31 ޖުލައި 2019
އަހަރީ އާންމު ޖަލްސާގެ ކުރިން ސަރުކާރުން ފޮނުވަންޖެހޭ ބޯޑު މެންބަރުންގެ އަދަދަށް މިފަހަރު ފޮނުވާފައި ނުވާތީ މި އަހަރުގެ ތެރޭ ހާއްސަ އާންމު ޖަލްސާއެއް ނުވަތަ އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް ބާއްވަންޖެހޭ ކަމަށް ބީއެލްއެލްގެ ބޯޑުން ބުނެފި އެވެ.
އަހަރީ އާންމު ޖަލްސާގެ ކުރިން ސަރުކާރުން ފޮނުވަންޖެހޭ ބޯޑު މެންބަރުންގެ އަދަދަށް މިފަހަރު ފޮނުވާފައި ނުވާތީ މި އަހަރުގެ ތެރޭ ހާއްސަ އާންމު ޖަލްސާއެއް ނުވަތަ އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) އެއް ބާއްވަންޖެހޭ ކަމަށް ބީއެލްއެލްގެ ބޯޑުން ބުނެފި އެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ޗެއާޕާސަން ސައީދާ އުމަރު ވިދާޅުވީ، މެޖޯރިޓީ ހިއްސާދާރުގެ ހައިސިއްޔަތުން ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރަށް އަށް މެންބަރުން ހުށަހަޅަންޖެހޭ އިރު މި އަހަރުގެ އާންމު ޖަލްސާ ލަސްވީ ވެސް ޑިރެކްޓަރުންގެ ނަންތައް ނުލިބިގެން ކަމަށެވެ.
ސަރުކާރުން މިހާތަނަށް ހަ ނަމެއް ހުށަހެޅި ނަމަވެސް، މިއީ ބޯޑުގެ ކޯރަމް ހަމަވާ އަދަދެއް ނޫން ކަމަށް ސައީދާ ވިދާޅުވި އެވެ
ރޭގެ ޖަލްސާގައި ބޯޑު ޑިރެކްޓަރުން ހޮވަން ވޯޓުނަގާފައިވެ އެވެ. ނަމަވެސް ވޯޓު ނެގީ، ސަރުކާރުން ހުށަހެޅި ހަ މެންބަރަކާއި އާންމު ހިއްސާދާރުންގެ ފަރާތުން ކުރިމަތިލި ތިން މެންބަރުންނަށެވެ. ބީއެލްއެލްގެ ބޯޑުގައި ސަރުކާރުން ހުށަހަޅާ 8 ޑިރެކްޓަރުންނާއި އަމިއްލަ ގޮތުން ކުރިމަތިލާން ޖެހޭ ތިން ޑިރެކްޓަރުންނާ އެކު 11 ޑިރެކްޓަރު ތިބެންޖެހެ އެވެ.
ބޯޑު ޑިރެކްޓަރުން ހޮވަނީ ހިއްސާދާރުންގެ ވޯޓުންނެވެ. އެހެންވެ، ސަރުކާރުން އިތުރަށް ހުށަހަޅަންޖެހޭ ދެ ޑިރެކްޓަރުންގެ ނަން ހުށަހެޅުމުން ހިއްސާދާރުންނާ އެކު އިތުރު ބައްދަލުވުމެއް ބާއްވަންޖެހެ އެވެ.
ސަރުކާރުން އެންމެ ފުރަތަމަ ފޮނުވި ލިސްޓުގައި ބޯޑު ޑިރެކްޓަރުންގެ ގޮތުގައި ހަތް ނަމެއް ފޮނުވާފައިވެ އެވެ. ނަމަވެސް އޭރު ފޮނުވާފައިވާ ލިސްޓުން، އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ ނަން ފަހުން ވަނީ އުނިކޮށްފަ އެވެ.
ބީއެމްއެލް އިން ހިއްސާއަކަށް 40ރ. ބަހަން ނިންމައިފި
ބީއެމްއެލް ކަސްޓަމަރުންނަށް "އޭއައި" އިން ހިދުމަތް!
ބީއެމްއެލް އިން ހިއްސާއަކަށް 48ރ. ބަހަން ނިންމައިފި
ފައިސާ ދައްކަން ފަސޭހަ ގޮތެއް ބޭންކުން ތައާރަފްކުރަނީ
ބީއެމްއެލްގެ އާ ބޯޑުން ޝަރީފުގެ ނަން އުނިކޮށްފި
އިތުރު 103 އޭޓީއެމާ އެކު ހުރިހާ ރަށަކަށް އޭޓީއެމް
ވިޔަފާރިތަކަށް ބީއެމްއެލްގެ ބިޒްނަސް ޕްރިޕެއިޑް ކާޑެއް
ބީއެމްއެލްގެ އެހީން އައިންތުގެ ހިތްގައިމު ބޭކަރީއެއް
ކާޑު ލިމިޓު އިތުުރު ކުރަން ދަރިވަރުންނަށް ޕޯޓަލެއް
42 އަހަރަށް ފަހު އައިސްތު ބީއެމްއެލް އިން ވަކިވަނީ