ޖައްމޫ (އޮގަސްޓް 4) - ސަލާމަތީ ގޮތުން ނުރައްކާ އޮތް ކަމަށް ބުނެ ކަޝްމީރުގައި ތިބި ޓޫރިސްޓުންނާއި އަޅުކަމަށް ގޮސް ތިބި ހިންދޫން ނުކުތުމަށް އިންޑިއާ އިން އިންޒާރު ދީފި އެވެ.
04 އޯގަސްޓް 2019
ޖައްމޫ (އޮގަސްޓް 4) - ސަލާމަތީ ގޮތުން ނުރައްކާ އޮތް ކަމަށް ބުނެ ކަޝްމީރުގައި ތިބި ޓޫރިސްޓުންނާއި އަޅުކަމަށް ގޮސް ތިބި ހިންދޫން ނުކުތުމަށް އިންޑިއާ އިން އިންޒާރު ދީފި އެވެ.
އިންޑިއާ އިން ބުނީ ހިންދޫން އަޅުކަން ކުރަން ދާ "އަމާނަތު ޒިޔާރަތަށް" ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ހަމަލާދޭން އުޅެނީ ޕާކިސްތާނުގެ ހަނގުރާމަވެރިން ކަމަށް ވެސް އިންޑިއާގެ އޮފިޝަލުން ބުނެ އެވެ. އެކަމަކު ޕާކިސްތާނުން އެކަން ދޮގުކުރެ އެވެ.
ހިންދޫން 45 ދުވަހަށް ކުރިއަށް ގެންދާ އަޅުކަން ފަށާފައި ވަނީ ޖުލައި 1 ވަނަ ދުވަހު އެވެ. ހޮހަޅައެއްގައި ހަދާފައި ހުންނަ ޒިޔާރަތަށް މިހާތަނަށް ވަނީ ތިން ލައްކަ މީހުން ޒިޔާރަތްކޮށްފަ އެވެ.
ކަޝްމީރު ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އިންޑިއާގެ އިންޒާރާ ގުޅިގެން ހިންދޫންގެ 20،000 މީހުންނާއި އިންޑިއާގެ ޓޫރިސްޓުން އަދި 200،000 މަސައްކަތު މީހުން ކަޝްމީރުން ނުކުމެފައިވާ ކަމަށެވެ.
އިނގިރޭސި ވިލާތައި ޖަރުމަނުން ވަނީ އެ ގައުމުތަކުގެ ޓޫރިސްޓުން ކަޝްމީރަށް ދަތުރު ނުކުރުމަށް ހޮނިހިރު ދުވަހު އިލްތިމާސްކޮށްފަ އެވެ.
ހިންދޫންގެ އަޅުކަމުގެ ކުރިން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އިންޑިއާ އިން ވަނީ އިތުރު 10،000 ސިފައިން ކަޝްމީރަށް ފޮނުވައިފަ އެވެ.
ހިންދޫންގެ އަޅުކަމާ ދިމާކޮށް 2017 ވަނަ އަހަރު ހަނގުރާމަވެރިން ދިން ހަމަލާތަކެއްގައި ހަތް މީހުން މަރުވި އެވެ.
ކަޝްމީރުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނުން ވަނީ ދެ ހަނގުރާމައެއް ކޮށްފަ އެވެ. ކަޝްމީރުގައި ޕާކިސްތާނުގެ ހަނގުރާމަވެރިން ފެބްރުއަރީ މަހު ހަމަލާތަކެއްދީ 40 މީހުން މަރާލުމާ ގުޅިގެން ދެ ގައުމުން ވަނީ ވައިގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.
ރާއްޖޭގެ މަޖިލިހުގައި ޕާކިސްތާނާއި އިންޑިއާގެ ޒުވާބެއް!
އިންޑިއާ-ޕާކިސްތާން ވައިގެ ހަމަލާ އަށް ފިލްމެއް ހަދަނީ
"ކަޝްމީރުގައި ޖެހިގެން އުޅެނީ ދާޚިލީ މައްސަލައެއް"
ކަޝްމީރާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަ ދޮގުކޮށްފި
300 މޯބައިލް ފޯނު ބޭނުންކުރީ ގަސްތައްތަ؟: ރަޖުނާތު
ޖައިޝީ މުހައްމަދުގެ އިމާރާތްތައް ހަލާކެއް ނުވޭ
ޕުލްވާމާ ހާދިސާ އަށް ފިލްމެއް ހަދަނީ
އިންޑިއާ ޕައިލެޓްގެ މަތިމަސް ފެޝަން ޓްރެންޑަކަށް
ޖިސްމާނީ ގެއްލުމެއް ނުދޭ، ނަފްސާނީ އަނިޔާ ދިން: ޕައިލެޓް
ޕައިލެޓް ދޫކޮށްލުމާއެކު ކަޝްމީރުގައި ހަމަލާތައް ފަށައިފި