Roadha Mihaaru
ސުޕްރީމްކޯޓުގެ ބެންޗު އިތުރުކުރާ އިސްލާހު ތަސްދީގުކޮށްފި

ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް އިތުރު ކުރުމުގެ އިސްލާހު ތަސްދީގު ކުރައްވައިފި

23 ޖުލައި 2019

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދަކީ ކުރިން އޮތްގޮތުން ފަސް ފަނޑިޔާރުންނެވެ.

ސުޕްރީމް ކޯޓް ބެންޗުގެ ތިއްބަވާނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ހަތް ފަނޑިޔާރުން ކަމަށް ހަމަޖައްސައި، ގެނައި އިސްލާހު ތަސްދީގު ކުރެއްވުމާ އެކު، އިތުރު ދެ ފަނޑިޔާރުން އެ ކޯޓަށް އައްޔަން ކުރާނެ އެވެ.

ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގެ އަދަދަށް ބަދަލު ގެނައި މިއީ ހަތަރު ވަނަ ފަހަރެވެ. އިންތިގާލީ ސުޕްރީމް ކޯޓު އެކުލަވާލިއިރު އެ ކޯޓުގައި ތިއްބެވީ ފަސް ފަނޑިޔާރުން ކަމަށް ވިޔަސް، އެ މަރުހަލާ ނިމިގެން ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު ހަތް ފަނޑިޔާރުން އެ ކޯޓުގައި ތިއްބެވި އެވެ. އެކަމަކު 2014 ގައި ކޯޓުތަކުގެ ގާނޫނު އިސްލާހުކޮށް، އަނެއްކާވެސް ފަސް ފަނޑިޔާރުންގެ ބެންޗަކަށް ކުޑަކުރި އެވެ.

ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ދީދީގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.