Roadha Mihaaru
ދިރާގު މޯލްޑިވްސް ރޯޑް ރޭސް ސެޕްޓެމްބަރު 20 ގައި!

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ސެޕްޓެމްބަރު 20 ގައި!

16 ޖުލައި 2019

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ގިނަ ދުވަސްވީ އަދި ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދިގު ދުވުމުގެ އިވެންޓްކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މި އަހަރުގެ އިވެންޓް ސެޕްޓެމްބަރު 20 ވަނަ ދުވަހު ބާއްވަން ދިރާގުން ނިންމައިފި އެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނިން ހުޅުމާލޭގައި ބާއްވާ ރޭހުގައި މި އަހަރު ވެސް އޮންނާނީ ފަސް ކިލޯމީޓަރުގެ ދުވުމާއި 10 ކިލޯމީޓަރުގެ ދުވުމެވެ. ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ދުވަހަކާއި އިތުރު ތަފްސީލްތައް ދިރާގުން ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ.

މިއަހަރުގެ ރޭހުގެ ޝިޔާރަކީ ވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. ދިރާގުން ވަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މިއިވެންޓުގައި ބައިވެރިވެ އިވެންޓުގައި ރަޖިސްޓްރީ ކުރުމަށް މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 10 ކިލޯމީޓަރުގެ ރޭސް ދުވުންތެރިން ފަށަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 10 ކިލޯމީޓަރުގެ ރޭސް ދުވުންތެރިން ފަށަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެގޮތުން ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާއެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެ އެވެ. އަދި ރޭހުގައި ބައިވެރިވާ ދުވުންތެރިން، އޭގެ ތެރެއިން އިހުތިޔާރުކުރާ ޖަމިއްޔާއަކަށް ދުވުން ހާއްސަކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ ފަސް ޖަމިއްޔާއަކަށް ޖުމްލަ 200،000ރ. ދިރާގުން ހަދިޔާކުރާނެ އެވެ.

މިއީ ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހުމަތްތެރިކަން އާލާވާ ގޮތަށް ދިރާގުން ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ. އެހެންވެ ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށްވެސް ބައިވެރިވެވޭނެ އެންމެ ހަގު އުމުރުފުރާތަށް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ފަސް ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވެވޭނީ މި އަހަރުގެ ސެޕްޓެމްބަރު އެއް ވަނަ ދުވަހަށް ހަތް އަހަރު ފުރިފައިވާ ކުދިންނަށެވެ. އަދި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވެވޭނީ އެ ދުވަހަށް 16 އަހަރު ފުރިފައިވާ ކުދިންނަށެވެ.

މިދިޔަ އަހަރުގެ ދިރާގު ރޯޑްރޭހުގެ 10 ކިލޯމީޓަރުގެ ފިރިހެން ބައިން އެއް ވަނަ ހޯދި ފަޒީލް ރޭހުގައި ދުވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިދިޔަ އަހަރުގެ ދިރާގު ރޯޑްރޭހުގެ 10 ކިލޯމީޓަރުގެ ފިރިހެން ބައިން އެއް ވަނަ ހޯދި ފަޒީލް ރޭހުގައި ދުވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިއީ ދިރާގުން 2007 ވަނަ އަހަރު ތައާރަފްކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ 13 ވަނަ އަހަރެވެ. މި ރޭސް 2015 ވަނަ އަހަރާ ހަމަޔަށް ބާއްވަމުން އައީ މާލޭގަ އެވެ. އެކަމަކު 2016 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ބާއްވަން ފެށުމުން ރޭހަށް އިތުރު ފުރިހަމަކަމެއް ވަނީ ލިބިފަ އެވެ.

މިދިޔަ އަހަރުގެ ރޭހަށް ހުޅުވާލި 4000 ޖާގަ 48 ގަޑިއިރުގެ ތެރޭގައި ވަނީ ފުރިފަ އެވެ. އެއީ ރާއްޖޭގައި ބޭއްވި ދުވުމުގެ އިވެންޓަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ތަރުހީބެވެ. މީގެ ކުރިން 2016 ވަނަ އަހަރުގެ އަހަރުގެ ރޭހަށް ހައްސަކުރި 3000 ޖާގަ ފުރުނީ ތިން ދުވަހުންނެވެ.