Roadha Mihaaru
ލަވަކިޔުންތެރިޔާ އައިލިޝްގެ ނަމުގައި ސެންޓެއް

ލަވަކިޔުންތެރިޔާ އައިލިޝްގެ ނަމުގައި އަންނަ މަހު ސެންޓެއް ނެރެނީ

22 އޮކްޓޯބަރ 2021

އެމެރިކާގެ ކާމިޔާބު ފުރާވަރުގެ ލަވަކިޔުންތެރިޔާ ބިލީ އައިލިޝްގެ ނަމުގައި އަންނަ މަހު ބާޒާރަށް ސެންޓް ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ކާމިޔާބު ފުރާވަރުގެ ލަވަކިޔުންތެރިޔާ ބިލީ އައިލިޝްގެ ނަމުގައި އަންނަ މަހު ބާޒާރަށް ސެންޓް ނެރެން ނިންމައިފި އެވެ.

"އައިލިޝް" ގެ ނަން ދީފައިވާ ސެންޓްގެ ވާހަކަ ސޯޝަލް މީޑިިއާގައި ހިއްސާކޮށް 19 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ އަމިއްލަ ސެންޓެއް ނެރުމަކީ ވަރަށް ކުރިއްސުރެން ވެސް ދެކެމުން އައި ހުވަފަނެއް ކަމަށާއި މިކަން މިހާރު ހަގީގަތަކަށް ވާތީ ވަރަށް އުފަލުން ހުރި ކަމަށެވެ.

"ސެންޓަކީ އަބަދުވެސް އަހަރެންގެ ހަޔާތުގެ ވަރަށް މުހިއްމު ބައެއް. އެހެންވީމަ އަހަރެން އެންމެ ގަޔާވާ ވަސް އެކުލެވޭ ގޮތަށް ސެންޓް ނެރުމަކީ ވަކިން ބޮޑު އުފަލެއް." އަމިއްލަ ސެންޓްގެ އެންމެ ހާއްސަ ވަހަކީ ވެނީލާކަން ފާހަގަކޮށް އައިލިޝް ބުންޏެވެ.

އަމިއްލަ ސެންޓާ ބެހޭ ގޮތުން ވޯގްއާ ވާހަކަ ދައްކަމުން ކާމިޔާބު ލަވަކިޔުންތެރިޔާ ބުނީ އަމިއްލަ ސެންޓެއް ނެރެނީ ކޮންމެހެން އާންމުންގެ ތެރޭގައި މަޝްހޫރު މީހަކަށް ވެގެން ނޫން ކަމަށެވެ.

"މިއީ ބިލީ އައިލިޝް އަށް އަހަރެންވެގެން ނޫނީ ލަވަކިޔުންތެރިއަކަށް ވެގެން [ސެލެބްރީޓީއަކަށް ވެގެން] ކުރާ ކަމެއް ނޫން. މިއީ އަހަރެންގެ އަމިއްލަ ނަފުސު ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ހެދުމަށްޓަކައި ކުރާ ކަމެއް." އައިލިޝް ބުންޏެވެ.

އަންނަ މަހު "އައިލިޝް" ސެންޓް ނެރޭނެކަން އިއުލާންކުރި ނަމަވެސް ސީދާ ވަކި ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.

މިދިޔަ މަހު މަހު ރިލީޒްކުރި ޖޭމްސް ބޮންޑްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" ގެ ތީމް ލަވަ ކިޔައި ދީގެން އެ ފްރެންޗައިޒަށް ލަވަ ކިޔައިދިން އެންމެ ޒުވާން ފަންނާނުގެ މަގާމު ވެސް ހޯދީ އައިލިޝް އަކީ ލަވަކިޔުންތެރިއެއްގެ ގޮތުގައި ވަރަށް ކާމިޔާބު، ހުނަރުވެރި ފަންނާނެކެވެ. ލޮސް އެންޖެލިސް އަށް އުފަން ލަވަކިޔުންތެރިޔާ މިހާތަނަށް ހަތް ގްރެމީ އެވޯޑްގެ އިރުތުން އެތައް އެވޯޑެއް ހޯދާފައިވެ އެވެ. އޭނާ މިހާތަނަށް ދެ އަލްބަމް ނެރެފައިވެ އެވެ. އެއީ މި އަހަރުގެ ކުރީކޮޅު ނެރުނު "ހެޕީ ދޭން އެވާ" އާއި 2019 ގެ "ވެން ވީ އޯލް ފޯލް އެސުލީޕް، ވެއާ ޑޫ ވީ ގޯ؟" އެވެ.

"އައިލިޝް" ގެ ނަމުގައި ސެންޓް ނެރޭ އިރު މިދިޔަ މަހު އޭނާ އާއި އެއާ ޖޯޑަން ގުޅިގެން ސްނީކާޒް ވެސް ނެރެފައިވެ އެވެ.