ފޭސްބުކްގެ މޮބައިލް އެޕަށް ގެންނަން ތައްޔާރުވަމުން އަންނަ "ނިއުސް ޓެބް" އަށް މަސައްކަތްކުރާނެ ނޫސްވެރިންތަކެއް ހޯދަން ނިންމައިފި އެވެ.
22 އޯގަސްޓް 2019
ފޭސްބުކްގެ މޮބައިލް އެޕަށް ގެންނަން ތައްޔާރުވަމުން އަންނަ "ނިއުސް ޓެބް" އަށް މަސައްކަތްކުރާނެ ނޫސްވެރިންތަކެއް ހޯދަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން މާކް ޒުކަބާގްގެ ފޭސްބުކްގެ ނިއުސް ޕާޓްނާޝިޕްސްގެ ހެޑް ކޭމްޕްބެލް ބްރައުން ނިއު ޔޯކް ޓައިމް އަށް ވިދާޅުވީ މީގެ ބޭނުމަކީ ފެސްބުކް ބޭނުންކުރާ މީހުންގެ ފީޑަށް ދޫކޮށްލާ ޚަބަރުތަކުގެ ސައްހަކަން ކަށަވަރުވުމާ އެކު، އޭގެ ކޮލިޓީ ވެސް ހިފަހެއްޓުން ކަމަށެވެ. އެގޮތުން ފޭސްބުކުން އެ މަސައްކަތަށް 10 ވަރަކަށް ނޫސްވެރިންގެ ޓީމެއް ނަގަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"އެ މީހުންގެ މަސައްކަތަކަށް ވާނީ ފޭސްބުކް ބޭނުންކުރާ މީހުންނަށް މުހިއްމު އަދި ދުވަހުން ދުވަހަށް ބޭނުންވާ ޚަބަރުތައް ދޫކޮށްލާ އިރު، އޭގެ ސައްހަކަން ކަށަވަރުކޮށް އެޑިޓަރުންގެ ޒިންމާ އަދާކުރުން،" ބްރައުން ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ފޭސްބުކުން ވަނީ އުޖޫރަ ދޭ ގޮތަށް ނޫސްވެރިންގެ ބޭނުން ހިފައިފަ އެވެ. އެއީ ތެދު ނޫން މައުލޫމާތުތައް ފެތުރިޔަ ނުދިނުމުގެ ބޭނުމުގަ އެވެ. މާޒީގައި މިފަދަ މައްސަލަތަކާ ގުޅިގެން ފޭސްބުކަށް އެކި ކަހަލަ ފިއްތުންތަކާއި އުނދަގޫތައް ތަޖުރިބާ ކުރަން ޖެހިފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު ފޭސްބުކްގެ ޓްރެންޑިން ޓޮޕިކްސް ސެކްޝަން ވެސް ހުއްޓުމަކަށް ގެންނަން ޖެހުނެވެ.
ފޭސްބުކަށް ތައާރަފުކުރާ ނިއުސް ޓެބް ފީޗާ ޓެސްޓް ކުރަން ފަށަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
މާބޮޑަށް ސެންސަރުވާތީ ފޭސްބުކްގެ ފެކްޓް ޗެކް ހުއްޓާލަނީ
ދުވާލަކު ދެ ބިލިއަން މީހުން ފޭސްބުކް ބޭނުންކުރޭ
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
އިންސްޓަގްރާމްގެ ޗީފް ކޮންގްރެސް އަށް ހާޒިރުކުރަނީ
އިންސްޓަގެ "ޓޭކް އަ ބްރޭކް" ފީޗާ އަންނަ މަހު
"މެޓަ" ގެ ނަމުގެ މައްސަލަ ބޮޑުވެދާނެ
އެފްބީ އަކީ މުޖުތަމައުގެ ހަލާކު: ސްނެޕްޗެޓްގެ ސީއީއޯ
މައުލޫމާތު ނުދީގެން އެފްބީ 70 މިލިއަނުން ޖޫރިމަނާ
އާ ނަމަކާ އެކު ފޭސްބުކް ރީބޭންޑްކުރަނީ؟
ވާޗުއަލް ދުނިޔެއަކަށް އެފްބީން މަސައްކަތް ކުރަނީ