30 މެއި 2016
ޑައިރެކްޓަރު ރަވީ ފާރޫގަށް އަނެއްކާވެސް މި އޮތީ އޭނާ އަކީ މޮޅު ޑައިރެކްޓަރެއްކަން ސާބިތުކޮށް ދޭން ފުރުސަތެއް ލިބިފަ އެވެ. ރާއްޖޭގެ ފިލްމަކަށް ބޭރު ފެސްޓިވަލަކުން މިހާތަނަށް ލިބުނު އެންމެ ބޮޑު އަދި އެންމެ ފުރަތަމަ ކާމިޔާބީ ހޯދި ޑައިރެކްޓަރުގެ ރެކޯޑް ވެސް އޮތީ ރަވީގެ އަތުގަ އެވެ.
ޑައިރެކްޓަރު ރަވީ ފާރޫގަށް އަނެއްކާވެސް މި އޮތީ އޭނާ އަކީ މޮޅު ޑައިރެކްޓަރެއްކަން ސާބިތުކޮށް ދޭން ފުރުސަތެއް ލިބިފަ އެވެ. ރާއްޖޭގެ ފިލްމަކަށް ބޭރު ފެސްޓިވަލަކުން މިހާތަނަށް ލިބުނު އެންމެ ބޮޑު އަދި އެންމެ ފުރަތަމަ ކާމިޔާބީ ހޯދި ޑައިރެކްޓަރުގެ ރެކޯޑް ވެސް އޮތީ ރަވީގެ އަތުގަ އެވެ.
އޭނާ ޑައިރެކްޓް ކުރި ސަންސްޕެންސް ތުރިލާ "އިނގިލި" އަކީ 2014 ވަނަ އަހަރުގެ ސާކް ފިލްމް ފެސްޓިވަލުން ބްރޯންޒް މެޑެލް ހޯދި ފިލްމެކެވެ. އަދި ހަމަ އެ ފިލްމުން އެ ފަހަރު ކުޅަދާނަ އެކްޓަރު އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދި އެވެ.
ރަވީ އަށް އަނެއްކާ ވެސް މިއޮތީ ހަމަ މިފަދަ ކާމިޔާބީއެއް ނުވަތަ އެއަށް ވުރެ ވެސް ރަނގަޅު ކާމިޔާބީއެއް ހޯދޭނެ ފުރުސަތެއް ލިބިފަ އެވެ.
މިދިޔަ އަހަރު އޭނާ ޑައިރެކްޓް ކުރި ސައިކޮލޮޖިކަލް ތުރިލާ "މިކޮއެ ބައްޕަ ބައޭބައޭ" ފެސްޓިވަލްގެ ފީޗާ ފިލްމް ކެޓަރީގައި ވާދަ ކުރެ އެވެ. މި ފިލްމަކީ ތިއޭޓަރުގައި އަޅުވައިގެން އެހާ ކާމިޔާބު ފިލްމެއް ނޫނެވެ. އެކަމަކު ކްރިޓިކުންގެ ތައުރީފު ވަރަށް ބޮޑަށް ލިބުނު ފިލްމެކެވެ.
"މިކޮއެ ބައްޕަ ބައޭބައޭ" އާ އެކު މި ފަހަރުގެ ފެސްޓިވަލްގައި ރަވީގެ އެހެން މަސައްކަތެއް ވެސް ދައްކައިލާނެ އެވެ. އެއީ މިދިޔަ އަހަރުގެ އޮފީސް ޓެލެޑްރާމާ މުބާރާތަށް އޭނާ ޑައިރެކްޓް ކުރި "އެއްފަސް" އެވެ.
ހައުސިން މިނިސްޓްރީގެ އެ ޑްރާމާއަކީ މިދިޔަ އަހަރުގެ އެންމެ މޮޅު ޑްރާމާ އެވެ. "އެއްފަސް" ފެސްޓިވަލްގައި ވާދަކުރަނީ ޝޯޓް ފިލްމް ކެޓަގަރީގަ އެވެ.
ފެސްޓިވަލަށް ރަވީ މާދަމާ ސްރީ ލަންކާ އަަށް ފުރާނެ އެވެ. އޭގެ ކުރިން އޭނާ ވަނީ "މިކޮއެ ބައްޕަ ބައޭބައޭ" ދޭތެެރޭ ހުރި އުންމީދުތައް ހިއްސާކޮށްފަ އެވެ.
ރަވީ ބުނީ މި ފަހަރު ވެސް މެޑެއްޔެއް ލިބޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އަދި "މިކޮއެ ބައްޕަ ބައޭބައޭ" ގައިި ބަތަލާ އައިޝަތު ރިޝްމީ ކުޅެފައިވާ ރޯލަށް އެންމެ މޮޅު ބަތަލާގެ އެވޯޑަށް ވެސް އުންމީދު ކުރެވޭ ކަމަށް ޒުވާން ޑައިރެކްޓަރު ބުންޏެވެ.
"އެކަމަކު ދެން ޖުމްލަކޮށް އެއްޗެއް ބުނަން އެނގޭނީ ފެސްޓިވަލްގައި ދެން ވާދަކުރާ ފިލްމްތައް ބަލާލެވުނީމަ،" ޖޫން 1-6 އަށް ކުރިއަށްދާ ފެސްޓިވަލާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "އަސްލު ތެދަށް ބުނަންޏާ މިކޮއެ ބައްޕަ ބައޭބައޭ އަކީ "އިނގިލި" އަށް ވުރެ އަހަންނަށް ކުރެވިފައި ހުރި މަސައްކަތްތައް ހިތްހަމަޖެހޭ ފިލްމެއް."
ރަވީ ބުނީ މި ފަހަރުގެ ފެސްޓިވަލްގައި އަފްޣާނިސްތާނުން ފިލްމުތައް ބައިވެރިކޮށްފައި ހުރުމުން އެއީ ބިރަކަށް ވެދާނެ ކަމަށެވެ.
"އެ ގައުމަކީ ވަރަށް މޮޅެތި ފިލްމުތައް ހަދާ ގައުމެއް،" އޭނާ ބުންޏެވެ.
އަފްޣާނިސްތާނުން ދެ ފިލްމް ވާދަ ކުރެ އެވެ. އެއީ ފީޗާ ފިލްމް ކެޓަގަރީގައި ވާދަ ކުރާ "އޭން އެޕަލް ފްރޮމް ޕެރެޑައިސް" އާއި ޝޯޓް ފިލްމް "ސިޓީ އޮފް ޑަސްޓް" އެވެ. ރަވީ އަށް މި ފަހަރު އޮތް ބިރަކީ އޭނާ ވާދަކުރާ ދެ ކެޓަގަރީގައި ވެސް އަފްޣާނިސްތާންގެ ފިލްމުތައް އޮތުމެވެ.
މި ފަހަރުގެ ފެސްޓިވަލްގައި ރާއްޖޭގެ އިތުރު ފީޗާ ފިލްމެއް ވެސް ވާދަ ކުރެ އެވެ. އެއީ އަލީ ސީޒަން ޑައިރެކްޓްކޮށް، އެކްޓް ކުރި ފިލްމް "އަހްޝަމް" އެވެ. އޭނާ ވަނީ މިދިޔަ އަހަރު "އިންސާނާ" އިން ފެސްޓިވަލްގައި ބްރޯންޒް މެޑެލް ހޯދައިފަ އެވެ.
ނަތީޖާ އަށް އިންތިޒާރު ކުރަމާ ހިނގާށެވެ.
ރަވީ އާއި ސީޒަން މި ފަހަރު ހުސް އަތާ!
ދިވެހި ސިނަމާގެ ފަޅުކަން އަންނަ އަހަރު ފިލާނެތަ؟
"އެހެނަސް 2" މި މަހުގެ 18 ގައި
"ވިޝްކާ" ހޯމަ ދުވަހު ބައިސްކޯފަށް
މި އަހަރަށް ކިތައް ދިވެހި ފިލްމު؟
"ވިޝްކާ" ގެ ޝޯއެއް ހުޅުމާލެ ޝްވެކަށް
ރަވީ: ބޭރުގެ ފެސްޓިވަލްތަކުން އެވޯޑް ހޯދާ ޑައިރެކްޓަރު
ސާކް ފިލްމް ފެސްޓިވަލްގައި މި ފަހަރު "ވިޝްކާ"
"ހުޅުދާން" ޝްވެކް ސިނަމާ އަށް
ސާކް ފެސްޓިވަލްގައި މި އަހަރު 19 ފިލްމް