31 ޖުލައި 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއް އަހަރުގެ ތެރޭގައި ބޭރުގެ ދަތުރުތަކަށް 27 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއް އަހަރުގެ ތެރޭގައި ބޭރުގެ ދަތުރުތަކަށް 27 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިއަދު މަޖިލީހަށް ހާޒިރުކުރީ ކުރީގެ ސަރުކާރުން ގުޅުން ކަނޑާލާފައިވާ ގަތަރާ ގުޅުން ގާއިމުކުރުމަށް މި ސަރުކާރު ވެފައިވާ ވައުދު ފުއްދަން މަސައްކަތްކުރޭތޯ ބެލުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދާރީވެ ވަޑައިގަތުމަށެވެ. ޝާހިދު ފޮރިން މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ރާއްޖޭން ބޭރަށް ގިނަ އަދަދެއްގެ ދަތުރުތައް ކުރައްވާތީ އެކަމާ ބެހޭ ގޮތުން ވެސް ސުވާލު އަމާޒުވި އެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރު އައި ފަހުން ފޮރިން މިނިސްޓްރީގެ ބަޖެޓުން 7.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
އެއާ ހިލާފަށް މިދިޔަ ސަރުކާރުގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެކަނި ވެސް ފޮރިން މިނިސްޓްރީގެ ބަޖެޓުން 27 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރެއްވި ކަމަކީ ދިވެހި ސަރުކާރާއި ރައްޔިތުން އެކަހެރިކޮށް، ބާކީކޮށް ބިކަކޮށްލުން ކަމަށް ވިދާޅުވެ، ޝާހިދު ވަނީ އެ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.
ޝާހިދު ވިދާޅުވީ ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ލިބުނު 1.9 ބިލިއަން ރުފިޔާގެ ހިލޭ އެހީ މި ސަރުކާރުން ތިން މަސް ދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ސުވާލު ކުރައްވަނީ. --- ފޮޓޯ: މަޖިލިސް
ޝާހިދު ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރެއް އޮތަސް، ހާރިޖީ ވުޒާރާ އިން ދަތުރުތައް ކުރަންޖެހޭނެ ކަމަށާއި މިދިޔަ ސަރުކާރުން ވެސް ދަތުރުތަކެއް ކުރި އެވެ. އެކަމަކު، ހަގީގަތަކީ ކުރީގެ ސަރުކާރުން ކުރި ދަތުރުތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށް ނުދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިދިޔަ އެ ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމަށް ވަޑައިގެންނެވި ފަހުން، 19 ގައުމަކަށް ޝާހިދު ރަސްމީ ދަތުރު ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާތަނަށް ހަތް ގައުމެއްގެ ރައީސުންނާއި ހަ ގައުމެއްގެ ބޮޑުވަޒީރުންނާއި 33 ގައުމެއްގެ ފޮރިން މިނިސްޓަރުންނާއި 48 ގައުމެއްގެ ސަފީރުންނާ ބައްދަލުކުރައްވާފައި ވާނެ ކަމަށް ވިދާޅުވި އެވެ.
"ތަފާތު ޖަލްސާތަކާއި ބައްދަލުވުންތަކުގައި ބައްދަލުކޮށް ރާއްޖޭގެ މިއަދުގެ ސަރުކާރާއި ރައްޔިތުންގެ އެދުންތައް ރާއްޖެ ބޭނުންވާ ހައްގު ޝަރަފާއި އިހްތިރާމާއި ގަދަރު ހޯދުމަށް ވާނީ މަސައްކަތްކޮށްފައި. އެއީ މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތް،" ޝާހިދު ވިދާޅުވި އެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގައި ދާދި ފަހުން ބޭއްވި ޕާޓްނަޝިޕް ފޯރަމަށް 35 ގައުމެއްގެ މަންދޫބުން ވަޑައިގެން 28 ޖަމިއްޔާއެއްގެ މަންދޫބުން ވަޑައިގެންނެވި ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފްރޭންސް ޓިމަމެންސް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަނީ ރައްޔިތުންނަށް ހައްގުވާ މިންވަރު، ރައްޔިތުންނަށް ލިިބެން ޖެހޭ ޝަރަފް، ލިބެން ޖެހޭ އިހްތިރާމް، ލިބެން ޖެހޭ ބައިނަލްއަގުވާމީ ގަދަރު އަނބުރާ ހޯދައި ދެމުން،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖެ އަށް ލިބުނު 1.9 ބިލިއަން ރުފިޔާ ކޮބައިތޯ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބުގައި ޝާހިދު ވިދާޅުވީ މި ޒަމާނަކީ "ބްރީފް ކޭހަށް" އަޅައިގެން އުފުލާ ޒަމާނެއް ނޫން ކަމަށެވެ. ބޭރުން ލިބޭ އެހީ ވަންނާނީ ދައުލަތުގެ ހަޒާނާ އަށް ކަމަށާއި ފިނޭންސުން ހާމަކުރާ މައުލޫމާތުން އެކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަތަރާ ގުޅުން ކަނޑާލީ އެރި ފޯރިއެއްގައި: ޝާހިދު
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
މަޖިލިހާއި ލޮކް ސަބާއާ އެކު އެއްބަސްވުމެއް ހަދަނީ
ގަތަރުގެ މައްސަލައިގައި ޝާހިދާ ބުދަ ދުވަހު ސުވާލުކުރަނީ
ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީގެ ކޮޕީއެއް މޯދީ އަށް
ދުނިޔެއިން ރާއްޖެ ބަލައިގަންނަން ފަށައިފި: ޝާހިދު
އިންތިޚާބު އޮބްޒާވް ކުރަން ކޮމަންވެލްތުން ހުށަހަޅައިފި
ރައްޔިތުންގެ ނިންމުން ތަންފީޒުވާނެކަމަށް އުއްމީދު ކުރަން
މިއީ ކޮމަންވެލްތުން ވަކިވާންވީ ވަގުތު: ރިޔާޒް
ގިނަ ދުވަސްތަކެއް ފަހުން 8 ސަފީރުންނަށް ރުހުން ދީފި