Roadha Mihaaru
ސެމްސަންގް ފޯނުތަކަށް ގްރެފީން ބެޓެރީ

ސެމްސަންގް ފޯނުތަކަށް ގްރެފީން ބެޓެރީ

15 އޯގަސްޓް 2019

މިއީ ދޭތެރެ ދޭތެރެއިން ދެކެވޭ ވާހަކައެކެވެ. ސްމާޓްފޯނުތަކުގައި މިހާރު ބޭނުންކުރާ "ލިދިއަމް" ބެޓެރީތަކުގެ ބަދަލުގައި "ގްރެފީން" ބެޓެރީ ބޭނުންކުރަން އުޅޭ ވާހަކަ އެވެ. މި ވާހަކަތައް 2004 ގައި ދެކެވެން ފެށުމުން، މިއީ މޮޅު އުފެއްދުމަކަށް ވާނެ ކަމަށް ބުނެ ގްރެފީން ބެޓެރީ ޓެކްނޮލޮޖީ އަށް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ގްރެފީން ބެޓެރީ އަކީ އަދި ވެސް ޚިޔާލެވެ. މިއީ އަދިވެސް އަތުޖެހޭ ފަށަށް އައިސްފައިވާ އެއްޗެއް ނޫނެވެ. ނަމަވެސް، ސެމްސަންގުގެ އުފެއްދުންތަކާ ބެހޭ ގޮތުން ދެނެތިބި މީހުން ބުނާ ގޮތުގައި، ގްރެފީން ބެޓެރީން ސްމާޓްފޯނުތައް ހިންގަން ދެން ޒަމާންތަކެއް ނުނަގާނެ އެވެ. އަންނަ އަހަރު ނުވަތަ 2021 ގައި ގްރެފީން ބެޓެރީތައް ބޭނުންކުރަން ފަށާނެ އެވެ.

"ލިދިއަމް-އަޔަން" ބެޓެރީތަކުގެ މައްޗަށް "ގްރެފީން" ބެޓެރީ ހޯދާ ކާމިޔާބީ އަކީ، ގިނައިރު ޗާޖު ދެމެހެއްޓިފައި ހުރުމެވެ. ގަބޫލުނުކުރެވޭހާ އަވަހަށް ޗާޖުކުރެވުމެވެ. ފިނިހޫނުމިން ވަކި މިންވަރެއްގައި ދެމެހެއްޓޭ މާއްދާއަކަށް ވާތީ، ގްރެފީން ބެޓެރީތައް ގޮވައި ހުޅުހިފުމަށް ފުރުސަތު ކުޑަވުމެވެ.

ގްރެފީން އަކީ މުރަނަކަން ކުޑަ، "ކޮންޑަކްޓިވް" ބާރުގަދަ އަދި ލުއި މާއްދާ އެކެވެ. އެހެންކަމުން، ގްރެފީން ބެޓެރީގެ އެންމެ ބޮޑު ފައިދާ އަކީ ލިދިއަމް ބެޓެރީ އަށް ވުރެ ލުއިވުމެވެ. ބެޓެރީގެ ބަރުދަން ސްމާޓްފޯނުތަކުގެ ބަރުދަނަށް އިތުރުވުމަކީ ފޯނުތައް މިހާރު ބަރުވާން ދިމާވާ މައިގަނޑު ސަބަބެވެ.

ސެމްސަންގް ފޯނެއްގައި ގްރެފީން ބެޓެރީއެއް ހިމަނަފާނެ ކަމަށް ބުނެ ވާހަކަދެކެވުނު ނަމަވެސް، ތާރީޚެއް އަދި ކަށަވަރެއް ނުވެ އެވެ. އެހެން ނަމަވެސް، ގްރެފީން ބެޓެރީ އުފައްދަން ކުރާ މަސައްކަތްތައް ކޮޅެއްގައި ޖެހެމުން އައުމަކީ އުފާވެރި ޚަބަރެކެވެ. ދެން އޮތް އެންމެ އުފާވެރި ޚަބަރަކަށް ވާނީ އަގު ވެސް ހެޔޮވުމެވެ.