Roadha Mihaaru
ކަޅުވަކަރު މިސްކިތް ބަހައްޓަން ހަވާލުކޮށްފި

ކަޅުވަކަރު މިސްކިތް ބަހައްޓަން ހަވާލުކޮށްފި

07 އޯގަސްޓް 2019

މާލޭ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލޭ ކަޅުވަކަރު މިސްކިތް އަލުން ރާވައި ބެހެއްޓުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ހެރިޓޭޖް މިނިސްޓްރީގައި މިއަދު ބޭއްވި ހަފުލާއެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގެވެ. އެ މަސައްކަތާ ހަވާލުވި އަމޭން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް ޑިރެކްޓާ އަދި ކުރީގެ މަޖިލިސް މެމްބަރު އިބްރާހީމް މުއްތޮލިބެވެ.

ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ، 2،900،000ރ. އަށެވެ.

ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ ބައެއް މަސައްކަތްތައް ދިވެހި ކުންފުންޏަކާ ހަވާލު ކުރުން--- ފޮޓޯ: ހެރިޓޭޖް މިނިސްޓަރީ

ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ ބައެއް މަސައްކަތްތައް ދިވެހި ކުންފުންޏަކާ ހަވާލު ކުރުން--- ފޮޓޯ: ހެރިޓޭޖް މިނިސްޓަރީ

ކުންފުންޏާ ހަވާލުކޮށްފައިވަނީ މިސްކިތް ބެހެއްޓުމަށް ކުރަންޖެހޭ ސިވިލް މަސައްކަތްތައް ކުރުމެވެ. އޭގެ ތެރޭގައި މިސްކިތާއި ހަރިންމަ ފާރު އަދި ވަޅުގެ ފައުންޑޭޝަން އެޅުމާއި މިސްކިތް ބަހައްޓާ ސަރަހައްދުގެ ވަށާ ފާރު ރޭނުމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކުރުމުގެ އިތުރުން ލޭންޑްސްކޭޕް ޕްލޭންގައިވާ ގޮތަށް ކޮންކްރީޓް ޕޭވްމަންޓް އެޅުމާއި އައުޓްޑޯ އެގްޒިބިޝަން އޭރިއާ ތައްޔާރުކުރުން ހިމެނެ އެވެ.

އަދި ކަރަންޓު ވަޔަރިން އާއި އަލިފާންނިއްވާ އާލާތްތައް ހަރުކުރުމުގެ އިތުރުން ކުލަ އާއި ދޮންވެލި ލުން ވެސް އެ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެ އެވެ.

މިސްކިތް އަލުން ރޭވުމުގެ އަމަލީ މަސައްކަތްތައް ކުރަން ނިންމާފައިވަނީ ހެރިޓޭޖް ޑިޕާޓްމަންޓުގެ ޓީމަކުންނެވެ.

ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމާފައި ވަނީ ދާރުލް އާސާރާ ޖެހިގެން އޮތް، ދިރާގުގެ ހެޑް އޮފީސް ކުރިން ހުރި ބިމާއި ސަލްޓަން ޕާކުން ބައެއް ނަގައިގެން ކަނޑައަޅާފައިވާ ސަރަހައްދެއްގަ އެވެ.

Kalhuvakaru miskiy beynun kuraanee namaadhu geyakah

Kalhuvakaru miskiy beynun kuraanee namaadhu geyakah

The most trusted news source in the Maldives

Mihaaru

ކަޅުވަކަރު މިސްކިތް ނަމާދު ގެއަކަށް ބޭނުން ކުރަން ނިންމުން---

ކުރިން ސަލްޓަން ޕާކްގައި ހުރި ކަޅުވަކަރު މިސްކިތް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރޫޅާލައި މާލެ ނޫން ތަނަކަށް ބަދަލުކުރަން އުޅުނު ނަމަވެސް، އެ މިސްކިތް އަލުން ރާވައި މާލޭގައި ބެހެއްޓުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ މިސްކިތް ދެން ބޭނުންކުރަން ނިންމާފައިވަނީ ނަމާދު ގެއަކަށެވެ.

ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައި ފާރުތައް ހިރިގަލުން ހަދާފައި ހުރި ވަރަށް ކުޑަ މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާކުރީ އައްސުލްތާން ހަސަން ނޫރައްދީން އިސްކަންދަރުގެ ރަސްކަމުގެ 10 ވަނަ އަހަރު އެވެ. މި ރަދުން ރަސްކަން ކުރެއްވީ 1779 އިން 1799 އަށެވެ.