19 ޖޫން 2018
ރާއްޖޭގެ ތާރީހީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތް، ގދ. ތިނަދުއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައި ވިޔަސް އެކަމުގެ އަމަލީ މަސައްކަތް އަދިވެސް ކުރިއަށް ނުދާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ރާއްޖޭގެ ތާރީހީ މިސްކިތެއް ކަމަށްވާ ކަޅުވަކަރު މިސްކިތް، ގދ. ތިނަދުއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައި ވިޔަސް އެކަމުގެ އަމަލީ މަސައްކަތް އަދިވެސް ކުރިއަށް ނުދާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ސަލްޓަން ޕާކްގައި ހުރި ކަޅުވަކަރު މިސްކިތް މީގެ ދެ އަހަރު ކުރިން ރޫޅާލީ އެތަނުގައި "ވިންޓާ ތީމް ޕާކް" ހަދާށެވެ. އެތަން ނިންމާ މިހާރު ވަނީ ހުޅުވައިފަ އެވެ.
ފުރަތަމަ ވާހަކަ ދެއްކީ، 200 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަޅުވަކަރު މިސްކިތް ހުޅުމާލެއަށް ބަދަލުކުރާށެވެ. އެކަމަކު ފަހުން ނިންމީ އެ މިސްކިތް ގެންދާނީ ގދ. ތިނަދު އަށް ކަމަށެވެ. އެކަމަކު އޭގެ ފަހުން ދެ އަހަރުވީ އިރު ވެސް މިސްކިތުގެ ބައިތައް ހުރީ ހެރިޓޭޖްގެ ބެލުމުގެ ދަށުގައި، މާލޭގަ އެވެ.
ކަޅުވަކަރު މިސްކިތް ރޫޅާލުމުން ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވި އެވެ. އަދި އެކަން ހުއްޓުވުމަށް ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް ކޯޓުން ސަރުކާރާ ދެކޮޅަށް އެއްވެސް އަމަރެއް ނުނެރެ އެވެ.
ކަޅުވަކަރު މިސްކިތް ރޫޅާލުމާއި އެހެން ތަނަކަށް ބަދަލުކުރާ ނަމަ އެކަމުގައި ވެސް އުޅެން ޖެހިފައިވާ މީހަކު، ނަން ނުޖަހާ ގޮތަށް ބުނީ، މިސްކިތުގެ ބައިތައް ތިނަދުއަށް ގެންގޮސް އެތަން ރޭވުމުގެ އަމަލީ އެއްވެސް މަސައްކަތެއް އަދި ކުރިއަށް ނުދާ ކަމަށެވެ.
"މީގެ ދެ މަސް ކުރިން މީޓިންތަކެއް [ހައުސިން މިނިސްޓްރީ އާއި ހެރިޓޭޖް ޑިޕާޓްމަންޓުގެ ވެރިން] ބޭއްވި. އެކަމަކު މިހާރު އެއްވެސް ކަމެއް ނުހިނގާ،" އޭނާ ވިދާޅުވި އެވެ.
Male' ge thaareeh dhanee olhuvaalamun, kalhuvakaru miskiy roolhaali massalaigai dhauvaakuranee!
The most trusted news source in the Maldives
Mihaaru
ކަޅުވަކަރު މިސްކިތް ރޫޅާލި މައްސަލަ ކޯޓަށް ހުށަހެޅުން--
ކަޅުވަކަރު މިސްކިތް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ ހައުސިން މިނިސްޓްރީއާ އެވެ. ވިންޓަ ތީމް ޕާކް ހުޅުވުމުގެ ހަފްލާގައި މިދިޔަ ހުކުރު ދުވަހު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކަޅުވަކަރު މިސްކިތް ވަނީ "ނައްތާލާފައި ނޫން" ކަމަށެވެ. ނަމަވެސް ތިނަދުއަށް އެ މިސްކިތް ބަދަލުކުރާނެ ދުވަހެއް ވިދާޅެއްނުވެ އެވެ. "މިތާ ކަނުގައި ޕާކެއް ހެދިގެންދާއިރު އެތަނުގައި މިސްކިތެއް ހުރުމަކީ މިސްކިތާ ވެސް އަދި ޕާކާ ވެސް އެހާ ގުޅޭ ކަމަކަށް ނުވާނެ،" މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ރޫޅާލައި، ތިން ތަނެއްގައި އަލުން ރޭވި މިސްކިތާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
ހެރިޓޭޖްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޑިޕާޓްމަންޓުގެ ދައުރަކީ ފަންނީ ލަފާދިނުމާއި މިސްކިތުގެ ބައިތައް ގިނަ ދުވަހު ހުންނާނެ ގޮތަށް ފަރުވާ ދިނުން ކަމަށެވެ. އެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިރިގަލާއި ކަޅުވަކަރުން ހަދާފައިވާ މިސްކިތް ބިނާކުރެއްވީ ރާއްޖޭގައި ރަސްކަން ކުރެއްވި ސުލްތޯން ހަސަން ނޫރައްދީން 1 އެވެ. އެ މިސްކިތް ފުރަތަމަ ހުރީ ގަލޮޅު ދަނޑު ކައިރީ، މަޖީދީމަގުގައި ހުންނަ ދެ ބުރި މިސްކިތް ސަރަހައްދުގަ އެވެ. އެކަމަކު ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެ މިސްކިތް ނީލަން ކިއުމުން ރިސޯޓެއްގެ ވެރިޔަކު އެ ގެންގޮސް ރިސޯޓްގައި ރައްކާތެރިކަމާ އެކު ބެހެއްޓި އެވެ. އަލުން ސަރުކާރާ ހަވާލުކުރީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ސަލްޓަން ޕާކްގެ އިރުދެކުނު ކަނުގައި އެ މިސްކިތް ރޭވީ އޭގެ ފަހުންނެވެ.
ކަޅުވަކަރު މިސްކިތް ބަހައްޓަން ހަވާލުކޮށްފި
ކަޅުވަކަރު މިސްކިތް ބޭނުން ކުރާނީ ނަމާދުގެޔަކަށް
ކަޅުވަކަރު މިސްކިތް ބަހައްޓާ ތަން ރަނގަޅެއް ނޫން
ކަޅުވަކަރު މިސްކިތް ބަހައްޓާނީ ދިރާގު ހިންގި ބިމުގައި
ކަޅުވަކަރު މިސްކިތް މާލޭގައި ބަހައްޓަން ބޭނުން
ކިންގް ސަލްމާން މިސްކިތުގެ އޮނިގަނޑު ނިމިއްޖެ
ތިނަދޫން 150 ގޯތި އަންނަ ހަފުތާގައި ދޫކުރަނީ
މާލޭ އިރުމަތީ ފަރާތުގައި އާ ތޮއްޓެއް ލަނީ
މިސްކިތް ސަރަހައްދު ތަރައްގީކުރާނީ ގެއްލުން ނުވާ ގޮތަށް
ކިންގް ސަލްމާން މިސްކިތް އަޅަން ތުރުކީ ބަޔަކަށް ދީފި