Roadha Mihaaru
ހިތަދު އަށް ނަރުދަމާގެ ހިދުމަތް މި މަހު ދޭން ފަށަނީ

ހިތަދޫގެ ގޭބިސީތަކަށް ނަރުދަމާގެ ހިދުމަތް މި މަހު ދޭން ފަށަނީ

22 ޖުލައި 2019

އައްޑޫގައި ކުރިއަށް ގެންދާ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން ހިތަދޫގެ ބޮޑު ސަރަހައްދަކަށް މި މަހުގެ ތެރޭގައި ނަރުދަމާގެ ހިދުމަތް ދޭން ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫގައި ކުރިއަށް ގެންދާ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއުގެ ދަށުން ހިތަދޫގެ ބޮޑު ސަރަހައްދަކަށް މި މަހުގެ ތެރޭގައި ނަރުދަމާގެ ހިދުމަތް ދޭން ފަށާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނި ގޮތުގައި ނަރުދަމާގެ ހިދުމަތް ގޭބިސީތަކަށް ދިނުމުގެ މަސައްކަތް ރަސްމީކޮށް ފަށާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

އެގޮތުން ނަރުދަމާގެ ނިޒާމުން ގޭގެ އަށް ގުޅާފައިވާ ކެޗްޕިޓްތަކަށް ނަރުދަމާ ހޮޅި ގުޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ހިތަދޫ ދެކުނު ދާއިރާގެ މަސައްކަތް ކުރިއަށް ދާނީ މި މަހުގެ 27 އިން ސެޕްޓެމްބަރު މަހުގެ 12 އާ ހަމައަށެވެ. ހިތަދޫ އުތުރު ދާއިރާގެ މަސައްކަތް ސެޕްޓެމްބަރު 10 އިން އޮކްޓޯބަރުގެ 2 ވަނަ ދުވަހާ ހަމައަށް ނިންމުމަށް ރާވާފައިވާ އިރު، ހިތަދޫ މެދު ދާއިރާގެ މަސައްކަތް ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 15 އިން އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހަށެވެ.

މި މަސައްކަތް ކުރިއަށް ދާނެ ގޮތުގެ ތާވަލު ވެސް ކައުންސިލުން ވަނީ ހިއްސާކޮށްފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި އެންމެ ފުރަތަމަ 2010 ގައި ނަރުދަމާގެ މަޝްރޫއު ފެށީ ވެސް ހިތަދޫގަ އެވެ. އޭރު އިނގިރޭސިވިލާތުގެ ބައި ވޯޓާ ކުންފުންޏާ ހަވާލުކޮށްގެން ފެށި މަސައްކަތް ފުރިހަމަ ނުކުރެވި ވަނިކޮށް، ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން އެ މަޝްރޫއު ހުއްޓުމަކަށް އަ އެވެ.

އޭގެ ފަހުން ދެން ހިތަދޫގެ ނަރުދަމާގެ މަސައްކަތް އަލުން ފެށީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން 2017 ގެ އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު އެވެ.

ހިތަދޫގެ އިތުރުން އައްޑޫގެ އެހެން އަވަށްތަކުގެ ނަރުދަމާގެ މަސައްކަތް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފަ އެވެ.