Roadha Mihaaru
ސްކޫލުތަކުގެ ލަވަ މުބާރާތް އަނެއްކާ ފަށަނީ

ސްކޫލުތަކުގެ ލަވަ މުބާރާތް އަނެއްކާ ވެސް ފަށަނީ

21 މާޗް 2023

ރާއްޖޭގެ ހުރިހާ ސްކޫލުތައް ބައިވެރިވާ ގޮތަށް ލަވަ މުބާރާތެއް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގެ ހުރިހާ ސްކޫލުތައް ބައިވެރިވާ ގޮތަށް ލަވަ މުބާރާތެއް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސްކޫލުތަކުގެ ލަވަ މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ 2015ގަ އެވެ. އެ ފަހުން ބާއްވާފައި ނުވި ނަމަވެސް މަދަހަ މުބާރާތްތައް އަންނަނީ ބާއްވަމުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ލަވަ މުބާރާތް ބާއްވަން ނިންމާފައި ވަނީ އަންނަ ޖޫން 16ގައި ކަމަށެވެ. އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ސްކޫލުތަކަށް ފުރުސަތު ހުޅުވާލާފައި ވާއިރު ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ބައިވެރިވެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލަވަ މުބާރާތުގެ އެއްބަސްވުމުގައި ސޮއި ކުރަނީ. -- ފޮޓޯ: އެޑިޔުކޭޝަން

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލަވަ މުބާރާތުގެ އެއްބަސްވުމުގައި ސޮއި ކުރަނީ. -- ފޮޓޯ: އެޑިޔުކޭޝަން

އެޑިއުކޭޝަން މިނިސްޓްރީ އާއެކު އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޔޫތު މިނިސްޓްރީ އާއި، ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އާއި ޕަބްލިކް ސާވިސް މީޑިއާ އެވެ.

މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ. ޕީއެސްއެމް އިން ސޮއިކުރެއްވީ މެނެޖިން ޑިރެކްޓަރު އަލީ ހާލިދެވެ. އަދި އެންސީއޭގެ ފަރާތުން ސޮއިކުރެއްވީ އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނެވެ.