Roadha Mihaaru
ޓްރަމްޕާ ބައްދަލުކުރާނީ ދަތިކުރުން ހުއްޓާލުމުން: ރޫހާނީ

ޓްރަމްޕާ ބައްދަލުކުރާނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން: ރޫހާނީ

28 އޯގަސްޓް 2019

ތެހެރާން (އޮގަސްޓް 28) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރުމުގެ ކުރިން އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅަކީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (އޮގަސްޓް 28) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރުމުގެ ކުރިން އަޅަން ޖެހޭ ފުރަތަމަ ފިޔަވަޅަކީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

"އެ ފިޔަވަޅަށް ފަހު ނޫނީ މި ތަޅެއް ނުހުޅުވޭނެ،" ރޫހާނީ ވިދާޅުވި އެވެ.

ރޫހާނީ މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ރަނގަޅު ވަގުތުގައި އީރާނުގެ ރައީސްއާ ބައްދަލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.

ތެހެރާނުގައި ބޭއްވި އިވެންޓެއްގައި ރޫހާނީ ވިދާޅުވީ މަޝްވަރާ އަށް އޭނާ އަބަދުވެސް އިސްކަން ދެއްވާ ކަމަށެވެ. ނަމަވެސް މަޝްވަރާ ފެށުމުގެ ކުރިން އެމެރިކާ އިން ޖެހޭނީ ގާނޫނާ ޚިލާފަށް، ބޭއިންސާފުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ކަމަށް ރޫހާނީ ވިދާޅުވި އެވެ.

"ދަތިކުރުމުގެ ފިޔަވަޅުތައް އުވާނުލައި އަދި އެމެރިކާ އިން އިޚްތިޔާރުކޮށްފައިވާ ނުބައި މަގު ދޫކޮށްނުލާހާ ހިނދު އެއްވެސް ކުރިއެރުމެއް ލިބޭނެ ކަމަށް އީރާނުން ގަބޫލެއް ނުކުރަން،" ރޫހާނީ ވިދާޅުވި އެވެ.

ގައުމީ ޓީވީ މެދުވެރިކޮށް ރޫހާނީ ވިދާޅުވީ ޓްރަމްޕުގެ ހަމައެކަނި ކަންބޮޑުވުމަކީ އީރާނުގެ ނިއުކްލިއާ ހަތިޔާރު ކަމަށްވާ ނަމަ "ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް" ނެތް ކަމަށެވެ.

ނިއު ޔޯކުގައި ސެޕްޓެމްބަރު މަހު ފަށާ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ރޫހާނީ އާއި ޓްރަމްޕް ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. ދެ ބޭފުޅުން ބައްދަލު ކުރައްވައިފި ނަމަ ވާނީ ތެހެރާނުގައި ހުންނަ އެމެރިކާ އެމްބަސީގައި 1979-1981 އަށް ހިންގި ޑިޕްލޮމެޓުން ރަހީނު ކުރުމުގެ ހާދިސާ އަށް ފަހު އެ ދެ ގައުމުގެ ވެރިން ބައްދަލު ކުރާ ފުރަތަމަ ފަހަރަށެވެ.