01 އޯގަސްޓް 2019
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އަލީ ހުޒާމް (ހުޒާންޓެ) ހަމަޖައްސައިފި އެވެ.
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ރާއްޖޭގައި މި ވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ އަލީ ހުޒާމް (ހުޒާންޓެ) ހަމަޖައްސައިފި އެވެ.
ގައުމީ ޓީމުގެ ކެޕްޓަނަކަށް ގިނަ ދުވަސްތަކެއް ވަންދެން ހުރި ސެޓަރު އިޝާން އިބްރާހިމް (ބަޓިސް) ރިޓަޔާކުރުމުން ދެން މިދިޔަ އަހަރުގެ ކުރީކޮޅުގައި ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސީ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. ލޯންގޭގެ ކެޕްޓަންކަމުގެ ދަށުން ރާއްޖެ ވަނީ މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން މުބާރާތާއި އޭޝިއަން ގޭމްސްގެ އިތުރުން ދާދި ފަަހުން ނިމުނު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ކުޅެފަ އެވެ.
ވ. ފެލިދު އަށް އުފަން ހުޒާންޓެ އަންނަނީ 2011 ވަނަ އަހަރުން ފެށިގެން ގައުމީ ވޮލީ ބޯޅަ ޓީމަށް ކުޅެމުންނެވެ. އޭނާ ވަނީ ގައުމީ ލެވެލްގެ އިތުރުން ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ކުޅެފަ އެވެ. ގައުމީ ކެޕްޓަނެއްގެ ގޮތުގައި ހުޒާންޓެ ފުރަތަމަ ނުކުންނާނެ މުބާރާތަކީ މި މަހު ފަހުކޮޅުގައި ނޭޕާލްގައި ބާއްވަން ނިންމާފައިވާ ސެންޓްރަލް ޒޯން މުބާރާތެވެ.
ހުޒާންޓެ ގައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖެއްސިއިރު، އޭނާގެ އެއްބަޑު އެއްބަޕާ ދެ ކޮއްކޮ އިން ވެސް ގައުމީ ޓީމަށް ކުޅެ އެވެ. އެއީ ހުސެއިން ވިޝާމް (ބުޅިކެ) އާއި ހަސަން ނިލާމް (ޕާޓޭ) އެވެ.
ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ވަނީ މި ފަހަރުގެ އައިއޯއައިޖީގެ ކުރިން ސާބިއާގައި މަތީ ފެންވަރުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. ވޮލީގެ ވަރުގަދަ ގައުމެއް ކަމަށްވާ ސާބިއާގައި ޓްރެއިނިން ކޭމްޕް ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދައިދިނީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެވެ.
އައިއޯއައިޖީގައި ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމު ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެއީ ކޮމޮރޯސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ބަލިވީ މަޑަގަސްކާ އާއި ރިޔޫނިއަން އަތުންނެވެ.
ރާއްޖެ އެންމެ ފަހުން ކުޅުނު ސެންޓްރަލް ޒޯން މުބާރާތްތަކުގައި އެކަަށީގެންވާ ރަނގަޅު ނަތީޖާތަކެއް ނެރެވިފައިނުވި ނަމަވެސް މި މަހު ފަށާ މުބާރާތުގައި ނަތީޖާ ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ގައުމީ ކޯޗު ކާއްޓޭ ވަނީ ބުނެފަ އެވެ.
ވަރުގަދަ އަޒުމެއްގައި ކުޅެ ނަތީޖާ ނެރެވޭނެ: ހުޒަންޓެ
ސާބިއާ ކޭމްޕުން ފިރިހެން ވޮލީ ޓީމަށް ކުރިއެރުން
ވޮލީ ޓީމު ރޭންކިން މެޗުގައިވެސް ތަޖިކިސްތާން ބަލިކޮށްފި
ޗެލެންޖްކަޕްގައި ފިރިހެން ވޮލީޓީމަށް ނާކާމިޔާބު ފެށުމެއް
ޒުވާން ޓީމަށް މޮޅެއް ނުލިބުނު، ސީނިއާ ޓީމު ފުރައިފި
ދެވަނަ މެޗުގައި ލަންކާ އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ޒުވާން ވޮލީ ޓީމަށް ފުރަތަމަ މެޗުން ނާކާމިޔާބު
ފަހު ވަގުތު ހިތްދަތިގޮތަކަށް ރާއްޖެ ބަލިވެއްޖެ
ފަހު މުބާރާތަށް ވެދާނެ، އުންމީދު ރަން ކާމިޔާބަކަށް
ޓްރޭނިން ކޭމްޕްގައި ވޮލީގެ ދެ ޓީމުވެސް ތައިލެންޑަށް