Roadha Mihaaru
"ދިލް ޗާތާ ހޭ" ސީކްއެލްއެއް ހަދައިފާނެ؟

"ދިލް ޗާތާ ހޭ" ސީކްއެލްއެއް ހަދައިފާނެ؟

16 އޯގަސްޓް 2019

މީގެ 18 އަހަރު ކުރިން ރިލީޒްކުރި ފިލްމު "ދިލް ޗާތާ ހޭ" އަކީ ބެލުންތެރިން ވަރަށް ގަޔާވި ފިލްމެކެވެ. މިއީ ތިން އެކުވެރިންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އާމިރު ހާނާއި ސައިފް އަލީ ހާންގެ އިތުރުން އަކްޝަޔޭ ކަންނާ މުހިއްމު ރޯލްތައް ކުޅުނު މި ފިލްމަކީ ޑައިރެކްޓަރު ފަރުހާން އަހަތްރުގެ އަލަތު ފިލްމު ވެސް މެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 18 އަހަރު ކުރިން ރިލީޒްކުރި ފިލްމު "ދިލް ޗާތާ ހޭ" އަކީ ބެލުންތެރިން ވަރަށް ގަޔާވި ފިލްމެކެވެ. މިއީ ތިން އެކުވެރިންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އާމިރު ހާނާއި ސައިފް އަލީ ހާންގެ އިތުރުން އަކްޝަޔޭ ކަންނާ މުހިއްމު ރޯލްތައް ކުޅުނު މި ފިލްމަކީ ޑައިރެކްޓަރު ފަރުހާން އަހަތްރުގެ އަލަތު ފިލްމު ވެސް މެ އެވެ.

"ދިލް ޗާތާ ހޭ" ގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރެއްގައި އޭގެ ދެވަނަ ބައެއް ހަދައިފާނެތޯ ކުރެވޭ ސުވާލަކީ ވަރަށް އާންމު ސުވާލެކެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން ފަރުހާން މިހާތަނަށް މާ އިޖާބީ ވާހަކައެއް ނުދައްކަ އެވެ. އަނެއްކޮޅުން މިހާރު ވެސް އޭނާގެ އަތުގައި އެހެން ފްރެންޗައިޒެއް އެބަ އޮތެވެ. އެއީ "ޑޮން" އެވެ. މީގެ ތިން ވަނަ ބަޔަކަށް ވެސް ބެލުންތެރިން އިންތިޒާރު ކުރާތާ މިހާރު އެތައް އަހަރެކެވެ.

"ދިލް ޗާތާ ހޭ" ގެ ސީލްއެލްއާ ބެހޭ ގޮތުން އަކްޝަޔޭ ބުނަނީ މިހެންނެވެ؛ އޭނާ ދެކޭ ގޮތުގައި ފަރްހާން އެ ފިލްމުގެ ދެވަނަ ބައި ހަދަން ވާނީ ލީޑް ތިން އެކްޓަރުންނަށް ވެސް 50 އަހަރުވުމުންނެވެ. އާމިރަށް މި އަހަރު 54 އަހަރު ފުރިފައިވާ އިރު، ސައިފަށް 49 އެވެ. އަކްޝަޔޭގެ އުމުރަކީ 44 އެވެ.

"އެހެންވެ އަބަދު ވެސް އަހަރެން ފަރުހާން ކައިރީ ބުނަން ދިލް ޗާތާ ހޭގެ ދެވަނަ ބައި ހަދާ ވަންޏާ އަހަރެމެން އެންމެންނަށް ފަންސާސްވީ ކަމަށް ފިލްމު ހަދަން ވާނީ. އޭރުން ހަގީގަތުގައި އަނެއްކާ ވެސް މީގެ މަޖާކަން އަންނާނީ،" އަންނަ މަހުގެ 13 ގައި ރިލީޒް ކުރާ "ސެކްޝަން 375" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި އަކްޝަޔޭ ބުންޏެވެ.

ނަމަވެސް "ދިލް ޗާތާ ހޭ" ގެ ދެވަނަ ބަޔަކަށް އިންތިޒާރު ކުރާ މީހުންގެ އިންތިޒާރީ އަށް ނިމުމެއް އަތުވެދާނެތޯ ބުނާކޮށް ނޭނގެ އެވެ. ޔަގީންވާ ކަމަކީ އެއީ ބެލުންތެރިން ބަލައިލަން ބޭނުންވާ ފިލްމެއްކަމެވެ.

ޕްރިތީ ޒިންތާ އާއި ޑިމްޕަލް ކަޕާޑިއާ އަދި ސޮނާލީ ކުލްކަރުނީ ބަތަލާއިންގެ ރޯލް ކުޅުނު ފިލްމު ރިލީޒް ކުރީ 2001 ގަ އެވެ.