Roadha Mihaaru
ބްރިޓްނީ އަށް އިތުރު ދަރިޔަކު ލިބިއްޖެ

ބްރިޓްނީ އަށް އިތުރު ދަރިޔަކު ލިބިއްޖެ

18 ޑިސެމްބަރ 2021

ލޯބިވެރިޔާ ސާމް އަސްގަރީއާ އެންގޭޖްވެ މިހާރު ކައިވެންޏަށް ވެސް ތައްޔާރުވާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕެއާސް އަށް އިތުރު ކުއްޖަކު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލޯބިވެރިޔާ ސާމް އަސްގަރީއާ އެންގޭޖްވެ މިހާރު ކައިވެންޏަށް ވެސް ތައްޔާރުވާ އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕެއާސް އަށް އިތުރު ކުއްޖަކު ލިބިއްޖެ އެވެ.

އިންސްޓަގްރާމްގައި އޭނާ އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ އަތްދަނޑި މައްޗަށް ކުއްޖަކު ލައިގެން ބުއްފުޅި ދޭން ފުރަގަހަށް ހުއްޓި ހުރެގެން ހަރަކާތްކުރާ ތަނެވެ. އެ ވީޑިއޯގެ ކެޕްޝަނުގައި އެއީ އާއިލާ އަށް އިތުރުވި އާ މެމްބަރު ކަމަށާއި އެއީ ފިރިހެން ކުއްޖެއްތޯ އަންހެން ކުއްޖެއްތޯ ފޭނުން ގެސްކުރަން ދޫކޮށްލާފައިވެ އެވެ.

ބްރިޓްނީގެ އާއިލާ އަށް އާ މެމްބަރަކު އިތުރިވެފައި ވަނީ މި ވަނީ އިތުރު ކުއްޖަކު ހޯދަން ވިސްނާ ކަމަށް ވެސް މިދިޔަ މަހު ބުނެފައި ވަނިކޮށެވެ. އެކަމަކު އާ ކުއްޖާ އަކީ ކިހިނެއް ހޯދި ކުއްޖެއް ކަމެއް ސާފެއް ނުވެ އެވެ. އެޑޮޕްޓްކުރުމާއި ސަރޮގޭޓްކޮށްގެން ދަރިން ހޯދުމަކީ މަޝްހޫރު މީހުން ވަރަށް އާންމުކޮށް ކުރާ ކަމެކެވެ.

ބްރިޓްނީ އެންގޭޖްވެ ކައިވެންޏަށް ތައްޔާރުވުމާއި އާއިލާ އަށް އާ ކުއްޖަކު އިތުރުވުން ފަދަ އުފާވެރިކަން އައިސްފައި މި ވަނީ 13 އަހަރު ފަހުން ބައްޕަ ޖެމީ ސްޕިއާސްގެ "ކޮންޓްރޯލުގެ ދަށުން" އޭނާ މިދިޔަ މަހު އެއްކޮށް މިނިވަންވެފައި ވަނިކޮށެވެ.

ބްރިޓްނީ، 40، އަށް ކުރިން ދެ ފިރިހެން ދަރިން ލިބިފައިވެ އެވެ. އެއީ ދެވަނަ ކައިވެނި، ކެވިން ފެޑަލިން އަށް ލިބުނު ޝޯން ޕްޒެރްޓަން ފެޑަލީން، 16 އާއި ޖޭމްސް ޖޭޑެން ފެޑަލީން، 15، އެވެ. ބްރިޓްނީ އާއި ކެވިން 2004 ގައި ކުރި ކައިވެނި ރޫޅުނީ 2007 ގަ އެވެ.