Roadha Mihaaru
ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ތަގުރީރު ކުރައްވަނީ

ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް މާދަމާ މަޖިލިހުގައި ތަގުރީރު ކުރައްވަނީ

06 އޯގަސްޓް 2019

ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑްރިކާ މުގްރީނީ ރައްޔިތުންގެ މަޖިލިހުގައި މާދަމާ ތަގްރީރު ކުރައްވާނެ ކަމަށް މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ފެޑްރިކާ މުގްރީނީ ރައްޔިތުންގެ މަޖިލިހުގައި މާދަމާ ތަގްރީރު ކުރައްވާނެ ކަމަށް މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ހާރިޖީ ގުޅުންތަކާއި ސަލާމަތާ ބެހޭ ވެރިއަކަށް ހުންނެވި މުގްރީނީ ކުރިން ވަނީ އިޓަލީގެ ފޮރިން މިނިސްޓަރު ކަން ކުރައްވައިފަ އެވެ. އޭނާ ވަނީ އިޓަލީގެ ނޭޓޯގެ ލީޑަރު ކަމާއި އެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ މެމްބަރު ކަމާއި އީޔޫ ކައުންސިލްގެ މެމްބަރު ކަން ވެސް ކުރައްވައިފަ އެވެ.

މިއީ އިޓަލީގެ ފޮރިން އެފެއާޒްގެ ގިނަ މަގާމުތަކެއް ފުރުއްވި މުގްރީނީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މުގްރީ ރާއްޖެ އަށް ކުރައްވާ ދަތުރުގައި ރާއްޖެ ވަޑައިގެން މަޖިލިހުގެ މެމްބަރުންނާ ބައްދަލު ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައިވާ ކަމަށެވެ. އެކަމަކު، މުގްރީނީ ތަގްރީރު ކުރައްވާނީ މަޖިލިހުގެ ޖަލްސާއެއްގައި ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ވީހާ ވެސް ގިނަ ބޭފުޅުން ޖަލްސާ އަށް ވަޑައިގަތުމަކީ ވަރަށް އެދޭ ކަމެއް. މުގްރީނީ ތަގްރީރު ކުރައްވާ އިރު ރާއްޖޭގައި މަސައްކަތް ކުރައްވާ ޑިޕްލޮމެޓުންނާއި ޔޫރަޕްގެ އިއްތިހާދުގެ ވިޔަފާރި ކުންފުނިތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުންނަށާއި ރިސޯޓުގެ ވިޔަފާރީގައި އުޅުއްވާ ބޭފުޅުންނާއި ކަމާ ގުޅޭ އެހެން ވެސް ބޭފުޅުންނަށް ދައުވަތު ދިނުމަށް އަމީން އާންމު އަރިހުގައި ދަންނަވާފައިވާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބު ގާތްވެފައި އޮއްވައި އިންތިހާބު ރަނގަޅަށް ނުގެންގޮސްފި ނަމަ، ވަކިވަކި ފަރުދުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޔޫރަޕިއަން ޔޫނިއަނުން އޮތީ ދީފަ އެވެ.

ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ މުގްރީނީ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.