Roadha Mihaaru
ކޮންޓޭ އަކީ ގާޑިއޯލާ ފަދަ މޮޅު ކޯޗެއް: ކްލޮޕް

ކޮންޓޭ އަކީ ގާޑިއޯލާ ފަދަ މޮޅު ކޯޗެއް: ކްލޮޕް

15 ސެޕްޓެމްބަރ 2016

ލިވަޕޫލް (ސެޕްޓެމްބަރު 15) - ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަކީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ފަދަ މޮޅު ކޯޗެއް ކަމަށް ލިވަޕޫލުގެ ޔާގަން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (ސެޕްޓެމްބަރު 15) - ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަކީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ފަދަ މޮޅު ކޯޗެއް ކަމަށް ލިވަޕޫލުގެ ޔާގަން ކްލޮޕް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅޭއިރު މިއީ ކޮންޓޭ އާއި ކްލޮޕް ކޯޗުކޮށްދޭ ދެ ޓީމެއް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މެޗުގެ ކުރިން ކްލޮޕް ވަނީ ކޮންޓޭ އަށް ތައުރީފް ކޮށްފަ އެވެ.

"ކޮންޓޭ އަކީ މޮޅު ކޯޗެއް. އޭނާ ވަނީ ތަފާތު ސްޓައިލަކަށް ފުޓްބޯޅަ ކުޅެ ގައުމީ ޓީމާއި ޔުވެންޓަސްގައި ކާމިޔާބު ހޯދާފައި. ކޮންޓޭ އަކީ ޔުވެންޓަސްގެ ގާޑިއޯލާއޭ ވެސް ބުނެވިދާނެ. އެއީ މި ދެ ކޯޗުން ވެސް އެއްގޮތް ވުމުން،" ކްލޮޕް ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާ އެކު ޗެލްސީ ލީގުގެ ދެ ވަނައިގައި އޮތްއިރު، ހަތް ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ލީގުގެ ހަ ވަނައިގަ އެވެ.

ކްލޮޕް ބުނީ ކޮންޓޭއާ އެކު ޗެލްސީ އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި މާދަމާރޭގެ މެޗު ވަރަށް އުނދަގޫވާނެ ކަމަށެވެ.

"މިީގެ އެއް ސީޒަން ކުރިން ޗެލްސީ އަކީ ޗެމްޕިއަނުން. އެކަމަކު މިދިޔަ ސީޒަނަކީ ޗެލްސީގެ އަހަރެއް ނޫން. އެކަމަކު ކޮންޓޭ ހަވާލުވުމުން އެ ޓީމުން ތަފާތު ފެނިއްޖެ. މި ފަހަރު ލީގަށް ވާދަކުރާ ޓީމުތަކުގެ ތެރޭގައި ޗެލްސީ ހިމެނޭ،" ކްލޮޕް ބުންޏެވެ.

ޗެލްސީގެ ޑިއޭގޯ ކޮސްޓާ އަކީ ލީގުގައި މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިއާ ކަމަށާއި އޭނާއާ މެދު ސަމާލުވާން ޖެހޭ ކަމަށް ކްލޮޕް ބުންޏެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މާދަމާރޭ ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.