10 އޯގަސްޓް 2019
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ގިނަ ދުވަސްވީ އަދި ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދިގު ދުވުމުގެ އިވެންޓްކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މި އަހަރުގެ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ގިނަ ދުވަސްވީ އަދި ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދިގު ދުވުމުގެ އިވެންޓްކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މި އަހަރުގެ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.
އަންނަ ސެޕްޓެމްބަރު 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ މި އަހަރުގެ ރޭހުގައި އެންމެ ހާއްސަ ކަމަކީ 10 ކިލޯމީޓަރު ރޭހާއި ފަސް ކިލޯމީޓަރު ރޭސް ދެ ވަގުތެއްގައި ބޭއްވުމެވެ. މާނައަކީ ހެނދުނު 6 ޖަހާއިރު ފަށާ 10 ކިލޯމީޓަރު ރޭހުގައި ދުވުމަށް ފަހު އެ ދުވަހު ހަވީރު 4:30 ފައި ފަށާ ފަސް ކިލޯމީޓަރު ރޭހުގައި ވެސް ދުވަން ފުރުސަތު ލިބުމެވެ.
ރޭހުގައި ރަޖިސްޓްރީކުރެވޭނީ ރޭހަށް ހާއްސަކޮށްގެން ދިރާގުން ތައްޔާރުކޮށްފައިވާ ވެބްސައިޓް www.dmrr.mv އިންނެވެ. މި ފަހަރު ރެޖިސްޓްރޭޝަން ފީ ނުވަތަ ޑޮނޭޝަން ދެއްކޭނީ އޮންލައިންކޮށް ރަޖިސްޓްރީކުރައްވާއިރު އެކަންޏެވެ. ދިރާގު ޕޭ ނުވަތަ ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ރެޖިސްޓްރޭޝަން ފީ ނުވަތަ ޑޮނޭޝަން ދެއްކުމުގެ ފުރުސަތު އޮންނާނެ އެވެ.
އެކަމަކު ދިރާގު ޕޭ އިން ފީ ދައްކަވާ ފުރަތަމަ 1000 ބައިވެރިންނަށް 50 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ އެވެ. މި ފަހަރު ވެސް ރެޖިސްޓްރޭޝަން ފީ އަކީ 100ރ. އެވެ. އެކަމަކު އެއަށް ވުރެ އިތުރަށް ވެސް ހަދިޔާކުރެވޭނެ އެވެ.
މި ފަހަރުގެ ހާއްސަ އަނެއް ކަމަކީ އަމިއްލަ އަށް ބިބް ނަމްބަރެއް އިހުތިޔާރުކުރުމުގެ ފުރުސަތު ލިބުމެވެ. އެ ފުރުސަތާ އެކު ރަޖިސްޓްރީކުރާ ނަމަ ދައްކަން ޖެހޭނީ 500ރ. އެވެ.
މިއަހަރުގެ ރޭހުގެ ޝިޔާރަކީ ވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. މި ރޭސް މެދުވެރިކޮށް ދިރާގުން ވަނީ 2018 ވަނަ އަހަރު 10 އެންޖީއޯ އަކަށް ޖުމްލަ 600،000ރ. ހަދިޔާކޮށްފަ އެވޗެ. އެއީ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ދެއްކި ފައިސާ ނުވަތަ ޑޮނޭޝަނުގެ %100 ގެ އިތުރުން އެންމެ ގިނަ ދުވުންތެރިން ރެޖިސްޓްރޭޝަންގައި ހިޔާރުކުރި 5 ޖަމިއްޔާއަށް ދިރާގުން ހަދިޔާ ކުރި 200،000ރ. ގެ ފައިސާގެ އިނާމެވެ.
މިއީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހުމަތްތެރިކަން އާލާވާ ގޮތަށް ދިރާގުން ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ. އެހެންވެ ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ހަގު އުމުރުފުރާތަށް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ފަސް ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވެވޭނީ މި އަހަރުގެ ސެޕްޓެމްބަރު އެއް ވަނަ ދުވަހަށް ހަތް އަހަރު ފުރިފައިވާ ކުދިންނަށެވެ. އަދި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވެވޭނީ އެ ދުވަހަށް 16 އަހަރު ފުރިފައިވާ ކުދިންނަށެވެ
މިއީ ދިރާގުން 2007 ވަނަ އަހަރު ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ 13 ވަނަ އަހަރެވެ. މި ރޭސް 2015 ވަނަ އަހަރާ ހަމަޔަށް ބާއްވަމުން އައީ މާލޭގަ އެވެ. އެކަމަކު 2016 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ބާއްވަން ފެށުމުން ރޭހަށް އިތުރު ފުރިހަމަކަމެއް ވަނީ ލިބިފަ އެވެ.
މިދިޔަ އަހަރުގެ ރޭހަށް ހުޅުވާލި 4000 ޖާގަ 48 ގަޑިއިރުގެ ތެރޭގައި ވަނީ ފުރިފަ އެވެ. އެއީ ރާއްޖޭގައި ބޭއްވި ދުވުމުގެ އިވެންޓަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ތަރުހީބެވެ. މީގެ ކުރިން 2016 ވަނަ އަހަރުގެ އަހަރުގެ ރޭހަށް ހައްސަކުރި 3000 ޖާގަ ފުރުނީ ތިން ދުވަހުންނެވެ.
ދިރާގު ރޯޑްރޭހަށް ރަޖިސްޓަރީވުމުގެ ފަހު ދުވަކީ އަންގާރަ
އެންމެ ބޮޑު ދުވުމުގައި ސިންގްލް-ޔޫސް ޕްލާސްޓިކް ފްރީ
ދިރާގު ރޯޑް ރޭހަށް ފަޚުރުވެރި އެވޯޑެއް
ދިރާގު ރޭސް، އޭޝިއާގެ ބޮޑު އެވޯޑެއްގެ ނޮމިނޭޝަނުގައި!
ދިރާގު ރޯޑް ރޭހުން 7 ލައްކަ ރުފިޔާ ލިބިއްޖެ
ދިރާގު ރޯޑްރޭހުގެ މެޑަލްތައް ދައްކާލައިފި
"ދިރާގު ޕޭ": ރޯޑްރޭހުގެ ބައިވެރިންނަށް ޑިސްކައުންޓެއް
ދިރާގު މޯލްޑިވްސް ރޯޑް ރޭސް ސެޕްޓެމްބަރު 20 ގައި!
ދިރާގު ރޯޑް ރޭސް ބާއްވާނީ ނޮވެމްބަރު 2 ގައި
48 ގަޑިއިރު، ދިރާގު ރޭހުގެ 50 ޕަސެންޓް ފުލް