ވާމިލިއަން ކުންފުނިން މ. އާއި ދ. އަތޮޅުގެ ފެރީގެ ހިދުމަތް މިދިޔަ ރޯދަ މަހު ހުއްޓާލާފައި ވަނިކޮށް އެމްޓީސީސީން އެ ދެ އަތޮޅަށް އަލުން ފެރީގެ ހިދުމަތް ފަށައިފި އެވެ.
04 އޯގަސްޓް 2019
ވާމިލިއަން ކުންފުނިން މ. އާއި ދ. އަތޮޅުގެ ފެރީގެ ހިދުމަތް މިދިޔަ ރޯދަ މަހު ހުއްޓާލާފައި ވަނިކޮށް އެމްޓީސީސީން އެ ދެ އަތޮޅަށް އަލުން ފެރީގެ ހިދުމަތް ފަށައިފި އެވެ.
އެމްޓީސީސީން މިދިޔަ މަހުގެ 27 ވަނަ ދުވަހު މ. އަތޮޅަށް ފެރީގެ ހިދުމަތް ފަށާފައި ވާއިރު ދ. އަތޮޅަށް ފެރީގެ ހިދުމަތް ފެށީ އިއްޔެ އެވެ. އެ ދެ އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ފެރީގެ ހިދުމަތް މިހާރު ލިބެ އެވެ. ފެރީ ދަތުރުގެ އަގަކީ މީހަކަށް 20ރ. އެވެ.
ވާމިލިއަން ކުންފުނިން ވަނީ ފ. އަތޮޅަށް ވެސް ފެރީގެ ހިދުމަތް މެދުކަނޑާލައިފަ އެވެ. އެ އަތޮޅަށް ވެސް ވަރަށް އަވަހަށް ފެރީގެ ހިދުމަތް ފަށާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ތިން އަތޮޅަށް ފެރީގެ ހިދުމަތް ދިނުމަކީ ރިސޯޓެއް ހެދުމަށް ވާމިލިއަން އަށް ދެ ރަށް ދީފައި ވާތީ އެކަމުގެ ބަދަލުގައި ކޮށްދޭންޖެހޭ ކަމެކެވެ. ފެރީގެ ހިދުމަތް ހުއްޓާލި ނަމަވެސް އެ ދެ ރިސޯޓް އަންނަނީ ހިންގަމުންނެވެ. އެއީ ދ. ވޮއްމުލީގައި ހިންގާ ސެއިންޓް ރީޖިސް އާއި ދޫރެސްގައި ހިންގާ އާވީ ރިސޯޓެވެ.
ދެ ރިސޯޓް ދީފައި ވަނިކޮށް ފެރީގެ ހިދުމަތް ހުއްޓާލި މައްސަލާގައި އަޅާނެ ފިޔަވަޅެއް ބެލުމަށް އެޓާނީ ޖެނެރަލްގެ ލަފަޔަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެދިފަ އެވެ.
އެމްޑީޕީގެ ކުރީގެ ސަރުކާރުން ފެރީގެ ހިދުމަތް ދޭން އެކި ކުންފުނިތަކާ ހަވާލުކުރީ، އޭގެ ބަދަލުގައި ރިސޯޓްތައް ހަދަން ރަށްރަށާއި ގެސްޓް ހައުސްތަކަށް ބިންތައް ދޫކުރާ ގޮތަށެވެ. ބައެއް ކުންފުނިތަކުން ވަނީ އޭރު ލިބުނު ރަށްރަށުގައި މަތީފަންތީގެ ރިސޯޓުތައް ވެސް ހަދައިފަ އެވެ. އެކަމަކު ފެރީގެ ހިދުމަތެއް ނުދެ އެވެ. ބައެއް އެއްބަސްވުންތަކުގައި ކަނޑައަޅާފައިވާ ގޮތަށް ފެރީގެ ހިދުމަތް ނުދީގެން އެއްބަސްވުން އުވާލުމުން ބޮޑެތި އަދަދުތަކުން ބަދަލު ހޯދަން ކޯޓަށް މައްސަލަތައް ހުށަހެޅި އެވެ. ފެރީގެ ހިދުމަތް ދޭން ހަވާލުކުރި ދީބާޖާގެ އެއްބަސްވުން ބާތިލްކުރި މައްސަލާގައި ދައުލަތުން 348 މިލިއަން ރުފިޔާ ދައްކަން ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެމްޓީސީސީގެ ދަތުރުތައް މާދަމާއިން ފެށިގެން އިތުރުވާނެ
ވާމިލިއަންނާ ދޭތެރޭ ފިޔަވަޅެއް ނާޅާ
ތިން އަތޮޅެއްގެ ފެރީތައް ވާމިލިއަނުން ހުއްޓާލައިފި
އާރުޓީއެލްގެ ނަމުގައި ސްކޭމެއް؛ ސަމާލުވާން އެދިއްޖެ
ސަރުކާރުގެ ޓެކްސީ ލައިން ފެށުމުން ވާނީ ފައިދާ: އަމީން
ޓެކްސީ ލައިން ތައާރަފުކުރަން އެމްޓީސީސީއާ ހަވާލުކޮށްފި
އދ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީ
މާލޭގައި ފަތިހު 5ގައި ބަހުގެ ހިދުމަތް ދޭން ފަށަނީ
މާލެ ސަރަހައްދުގެ ފެރީތަކުގައި ކާޑުން ފައިސާ ދެއްކޭނެ
އަތޮޅުތެރޭގައި އާރުޓީއެލް ބަހަށް ކާޑުން ފައިސާ ދެއްކޭނެ