މަދަނީ އިޖްރައާތުގެ ބިލް ތަސްދީގު ކުރެއްވުމާ އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް މަދަނީ އިޖްރައާތުގެ ގާނޫނެއް ވުޖޫދަށް އަތުވެއްޖެ އެވެ.
18 ޑިސެމްބަރ 2021
މަދަނީ އިޖްރައާތުގެ ބިލް ތަސްދީގު ކުރެއްވުމާ އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް މަދަނީ އިޖްރައާތުގެ ގާނޫނެއް ވުޖޫދަށް އަތުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ފާސްކުރި މަދަނީ އިޖްރައާތުގެ ބިލަކީ މަދަނީ މައްސަލަތަކުގައި ދައުވާ ކުރުމާއި ޝަރީއަތްތައް ހިންގުމާ ބެހޭ އުސޫލުތައް ބަޔާންކުރާ ބިލެކެވެ. ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ މަސައްކަތަށް ފަހު އެ ބިލް މަޖިލީހުން ފާސްކުރީ ދާދިފަހުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުރާސްފަތި ދުވަހު އެ ބިލް ތަސްދީގު ކުރެއްވުމާ އެކު، މަދަނީ އިޖްރައާތުގެ ގާނޫނު ވަނީ ވުޖޫދަށް އައިސްފަ އެވެ. އެކަމަކު އެ ގާނޫނު ބުނާގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ތަސްދީގު ކުރާތާ ހަ މަސް ފަހުންނެވެ.
މަދަނީ އިޖްރައާތުގެ ގާނޫނަކީ ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހެދި އެންމެ ދިގު އެއް ގާނޫނެވެ. އެ ގާނޫނަށް އަމަލުކުރަން ފެށުމާ އެކު، ކުރީގެ ބައެއް ގާނޫނުތައް އުވިގެންދާނެ އެވެ.
މަދަނީ އިޖްރައާތުގެ ގާނޫނު ވުޖޫދަށް އައިއިރު، ޖިނާއީ އިޖްރައާތުގެ ގާނޫނެއް ވުޖޫދަށް އައީ މީގެ ފަސް އަހަރު ކުރިން، 2016 ވަނަ އަހަރު އެވެ.
ބޮޑު މުސާރަތައް ކުޑަކޮށްފި؛ ރައީސަށް 65،000ރ.
ސުޕްރީމްކޯޓުގެ ބެންޗު އިތުރުކުރާ އިސްލާހު ތަސްދީގުކޮށްފި
ފަނޑިޔާރުންނަށް ދެން އޮތްގޮތަކީ މަޑުން ތިބުން: ހާތިފް
އިސްކަންދޭނީ ނަޒާހަތްތެރި ފަނޑިޔާރުގެއެއް ގާއިމުކުރަން
ކޯޓުން މައްސަލަތަކުގައި އަމަލުކޮށްފައި ހުރިގޮތް ބަލަނީ
އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ފާސްކޮށްފި
އުއްތަމަފަނޑިޔާރަކަށް ޣަނީ އައްޔަން ކުރަން ހުށަހަޅައިފި
ޝަހީދު އައްޔަންކުރުން ހުއްޓުވާ މައްސަލަ ބަލައިގެންފި
ފަނޑިޔާރުގެ "ކޮންޓްރޯކުރާ" ކަމުގެ ތުހުމަތު!
އުއްތަމަފަނޑިޔާރަށް ދޭ ރިޓަޔާމަންޓް އިނާޔަތް ބޮޑުކުރަނީ