Roadha Mihaaru
އެމެރިކާއިން އެޅި ފިޔަވަޅުތަކުން އަރައިގަނެވޭނެ: ރޫހާނީ

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން އަރައިގަނެވޭނެ: ރޫހާނީ

06 ނޮވެމްބަރ 2018

ތެހެރާން (ނޮވެމްބަރު 6) - އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން އަރައިގަނެވޭނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތެހެރާން (ނޮވެމްބަރު 6) - އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުން އަރައިގަނެވޭނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އީރާނަށް ދިން ހުރިހާ ލުޔެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުވާލައިފަ އެވެ. ޓްރަމްޕް ވަނީ ނިއުކްލިއާ އެއްބަސްވުމުން މިދިޔަ މެއި މަހު ވަކިވެފަ އެވެ. އަދި އިއްޔެ އިން ފެށިގެން ވަނީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

އީރާނާ ދެކޮޅަށް ވަނީ ތެލުގެ އެކްސްޕޯޓާއި ޝިޕިން އަދި ބޭންކިން ދާއިރާ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވީ 20 ގައުމަކުން މިހާރު ވެސް ވަނީ އީރާނުން ތެޔޮ ގަތުން ހުއްޓާލާފައި ކަމަށެވެ.

އެމެރިކާ އަށް ރައްދު ދެއްވައި ރޫހާނީ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން ސަލާމަތް ވާނެ ކަމަށެވެ.

"އީރާނުން ފަޚުރުވެރިކަމާ އެކު އެމެރިކާގެ ފިޔަވަޅުތަކުން ސަލާމަތްވާނެ،" އިގްތިސާދީ އޮފިޝަލުންނާ އެކު ރޫހާނީ ބޭއްވި ބައްދަލުވުމުގައި ވިދާޅުވި އެވެ.

ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކުރި ޔޫރަޕުގެ ގައުމުތަކުން ބުނެފައި ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް ބައިޕާސްކޮށް އީރާނާ އެކު ވިޔަފާރި ކުރާނެ ކަމަށެވެ.