ޕްލޭނުގެ އެންމެ އުނދަގޫ މަރުހަލާއަކަށް އޮތީ ރައީސް ބައްޝާރު މަގާމުން ދުރުކުރުމެވެ. ބައްޝާރުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އެމެރިކާ އިން މަސައްކަތް ކުރަމުންދާއިރު ރަޝިޔާ އަކީ ސީރިއާ ސަރުކާރަށް ވާގިވެރިވާ ގައުމެކެވެ. ނަމަވެސް ކެރީ އާއި ލަވްރޯފް ވެސް މި ފަހަރު ވިދާޅުވެފައި ވަނީ ސީރިއާގެ ފަސް އަހަރުވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މި ފަހަރު ލިބިފައި މި ވަނީ ރަނުގެ ފުރުސަތެއް ކަމަށެވެ.

ސީރިއާގައި 2011 ވަނަ އަހަރު ފެށި ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 290،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.