30 ޖުލައި 2019
އަންނަ އަހަރު ރިލީޒްކުރާ ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ ޝޫޓިން ނިންމާލައިފި އެވެ.
އަންނަ އަހަރު ރިލީޒްކުރާ ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމު "ސްޓްރީޓް ޑާންސާ" ގެ ޝޫޓިން ނިންމާލައިފި އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފެށި މި ފިލްމުގެ ޝޫޓިން ނިންމައިލިކަން ތަރިން ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. ޑާންސް ގްރޫޕްތަކެއްގެ މެދުގައި ހިނގާ ކުރިމަތުލުންތަކެއް ދައްކާ "ސްޓްރީޓް ޑާންސާ" ގެ ލީޑް ރޯލު ކުޅެނީ ވަރުން ދަވަން އާއި ޝްރަދާ ކަޕޫރެވެ. އަދި ނޯރާ ފަތެހީއާ އެކު، ވަރަށް ގިނަ ނެށުންތެރިން ފިލްމުގައި ބައިވެރިވެ އެވެ.
"ސްޓްރީޓް ޑާންސާ" އަކީ 2015 ގެ ޑާންސް ފިލްމު "އޭބީސީޑީ 2" އަށް ފަހު ވަރުން އާއި ޝްރަދާ، ރެމޯއާ އެކު މަސައްކަތްކުރާ ދެވަނަ ފިލްމެވެ.
ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ އިންޑިއާގެ ޕަންޖާބާއި ލަންޑަނުގެ އިތުރުން އަބޫދާބީގަ އެވެ.
Its a WRAP on #StreetDancer3D. I cant explain my emotions all I can say is I love the people involved with this film and that we are all connected. Thank you to all the teams and dancers from all over the world who have come together to make this film happen #jan24 #family pic.twitter.com/FfTDsRHVD8
— Varun Dhawan (@Varun_dvn) July 27, 2019
ކުރިން އަންނަ ނޮވެމްބަރު މަހުގެ 8 ގައި ރިލީޒް ކުރަން ނިންމި "ސްޓްރީޓް ޑާންސާ" މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖެނުއަރީ 24، 2020 ގަ އެވެ. މި ފިލްމަކީ 3ޑީ ފޯމެޓްގައި ގެނެސްދޭ އަދި އިންޑިއާގެ އެންމެ ވަރުފަދަ ޑާންސް ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރާ ފިލްމެކެވެ.
ޑައިރެކްޓަރު މަހޭޝް ބަޓް 22 އަހަރު ފަހުން ޑައިރެކްޝަނަށް އެނބުރި އައި ފިލްމު "ސަޅަކް 2" ގެ މަންޒަރުތަކެއް އޫޓީގައި ވެސް ނަގައި ނިންމާލައިފި އެވެ.
މި ފިލްމުގެ މަންޒަރުތަކެއް ކުރިން ވަނީ މުމްބާއީގައި ނަގައިފަ އެވެ. އޫޓީ ޝެޑިއުލް ނިންމައިލިކަން ބަތަލާ އާލިއާ ބަޓް، ބައްޕަ މަހޭޝްއާ އެކު ނަގާފައިވާ ފޮޓޯއަކާ އެކު އިންސްޓްގްރާމް ސްޓޯރީގައި ހިއްސާކޮށްފައިވެ އެވެ.
ފިލްމުގެ ޝޫޓިން އޫޓީގައި ކުރިއަށް ދިޔަ އިރު، އާލިއާގެ މަންމަ އަދި ބަތަލާ ސޯނީ ރާޒްދާން އާއި ދައްތަ ޝާހީން ބަޓް ވެސް އޫޓީގައި ތިއްބެވެ. އެ މީހުންނާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް އާލިއާ ހިއްސާކޮށްފައިވެ އެވެ.
"ސަޅަކް 2" އަކީ މަހޭޝް 1990 ގައި ސަންޖޭ ދަތާއި ޕޫޖާ ބަޓާ އެކު ގެނެސް ދިން "ސަޅަކް" ގެ ދެވަނަ ބައެވެ. މި ފަހަރު ވެސް ފިލްމުން އެ ދެ ތަރިން ފެނިގެންދާ އިރު، އާލިއާ އެކު އަދިތިޔާ ރޯއި ކަޕޫރް ވެސް ފެނިގެން ދާނެ އެވެ.
"ސަޅަކް 2" ރިލީޒް ކުރާނީ ޖުލައި 10، 2020 ގަ އެވެ.
އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ވަރުގަދަ ބަތަލެއް ކަމަށްވާ ސޭމް ބަހާދޫރުގެ ނަމުން މަޝްހޫރުވި ފީލްޑް މާޝަލް ސޭމް ހޯމްސްޖީ ފްރަމްޖީ ޖަމްޝޭދީ މަނެކްޝޯ އެމްސީގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޝޫޓިން ފަށާނީ 2021 ގައި ކަމަށް އެ ފިލްމުގެ ބަތަލު ވިކީ ކޯޝަލް ބުނެފި އެވެ.
The swashbuckling general & the first Field Marshal of India- SAM MANEKSHAW. I feel honoured & proud of getting a chance to unfold his journey on-screen. Remembering him on his death anniversary & embracing the new beginnings with @meghnagulzar and @RonnieScrewvala.@RSVPMovies pic.twitter.com/ozyUO69wKV
— Vicky Kaushal (@vickykaushal09) June 27, 2019
މި ފިލްމަކީ މިދިޔަ އަހަރު ވިކީ މުހިއްމު ރޯލެއް ކުޅުނު "ރާޒީ" ގެ ޑައިރެކްޓަރު މެގްނާ ގިލްޒާރު ހަދާ ފިލްމެކެވެ. ސޭމް ބަހާދޫރުގެ ބައޮޕިކްގެ ލީޑް ރޯލަށް ވިކީ ހަމަޖައްސައި އޭނާއާ އެ ފިލްމުގެ ފަސްޓްލުކް ވެސް މިދިޔަ މަހުގެ ތެރޭގައި ވަނީ ދައްކާލައިފަ އެވެ.
ވިކީ ބުނި ގޮތުގައި އޭނާ މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ ސުޖިތު ސިރްކާގެ "އުދަމް ސިންގް" ގަ އެވެ. އަދި މި އަހަރުގެ ފަހުކޮޅު ކަރަން ޖޯހަރުގެ "ތަހުތު" ގެ ޝޫޓިން ވެސް ވިކީ ފަށާނެ އެވެ.
ކުރިއަރަމުން އަރަމުން އަންނަ ޒުވާން އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރު 15 ގައި ރިލީޒް ކުރާ "ބޫތު: ޕާޓް ވަން-ދަ ހޯންޓެޑް ޝިޕް" އެވެ.
ސޭމްގެ ފިލްމުގެ ކުރިން މެގްނާ، ދީޕިކާ ޕަދްކޯންއާ އެކު އަންނަ އަހަރު "ޗަޕާކް" ގެނެސް ދޭނެ އެވެ. އެއީ ޖެނުއަރީ 10 ގަ އެވެ.
ކުރިން މެއި މަހުގެ 17 ގައި ރިލީޒް ކުރަން ނިންމައި ފަހުން މި މަހުގެ 12 އަށް ބަދަލު ކުރުމަށް ފަހު އެންމެ މަހުން އަންނަ މަހުގެ 2 އަށް ތާވަލުކޮށްފައި އޮތް ޕަރިނީތީ ޗޯޕްޅާ އާއި ސިދާތު މަލްއުތުރާގެ ފިލްމު "ޖަބަރިޔާ ޖޯޅީ" އަނެއްކާ ވެސް ރިލީޒް ކުރުން ފަސްކޮށްފި އެވެ.
On public demand, here’s presenting d magical voice of Arjit Singh in this ❣ wrenching melody https://t.co/NvjhLbObxq#KiHondaPyaar @SidMalhotra @ParineetiChopra @RuchikaaKapoor @ShaaileshRSingh @shantpraji @rajshekharis @VishalMMishra @balajimotionpic @ZeeMusicCompany
— Ekta Kapoor (@ektaravikapoor) July 24, 2019
އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ ފިލްމު މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 9 ގަ އެވެ. ބެލެވޭ ގޮތުން "ޖަބަރިޔާ ޖޯޅީ" ފަސްކުރީ ސޮނާކްޝީ ސިންހާގެ "ހާންދާނީ ޝަފަހާނާ" އާ ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ނުދާންވެގެންނެވެ.
"ޖަބަރިޔާ ޖޯޅީ" އަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ޕްރަޝާންތު ސިންގް ޑައިރެކްޓްކޮށްފައިވާ އެކްޝަން ރޮމޭންޓިކް ކޮމެޑީއެކެވެ.
"އާޝިގީ 3" ގެ ބަތަލުގެ ރޯލު ސުނިލްގެ ދަރިފުޅަށް؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
މަހޭޝްގެ އެނބުރި އައުން ވަރަށް ފީކަޅާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ސަޅަކް 2" ގެ ޓްރެއިލާ ދައްކާލައިފި
"ސަޅަކް 2" ގެ ޕްރިމިއާ މި މަހުގެ 28 ގައި
"ސަޅަކް 2" ގެ ޕޯސްޓަރު ދީނީ މައްސަލަައަކަށްވެއްޖެ
ޑިޖިޓަލްކޮށް ރިލީޒްކުރާ ފިލްމުތަކުގެ ޕޯސްޓަރުތައް