މިހާރު ފަށާފައިވާ މި އަހަރުގެ އޭ ލެވެލް އިމްތިހާނުގެ ކަރުދާސްތައް ލީކުވާތީ، މިހާރު ބޭނުންވަނީ އެ އިމްތިހާނު ކެންސަލް ކުރަން ކަމަށް ގިނަ ޕްރިންސިޕަލުން މިއަދު ވިދާޅުވެއްޖެ އެވެ.
03 މެއި 2021
މިހާރު ފަށާފައިވާ މި އަހަރުގެ އޭ ލެވެލް އިމްތިހާނުގެ ކަރުދާސްތައް ލީކުވާތީ، މިހާރު ބޭނުންވަނީ އެ އިމްތިހާނު ކެންސަލް ކުރަން ކަމަށް ގިނަ ޕްރިންސިޕަލުން މިއަދު ވިދާޅުވެއްޖެ އެވެ.
އެޑެކްސެލްގެ އިމްތިހާނު މިދިޔަ މަހުގެ 26 ގައި ފެށިއިރު މިހާތަނަށް 4-5 ކަރުދާސް ލީކުވެފައިވާ ކަމަށް ވެ އެވެ. އެއީ ބަޔޮލޮޖީ އާއި ކެމިސްޓްރީ އާއި ފިޒިކްސް އަދި ހިސާބު މާއްދާގެ ކަރުދާހެވެ.
އެ މައްސަލަ އެންމެ ބޮޑަށް ހޫނުވީ މިއަދު ކެމިސްޓްރީ އިމްތިހާނު ފެށުމުގެ ހަތް ގަޑިއިރު ކުރިން އެ ކަރުދާސް ލީކުވުމުންނެވެ. މެންދުރުފަހު 1:30 ގައި ފަށާ ކަރުދާހުގެ ކޮޕީ، ހެނދުނު 6:00 ހާއިރު ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ލީކުވެފައި ވެ އެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ޕްރިންސިޕަލުންނާއެކު ވާޗުއަލް ބައްދަލުވުމެއް ބާއްވައިފަ އެވެ. އަދި މިއަދު ހަވީރު 4:00 ގައި މިނިސްޓަރު ދެއްވާ މީޑިއާ ބްރީފިންއެއް މިހާރު ވަނީ ތާވަލުކޮށްފަ އެވެ.
މިނިސްޓަރާއެކު އޮތް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގިނަ ޕްރިންސިޕަލުން ބޭނުންވީ، އެނގިފައިވާ ގޮތުގައި، އިމްތިހާނު ކެންސަލް ކުރުމަށް ފަހު، އަންނަ އޮކްޓޯބަރު/ނޮވެމްބަރުގައި އަލުން އެޑެކްސެލް އިމްތިހާނު ބާއްވާށެވެ. ނަމަވެސް ދަރިވަރުންގެ ހަޔާތުން ވަގުތުތައް ބޭކާރުވާތީ މަދު ޕްރިންސިޕަލުންތަކެއް އެދުނީ އެ އިމްތިހާނު ކުރިއަށް ގެންދިއުމަށެވެ.
"ލީކުވެފައިވާ ޕޭޕަރުތަކެއް ދަރިވަރުން ލައްވައި ހެދުމުގެ ބޭނުމެއް ނެތް،" ޕްރިންސިޕަލަކު ވިދާޅުވި އެވެ.
އޭ ލެވެލް އިމްތިހާނަށް ޕްރިންސިޕަލުންނާއެކު، އެޑިއުކޭޝަން މިނިސްޓްރީން ހަދާފައިވާ ގްރޫޕުގައި މިނިސްޓަރު ވިދާޅުވީ، އެ އިމްތިހާނު ކެންސަލް ކުރަން ބައެއް ދަރިވަރުން އެދޭއިރު، އަނެއްބައި ދަރިވަރުން ބޭނުންވަނީ އިމްތިހާނު ކުރިއަށް ގެންދާށެވެ. އެހެންވެ، އެ ސްކޫލުތަކުގެ ދަރިވަރުން ބޭނުންވާ ގޮތް ސާފުކޮށްދިނުމަށް ޕްރިންސިޕަލުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގަތެވެ.
މި ކަމުގައި ބެލެނިވެރިންނާއި ޓީޗަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކަރުދާސްތައް ލީކްވުމުން ވެސް އިމްތިހާނު ކުރިއަށް ގެންދާތީ އެވެ. އެކަމަށް ހައްލު ހޯދައިދިނުމަށް އެދި ބެލެނިވެރިންތަކެއް ވަނީ އެޑިއުކޭޝަން މިނިސްޓްރީ ހިންގާ ވެލާނާދޮށުގައި މިއަދު މުޒާހަރާކޮށްފަ އެވެ.
މި ފަހަރުގެ އޭ ލެވެލް އިމްތިހާނުގައި 2،821 ދަރިވަރަކު ބައިވެރިވެ އެވެ.
ޕްރިންސިޕަލުންގެ އުސޫލު: ރަނގަޅުތަ؟ ނުވަތަ ގޯސްތަ؟
ޕްރިންސިޕަލުންގެ ހައްގެއް ނުގެއްލޭނެ، ލިބޭނީ ކުރިއެރުން
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
އާ އުއްމީދުތަކާ އެކު ދިރާސީ އާ އަހަރެއް!
ޓީޗަރުންގެ ވަޒީފާއަށް ޑިމާންޑު ބޮޑުވެއްޖެ: އެޑިއުކޭޝަން
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ތައުލީމީ ދާއިރާއަށް އަލުން ވަނުމަށް ޝައުގުވެރިވެއްޖެ
މުސާރަ ބޮޑުކުރީމަ ބައެއް ޕްރިންސިޕަލުންނަށް ގެއްލުން
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟