Roadha Mihaaru
ބުރޫސް ސްޕްރިންގްސްޓީންގެ ޑޮކިއުމަންޓަރީ ސްކްރީނަށް

ބުރޫސް ސްޕްރިންގްސްޓީންގެ މިއުޒިކް ޑޮކިއުމަންޓަރީ ސްކްރީނަށް

19 އޯގަސްޓް 2019

ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ އެމެރިކާގެ ލަވަކިޔުންޔެރިޔާ ބުރޫސް (ދަ ބޮސް) ސްޕްރިންފްސްޓީންގެ މިއުޒިކް ޑޮކިއުމަންޓްރީ "ވެސްޓާން ސްޓާޒް" އަންނަ މަހުގެ ތެރޭގައި ސްކްރީނަށް ގެންނަން ނިންމައި، އަންނަ މަހު ބާއްވާ މި އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ވެސް ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ އެމެރިކާގެ ލަވަކިޔުންޔެރިޔާ ބުރޫސް (ދަ ބޮސް) ސްޕްރިންފްސްޓީންގެ މިއުޒިކް ޑޮކިއުމަންޓްރީ "ވެސްޓާން ސްޓާޒް" އަންނަ މަހުގެ ތެރޭގައި ސްކްރީނަށް ގެންނަން ނިންމައި، އަންނަ މަހު ބާއްވާ މި އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް) ގައި ވެސް ދައްކާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޓީއައިއެފްއެފް ކުރިއަށް ދާނީ އަންނަ މަހުގެ 5-15 އަށެވެ.

"ވެސްޓާން ސްޓާޒް" އަކީ ސްޕްރިންސްގްޓީން ޑައިރެކްޝަނުގައި ވެސް ހިއްސާވެގެން ހަދާފައިވާ އެއްޗެކެވެ. އެއަށް ނަން ދީފައި ވަނީ އޭނާ މިދިޔަ ޖޫން މަހު ނެރުނު އަލްބަމްގެ ނަމުންނެވެ. "ވެސްޓާން ސްޓާޒް" އަކީ ބްރޫސްގެ ނުވަ ސްޓޫޑިއޯ އަލްބަމެވެ. އަދި ފަސް އަހަރު ފަހުން އޭނާ ނެރުނު ފުރަތަމަ އަލްބަމް ވެސް މެ އެވެ.

ވެރައިޓީން ބުނި ގޮތުގައި ސްޕްރިންގްސްޓީން، 69، ގެ މިއުޒިކް ޑޮކިއުމަންޓަރީގެ ގްލޯބަލް ރައިޓްސް ވޯނާ ބްރަދާޒް އަށް ވަނީ ވިއްކާލައިފަ އެވެ. އޭގައި އޭނާގެ ކެރިއަރުގެ މުހިއްމު ސޮފުހާތަކެއް ދައްކުވައި ދޭނެ އެވެ.

މިހާތަނަށް 20 ގްރެމީ އެވޯޑާއި ދެ އޮސްކާގެ އިތުރުން ޓޯނީ އެވޯޑް ވެސް ހާސިލުކޮށްފައިވާ ސްޕްރިންގްސްޓީންގެ ފާހަގަކޮށްލެވޭ ބައެއް ލަވަތަކުގެ ތެރޭގައި "ބޯން ޓް ރަން"، "ތަންޑަރޯޑް"، "ހަންގްރީ ހާޓް"، "ހިއުމަން ޓަޗް" އަދި "ސްޓްރީޓްސް އޮފް ފިލަޑެލްފިއާ" ހިމެނެ އެވެ.

އޭނާއަކީ "އީ ސްޓްރީޓް ބޭންޑް" ގެ ބާނީ ވެސް މެ އެވެ.