ކަޅުވަކަރު މިސްކިތް ހުންނަ ޕާކުގެ ތެރޭގައި ކަޅުއޮށްފުންމި ބެހެއްޓުމުގެ މަސައްކަތް ކުރުމަށް އެ މިސްކިތާއި ޖެހިގެން އޮންނަ ޕާކު ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފި އެވެ.
23 ޖެނުއަރީ 2024
ކަޅުވަކަރު މިސްކިތް ހުންނަ ޕާކުގެ ތެރޭގައި ކަޅުއޮށްފުންމި ބެހެއްޓުމުގެ މަސައްކަތް ކުރުމަށް އެ މިސްކިތާއި ޖެހިގެން އޮންނަ ޕާކު ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފި އެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ މަރުކަޒުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކަޅުވަކަރު މިސްކިތާއި ޕާކު ސަރަހައްދުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ކުރުމަށް މާދަމާ އިން ފެށިގެން އެތަން ބަންދުވާނެ ކަމަށެވެ. އެ މަސައްކަތް ނިންމުމަށް ފަހު އަންނަ މަހު އެތަން އަނެއްކާވެސް އާންމުންނަށް ހުޅުވާލާނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ކަޅުއޮއްފުންމި އަކީ 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމަށް އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ. މިހާރު ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދަށް ގެންނަނީ އުތީމު މަހާރަދުން ބެންނެވި މި އޮޑިކޮޅުގެ ނަކަލެކެވެ.
އެ ނަކަލު ބަނދެވުނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2015 ވަނަ އަހަރެވެ.
ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައި ވަނީ އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮއްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ.
މިނިވަން 50 އާ ދިމާކޮށް ކަޅުއޮއްފުންމި މާލެ ގެނައުމުގެ މަސައްކަތް ކުރަނީ: މި ނަކަލު ކަޅުވަކަރު މިސްކިތް ހުންނަ ސަރަހައްދުގައި ބަހައްޓަން ސަރުކާރުން މިހާރު ވަނީ ނިންމައިފައި.-- ފައިލް ފޮޓޯ: ހޯމް މިނިސްޓްރީ
ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެ އެވެ. އަލަށް ބަނދެވުނު ނަކަލު މޫދަށް ބާލާފައި ވަނީ ޑިސެންބަރު 2، 2015 ގަ އެވެ. މިނިވަން 50ގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލައިފަ އެވެ.
ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު މަހާރަދުން ނުވަތަ އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލްއައުޒަމް ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާ އެކު، ގިނަ ބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށްޓަކާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކަޅުއޮށްފުންމީގެ ނަކަލު ގެނެސް ބެހެއްޓުމަށް އެކަށީގެންވާ ތިން ސަރަހައްދެއްގެ ސާވޭކުރުމަށް ފަހު މިހާރު ނިންމާފައި ވަނީ ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދުގައި ބެހެއްޓުމަށް ކަމަށާއި އެ މަސައްކަތް ކުރާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ. އޭގެ ތެރޭގައި މި އުޅަނދުގެ މަރާމާތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި މާލެ ގެނައުމަށް އަމަލުކުރާނެ ގޮތެއް ހަމަޖެއްސުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކަޅުއޮށްފުންމި މާލެ ގެނެސް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މިނިސްޓްރީ އާއި ސަރުކާރުގެ ގިނަ މުއައްސަސާތަކެއް ގުޅިގެން ކަމަށް ވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު އާންމުންނަށް ޒިޔާރަތް ކުރެވޭ ގޮތަށް ހުޅުވާލާއިރު އެކަމަށްޓަކާ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާނެ ކަމަށެވެ.
ހިރިގަލުގެ މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމަނަނީ
މުލީއާގެ މަރާމާތުކުރަނީ އަސްލު ނުގެއްލޭ ގޮތަށް
ކަޅުވަކަރު މިސްކިތް ރާވައި ނިމޭނީ ނޮވެމްބަރުގައި
ކަޅުވަކަރު މިސްކިތް ބަހައްޓާނެ ބަޔަކު ހޯދަނީ
މާފަންނު ސަހަރާ ހުސްކުރާތީ ކަންބޮޑުވުން!
ރާއްޖޭގެ ހިރިގަލުގެ އުފެއްދުންތައް ބޭރުގެ މައުރަޒަކަށް
ބާރަށުގެ ކާނި ގަހުގައި ރޯކޮށްލި މައްސަލަ ޕޮލިހަށް
ގައުމިއްޔަތު ދިރުވަން އިތުރު ތިން އިދާރާ އުފައްދަނީ
ގަމުން ފެނުނީ 900 އަހަރުވީ ބުދެއް
ބޮޑުގަނޑުވަރުގައި ނާސިރު ކޯރާޑީ ޖެއްސެވީ ކީއްވެ؟