ލ. ދަނބިދޫގެ އިންޖީނު ގޭގައި އަލިފާން ރޯވެ އެ ރަށަށް ކަރަންޓް ދޭން ބޭނުންކުރާ ތިން އިންޖީނުގެ ތެރޭން ދެ އިންޖީނު އަނދައިފި އެވެ.
09 އޯގަސްޓް 2019
ލ. ދަނބިދޫގެ އިންޖީނު ގޭގައި އަލިފާން ރޯވެ އެ ރަށަށް ކަރަންޓް ދޭން ބޭނުންކުރާ ތިން އިންޖީނުގެ ތެރޭން ދެ އިންޖީނު އަނދައިފި އެވެ.
ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އެ ރަށު ކައުންސިލުގެ މެމްބަރު ހުސެއިން ފަޒީލް "މިހާރު" އަށް ވިދާޅުވީ މި ހާދިސާ ހިނގީ މިރޭ 8:30 ހާކަން ހާ އިރު ކަމަށެވެ. އަދި އޭގެ ވިއްސަކަށް މިނިޓް ފަހުން އަލިފާން ނިއްވާލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ފެނަކަ މުވައްޒަފުންނާއި ރަށު ރައްޔިތުން ގުޅިގެން އެ އަލިފާންގަނޑު [އެހާ އަވަހަށް] ނިއްވާލެވުނީ،" ފަޒީލް ވިދާޅުވި އެވެ.
ދަނބިދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެނދި އިންޖީނެއް
ފަޒީލް ވިދާޅުވި ގޮތުގައި އަލިފާން ފުރަތަމަ ރޯވީ އެއް އިންޖީނުގަ އެވެ. އަދި އެ އިންޖީނުގައި ރޯވުމުން އެއާ ޖެހިގެން ހުރި އިންޖީނުގައި ވެސް އަލިފާން ރޯވީ ކަމަށް އޭނާ ވިދާޅުވި އެވެ. އަލިފާން ފުރަތަމަ ރޯވީ މަރާމާތަކަށް ފަހު މިއަދު އަލުން ބޭނުންކުރަން ފެށި އިންޖީނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ދެ އިންޖީނު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ފެނަކައިން ކަރަންޓު ދެމުން އަންނަ އެ ރަށުގައި 1،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ.
ދަނބިދޫ އިންޖީނު ގޭގައި އަލިފާން ރޯވި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ލ. ގަމަށް އަލުން ކަރަންޓު ދީފި
މުޅި ގަމަށް ކަރަންޓު ދެވޭނީ މިރޭ 12 ޖަހާކަންހާއިރު
ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި ރޯވެ އަނދަނީ
ވޭމަންޑޫ އިންޖީނުގޭގައި ރޯވެ 10 މިލިއަނުގެ ގެއްލުން
ފިހުނު މީހާ އިތުރު ފަރުވާއަށް އޭޑީކޭއަށް
ފްލެޓްގައި ރޯވީ އެކްޒޯސްޓަކުން ކަރަންޓް ޝޯޓުވެގެން
އައްޑޫއަށް އާ ދެ ޖަނަރޭޓަރު ގެންދަނީ
ޅައިމަގުގެ ކަރަންޓްގެ މައްސަލަ ހައްލުކޮށްދޭނަން: ރައީސް
ކަރަންޓު ކޭބަލްތަކަށް ގެއްލުން ނުދޭން އެދިއްޖެ
އައްޑޫން ކަރަންޓު ކެނޑުނީ ކޭބަލެއް ބުރިކުރަން އުޅުމުން