Roadha Mihaaru
އަދީބު ފިލުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭ: ޖަމީލް

އަދީބު ފިލުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭ: ޖަމީލް

01 އޯގަސްޓް 2019

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ރާއްޖެ އިން ބޭރަށް ދިއުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ރާއްޖެ އިން ބޭރަށް ދިއުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނިކޮށް، ޓަގު ބޯޓެއްގައި އޭނާ ރާއްޖެ އިން ބޭރަށް ގޮސް އުޅެނިކޮށް އިންޑިއާގެ ޓުޓިކޮރިން ބަނދަރު ސަރަހައްދުން މިއަދު ވަނީ ހިފަހައްޓައިފަ އެވެ. އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުން މިހާރު ގެންދަނީ އޭނާ ހިފަހައްޓައި، އެކަމާ ބެހޭ ގޮތުން ސުވާލު ކުރަމުންނެވެ.

އެކަމާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ސަރުކާރުގެ އިހްލާސްތެރިކަން އޮތް މިންވަރު އެނގޭނީ ތުހުމަތުކުރެވޭ ބޮޑެތި މީހުންނާ މެދު އަމަލުކުރާ ގޮތުން ކަމަށެވެ. އަދި އަދީބު ފިލައިގެން ދިއުމުގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށާއި ސަރުކާރުން ބޭނުންވާ މީހުންގެ މައްސަލަތައް އަވަސް ކުރެވޭއިރު، އެ މައްސަލަ ތަފާތުވަނީ ކީއްވެގެންތޯ ޖަމީލް ސުވާލު ކުރެއްވި އެވެ.

ޖަމީލްގެ ޓްވީޓް

އަދީބުގެ މައްޗަށް ކޮށްފައިވާ ހުރިހާ ހުކުމްތައް ބާތިލް ކޮށްފައި ވިޔަސް، އޭގެ ތެރެއިން އެއް މައްސަލަ ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ ނިމެންދެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.

އަދީބު ދާދިި ފަހުން ވަނީ ސަރުކާރުގެ ހުއްދައާ އެކު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެންފަ އެވެ.