Roadha Mihaaru
ރާއްޖެ އިޝްތިހާރު ކުރަން މިފަހަރު އެމެރިކާ ނޫސްވެރިން

ރާއްޖެ އިޝްތިހާރު ކުރަން މިފަހަރު އެމެރިކާ ނޫސްވެރިން

14 އޯގަސްޓް 2019

ރާއްޖެ އިޝްތިހާރުކުރުމަށް އެކި ގައުމުތަކުގެ ނޫސްވެރިންނާ ގުޅިގެން އެމްއެމްޕީއާރުސީން ކުރާ މަސައްކަތުގައި އިއްޔެ އެމެރިކާގެ ނޫސްވެރިން ރާއްޖެ ގެނެސްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އިޝްތިހާރުކުރުމަށް އެކި ގައުމުތަކުގެ ނޫސްވެރިންނާ ގުޅިގެން އެމްއެމްޕީއާރުސީން ކުރާ މަސައްކަތުގައި އިއްޔެ އެމެރިކާގެ ނޫސްވެރިން ރާއްޖެ ގެނެސްފި އެވެ.

މިއީ މި ސިލްސިލާގެ ދަށުން ނޫސްވެރިން ގެނައި ފަސްވަނަ ފަހަރެވެ. މީގެ ކުރިން އިންޑިއާ، ޖަރުމަނު، އޮސްޓްރިއާ، ސުވިޒަލެންޑް، އިނގިރޭސި ވިލާތް، ސައުތު ކޮރެއާ އަދި ޗައިނާގެ މީޑިއާ ޓީމުތައް ވަނީ ޒިޔާރަތްކޮށްފަ އެވެ.

އިއްޔެ އައި އެމެރިކާގެ މީޑިއާ ޓީމު އާދީއްތަ ދުވަހުގެ ނިޔަލަށް ރާއްޛޭގައި ތިބޭނެ އެވެ. މި ދަތުރުގައި ރާއްޖޭގެ ހިތްގައިމު މާހައުލާއި ކަނޑު އަޑީގެ ރީތިކަން ތަޖުރިބާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ޓީމު ތިބޭނީ ހެރިޓަންސް އާރަށް ރިސޯޓާއި މާކިއޯ މޯލްޑިވްސް ކޫއްޑޫގަ އެވެ.

އެމެރިކާގެ މީޑިއާ ޓީމުގައި "ޓްރެވަލް އެންޑް ލެޝާ" އާއި "ނޭޝަނަލް ޖިއޮގްރަފިކް ޓްރެވަލް" އާއި "ޔޫއެސްއޭ ޓުޑޭ" އަދި "ނިއު ޔޯކް ޓައިމްސް" ފަދަ މަޝްހޫރު ނޫސް މަޖައްލާތަކުގެ ލިޔުންތެރިން ހިމެނެ އެވެ. މި ދަތުރުގެ ތަޖުރިބާތައް މި ނޫސްތަކުގައި ޝާއިއުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެމެރިކާ އަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމަކަށް ވާއިރު މި ދަތުރުގެ ސަބަބުން އެ ގައުމުގައި ރާއްޖެ އިތުރަށް އިޝްތިހާރު ވާނެކަމަށް އެމްއެމްޕީއާރުސީން އުންމީދުކުރެ އެވެ. މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެމެރިކާ އިން 68،427 ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ.