Roadha Mihaaru

މި އަހަރުގެ އަމީރުލް ހައްޖަކީ މިނިސްޓަރު އަސްލަމް

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ ދިވެހިންގެ އިސްވެރިއަކީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކަމަށް ސަރުކާރުން ހަމަޖައްސަވައިފި އެވެ.

އަމީރުލް ހައްޖަކަށް މިނިސްޓަރު އަސްލަމް ހަމަޖައްސައިފި
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

31 ޖުލައި 2019

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ ދިވެހިންގެ އިސްވެރިއަކީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކަމަށް ސަރުކާރުން ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ކަންކަން އިސްވެ، ބެލެހެއްޓުމަށް އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނަވާނީ ނޭޝަނަލް ޕްލޭނިން މިނިސްޓަރު އަސްލަމް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަމަޖައްސަވާފައިވާ ކަމަށެވެ.

އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅުން ރާއްޖޭގައި ކަނޑައަޅަނީ އަބަދުވެސް ރައީސެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުން ހައްޖަށް ދާން މިހާރު ވަނީ ފުރައިފަ އެވެ. މި ފަހަރު އަމިއްލަ ފަސް ޖަމާއަތަކާއި ހައްޖު ކޯޕަރޭޝަނުން ހައްޖަށް މީހުން ގެންދެ އެވެ. އެގޮތުން ދެހާހެއްހާ މީހުން ރާއްޖެ އިން މި އަހަރު ހައްޖަށް ދެ އެވެ.