Roadha Mihaaru
"ބޭބީ ޝާކް" ސީރިއަލް އުފައްދަނީ

"ބޭބީ ޝާކް" ސީރިއަލް އުފައްދަނީ

31 ޖުލައި 2019

"ބޭބީ ޝާކް" އަކީ ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު ލަވައެކެވެ. ކޮރެއާ އިން ނުކުމެގެން އައި މި ލަވަ އަކީ ވަރަށް ގިނަ މީހުން ދަރިންނަށް ނާނާއެއްގެ ގޮތުގައި ވެސް ކިޔައިދޭ ލަވައެކެވެ. އެކަމަކު އެ ނާނާ މިހާރު "ކާ އެއްޗަކަށް" ވެސް ބަދަލުވީ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ބޭބީ ޝާކް" އަކީ ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު ލަވައެކެވެ. ކޮރެއާ އިން ނުކުމެގެން އައި މި ލަވަ އަކީ ވަރަށް ގިނަ މީހުން ދަރިންނަށް ނާނާއެއްގެ ގޮތުގައި ވެސް ކިޔައިދޭ ލަވައެކެވެ. އެކަމަކު އެ ނާނާ މިހާރު "ކާ އެއްޗަކަށް" ވެސް ބަދަލުވީ އެވެ.

އެމެރިކާގެ މަޝްހޫރު ކުންފުނި ކެލޯގްސް އިން ވަނީ "ބޭބީ ޝާކް" ގެ ނަމުގައި ސީރިއަލްއެއް ތައްޔާރުކޮށްފަ އެވެ. އެ ކުންފުނިން ހުކުރު ދުވަހު ބުނި ގޮތުގައި މިއީ ކޮރެއާގެ އެންޓަޓައިންމަންޓް ކުންފުނި ޕިންކްފޮންގްއާ ގުޅިގެން ތައްޔާރުކުރި އުފެއްދުމެކެވެ.

ލިމިޓެޑް-އެޑިޝަނެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ "ބޭބީ ޝާކް" ގެ ދެ ރަހައެއް ލިބޭނެ އެވެ. އެއީ ބެރީ-ފްލެވާޑް ލޫޕްސް އާއި މާޝްމެލޯ އެވެ. ރިޓެއިލް ކުންފުނި ސޭމްސް ކުލަބުން އަންނަ މަހުގެ 17 އިން ފެށިގެން ސްޓޮކް ހުސްވަންދެން "ބޭބީ ޝާކް" ސީރިއަލް ގަންނަން ލިބޭނެ އެވެ.

އަދި އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ވޮލްމާޓަށް ވެސް "ބޭބީ ޝާކް" ވަންނާނެ އެވެ.