24 ޖުލައި 2019
ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ސަޕްލިމެންޓަރީ ބަޖެޓް އަންނަ ހަފްތާގައި މަޖިލީހަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހުށަހަޅަން ނިންމާފައިވާ ސަޕްލިމެންޓަރީ ބަޖެޓް އަންނަ ހަފްތާގައި މަޖިލީހަށް ފޮނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އަމީރު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓުގައި ހުންނަނީ މިހާރު ވެސް ޕްލޭން ކުރެވިފައިވާ މަޝްރޫއުތައް ކަމަށެވެ. ބަޖެޓް މިދިޔަ އަހަރު ހުށަހެޅި އިރު، މި ސަރުކާރުގެ މެނިފެސްޓޯގައި ހުރި ހުރިހާ ޕްރޮގްރާމެއް އެންމެ ފުރިހަމައަށް ހިމެނިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެރިކަމަށް އައި ފަހުން އަޅުގަނޑުމެންނަށް އެބަ ފެނޭ، ހަރަދުތައް މީގެ ކުރިން ވިސްނުނު ގޮތާ ހިލާފަށް ހުރިތަން. އެހެންވީމަ އެވެސް އަޅުގަނޑުމެން ބޭނުންވޭ ބަޖެޓް ތެރެއަށް ފައްތަން،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އުންމީދު ކުރި ވަރަށް ވުރެ ގިނައިން ހިލޭ އެހީވެސް ލިބިފައިވާ ކަމަށެވެ. އެގޮތުން 1.9 ބިލިއަނަށް ވުރެ މަތިން ހިލޭ އެހީވެސް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވ އެވެ.
އަމީރު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަނީ ކޮންޓިންޖެންސީ އަށް ވުރެ ބޮޑު އަދަދެއް، ކޯޓުތަކުން ކުރާ ހުކުމްތަކާއި އެނޫން ގޮތް ގޮތަށް ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަން ޖެހިފައިވުމުން އެކަންކަމަށް ބަޖެޓުން ޖާގަ ހޯދަން ކަމަށެވެ.
"އެ އުނދަގޫތައް އެބަ ކުރިމަތިވޭ. އެހެންވެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނިންމީ ވެސް. އަޅުގަނޑުމެންގެ ކޭޝްފްލޯ ދަތިކަމެއް ނެތް. އެކަމަކު ބަޖެޓް ސްޕޭސް ނުހުރެދާނެ،" އޭނާ ވިދާޅުވި އެވެ.
މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ 30.2 ބިލިއަން ރުފިޔާ އެވެ. މިހާތަނަށް އެބަޖެޓުން 13.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފި އެވެ. އަހަރުގެ މިހާ ހިސާބަށް އާމްދަނީގެ ގޮތުގައި 12.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ހިލޭ އެހީގެ ގޮތުގައި ލިބުނީ 23 މިލިއަން: ޒަމީރު
ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީން ފާސްކޮށްފި
ކުންފުނިތަކުގެ ކެޕިޓަލް އިންޖެކްޝަނަށް 2.1 ބިލިއަން
ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިންމައި ކޮމިޓީއަށް
ސިޔާސީ މުވައްޒަފުންގެ މުސާރައަކީ ބަޖެޓުގެ އެއް ޕަސެންޓް
ޕްރޮޖެކްޓްތަކުގެ އަގު 36 ބިލިއަނަށް އަރާ:ޒަމީރު
ސަޕްލިމަންޓްރީ ބަޖެޓުތަކުން ހަރަދުކުރީ ގާނޫނާ ހިލާފަށް
މި އަހަރަށް 5 ބިލިއަންގެ ސަޕްލިމެންޓަރީ ބަޖެޓެއް
ހަރަދުތައް ކުޑަ ކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ
6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ފާސްކޮށްފި