މ. ނާލާފުއްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ރަށުން 15 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
22 ސެޕްޓެމްބަރ 2025
މ. ނާލާފުއްޓަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ރަށުން 15 ހެކްޓަރުގެ ބިން ހިއްކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނާލާފުއްޓަށް މިއަދު ހަވީރު ވަޑައިގެން ވަނީ އެ ރަށުގެ ބަނދަރު ބޮޑުކުރުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ނާލާފުށިން ބިން ހިއްކުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި އެ އެއްބަސްވުމުގެ ދަށުން އެ ރަށުގެ ބިމުގެ ސައިޒަށް ވުރެ ބޮޑުކޮށް ބިން ހިއްކާނެ ކަމަށެވެ.
ނާލާފުއްޓަކީ 12 ހެކްޓަރުގެ ރަށެކެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ރަށުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމައިފަ އެވެ.
"އިތުރުވެގެން ދަނީ އިތުރު 15 ހެކްޓަރު. އެހެންވީމަ ރަށަށް ވުރެ ބޮޑު ސަރަހައްދެއް އިރާދަކުރެއްވިއްޔާ ހިއްކިގެންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ނާލާފުށީގެ ބިން ހިއްކުމާއި އެ ރަށުގެ ބަނދަރުގެ ޖާގަ ބޮޑުކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ އެވެ.
މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ މ. މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅައިލުމުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ.
އެއް ފަޅެއްގައި އޮންނަ އެ ދެރަށް ކޯޒްވޭއަކުން ގުޅައިލުމުގެ މަސައްކަތް ކުރަމުން އަންނައިރު ރައީސް މުއިއްޒު ވިދާޅުވީ ނާލާފުށީގެ ތަރައްގީއަށް ހިންގޭ އެންމެ މުހިއްމު މަޝްރޫއުއަކީ އެއީ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ކޯޒްވޭ ސަބަބުން ކުދިން ސްކޫލަށް ދިއުމަށް އުފުލަމުން އައި ބުރައަށް ނިމުމެއް އަންނާނެ ކަމަށާއި އިގްތިސާދީ މަސައްކަތްތަކާއި އަދި އެ ނޫން ވެސް އިތުރު މަސައްކަތްތަކަށް މުއްޔާ ގުޅިގެން ދިއުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
President Dr @MMuizzu arrives in M. Naalaafushi, welcomed by residents. #RayyithunGaathah #VMFThVisit pic.twitter.com/9nmV10djxI
— The President's Office (@presidencymv) September 22, 2025
ރައީސް ވިދާޅުވީ އެ މަޝްރޫއުއަށް ވަގުތުތަކެއް ހޭދަވި މައިގަނޑު ސަބަބަކީ ފަންނީ ގޮތުން ރަނގަޅުކުރަން ހުރި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. އެކަމަކު އެ ހުރިހާ ކަމެއް ހަމަޖެހި، މުއްދަތަކަށް ވުރެ އަވަހަށް ކޯޒްވޭގެ މަސައްކަތް ވެސް ނިންމާލެވޭނެ ކަމުގެ އުއްމީދު ރައީސް ދެއްވި އެވެ.
މުއްޔާއި ނާލާފުއްޓާ ދެމެެދުގައި ކޯޒްވޭ އެޅުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ. އެ މަޝްރޫއުގެ ދަށުން 565 މީޓަރުގެ ކޯޒްވޭއެއް އަޅާނެ އެވެ. އަދި ކޯޒްވޭގެ ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއް ހަދާނެ އެވެ.
މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް ފަށައިފި
ތިން އަތޮޅެއްގެ ރަށްތައް ގުޅާލަން އިއުލާންކޮށްފި
މުލީ ބިން ހިއްކުން ލަސްވާތީ ކައުންސިލުން ކަންބޮޑުވެއްޖެ
މުލީ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
މަސައްކަތް ހިނގާތަން ކޮންމެ ރަށަކުން މިހާރު ފެންނާނެ
ރައީސް ދެއްވީ ދިއްފުއްޓަށް ބޯހިޔާވަހިކަމުގެ ޔަގީންކަން
ތިން ރަށް ގުޅާލާ ކޯޒްވޭގެ މަސައްކަތް ފަށައިފި
31 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ކިނބިދޫން 25 ހެކްޓަރު 17 މަސް ތެރޭ ހިއްކައިފި
މަނާކުރި އޮންލައިން ބައެއް ކޯހަށް ހުއްދަދޭން މަޝްވަރާ