Roadha Mihaaru
ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށަނީ

ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށަނީ

24 ޖުލައި 2019

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށަން ނިންމައިފި އެވެ.

އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީން ބުނި ގޮތުގައި ސަގާފީ އަދި ޒަމާނީ މިއުޒިކީ ފަންނާނުންނާ އެކު ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށާނީ މި މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ. އެގޮތުން ދެ ރެއަކަށް ދެމިގެންދާ ގޮތަށް މިއުޒިކީ އީދު ކުރިއަށް ދާނީ 27 އާއި 28 ވަނަ ދުވަހުގެ ރޭ 8:30 އިން ދަންވަރު 12:00 އަށް އަލިމަސް ކާނިވާ ސްޓޭޖްގަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މިއުޒިކީ އީދު މި ފަހަރު ކުރިއަށް ގެންދަނީ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް އާއި ދައުލަތުގެ މީޑިއާ ޕީއެސްއެމާއި ދިވެހި މިއުޒިކް ކޮމިއުނިޓީ އެއްތަންކުރާ "ފަންނުގެދަރިން" ނާ ގުޅިގެންނެވެ. މިއުޒިކީ އީދުގައި މި ފަހަރު 13 ބޭންޑެއް ޕަފޯމްކުރާނެ އެވެ.

ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން މި ފަށަނީ ހުއްޓާލާފައި އޮންނަތާ ތިން އަހަރު ފަހުންނެވެ.