Roadha Mihaaru
ދަރިވަރުންނަށް ހާއްސަކޮށް ރޯޑް ސޭފްޓީ ކެމްޕޭނެއް

ދަރިވަރުންނަށް ހާއްސަކޮށްގެން ރޯޑް ސޭފްޓީ ކެމްޕޭނެއް ފަށައިފި

29 ޖުލައި 2019

ދަރިވަރުންނަށް ހާއްސަކޮށްގެން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރިވަރުންނަށް ހާއްސަކޮށްގެން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި "ރޯޑް ސޭފްޓީ ކެމްޕެއިން" ފައްޓަވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެއީ މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ މަގުސަދުގައި އެޑިއުކޭޝަން މިނިސްޓްރީން ފެށި ހަރަކާތެކެވެ.

ހިރިޔާ ސްކޫލުގައި މިއަދު ބޭއްވި ރޯޑް ސޭފްޓީ އެވެއާންސް ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހިރިޔާ ސްކޫލުގައި މިއަދު ބޭއްވި ރޯޑް ސޭފްޓީ އެވެއާންސް ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި މަގުމަތީގައި އެއްޗެހި ދުއްވާއިރު އެކަކު އަނެކަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ. އަދި މަގުމަތީގައި ދިމާވާ އެކި ހާދިސާތަކުގެ ތަފާސްހިސާބުތަކަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު ކަންބޮޑުވާ ދަރަޖަ އަށް އިތުރުވެގެން ދިއުމަކީ މުޅި މުޖުތަމައުއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ.

ހިރިޔާ ސްކޫލުގައި މިއަދު ބޭއްވި ރޯޑް ސޭފްޓީ އެވެއާންސް ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ (ވ-2) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެ ގޮންޖެހުންތަކުން އަރައިގަންނަން ސަރުކާރުން ފަށާފައިވާ ކެމްޕެއިން ކާމިޔާބުކުރެވެން އޮތީ މަގުމަތީގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީ އެންމެން އެއްބާރުލުން ދީގެން ކަމަށް ވިދާޅުވި އެވެ.

ހިރިޔާ ސްކޫލުގައި މިއަދު ބޭއްވި ރޯޑް ސޭފްޓީ އެވެއާންސް ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހިރިޔާ ސްކޫލުގައި މިއަދު ބޭއްވި ރޯޑް ސޭފްޓީ އެވެއާންސް ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވީ ދަރިވަރުންނަށް ފިލާވަޅުތަކެއް ނަގައިދެވޭނީ ކްލާސްރޫމްގެ ތެރެއިން އެކަނި ނޫން ކަމަށެވެ. މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތުތަކަކީ ކްލާސްރޫމުން ބޭރުގައި ވެސް ދަރިވަރުންނަށް ދަސްކޮށްދެވޭ ވަރަށް މުހިންމު ފިލާވަޅެއްކަން ފާހަގަކުރެއްވި އެވެ.

ރޯޑް ސޭފްޓީ ކެމްޕޭނަކީ ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭނާ އެއްގޮތަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި ހިންގާ ދިގުމުއްދަތުގެ ކެމްޕޭނެކެވެ.