ފަސިންޖަރުން ލައިފްޖެކެޓު އެޅުވުމަކީ އެ އުޅަނދެއްގެ ކެޕްޓަންގެ ޒިންމާއެއް ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން މިރޭ ބުނެފި އެވެ.
29 އޯގަސްޓް 2019
ފަސިންޖަރުން ލައިފްޖެކެޓު އެޅުވުމަކީ އެ އުޅަނދެއްގެ ކެޕްޓަންގެ ޒިންމާއެއް ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން މިރޭ ބުނެފި އެވެ.
ހދ. ނޮޅިވަރަންފަރުން ހަނިމާދު އަށް ދަނިކޮށް ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހަކު މަރުވި ހާދިސާ އަށް ފަހު ޓްރާންސްޕޯޓުން ނެރުނު އިއުލާނުގައި ވަނީ، މޫސުން ގޯސް ދުވަސްވަރު ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރަށް ފަށާއިރު ސަމާލުކަން ދޭންވީ ކަންތައްތައް ފާހަގަކޮށް އެ ކަންކަން ބެލުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
- ފަސިންޖަރުންނަށް ލައިފްޖެކެޓު އަޅާނެގޮތް ބުނެދީ އެ އެޅުވުން
- ސަލާމަތީ ކަންކަން އުޅަނދުގައި ފުރިހަމަވެފައި ހުރިކަން ޔަގީންކުރުން
- ދަތުރަށް ބޭނުންވާ ވަރަށް ތެލާއި ހަކަތަ އަދި ފެން ހުރިކަން ކަށަވަރުކުރުން
- ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ އިންތިޒާމް ހަމަޖައްސާފައި ހުރިތޯ ބެލުން
- މޫސުމާބެހޭ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށްފަހު ދަތުރު ފެށުން
މިއަދު ހަނިމާދޫ ކައިރި އަށް ލޯންޗު ބަންޑުން ޖަހާލީ، ހަނިމާދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ކަނޑިންމަ އަށް ވަންނަން އުޅުމުގެ ތެރޭގަ އެވެ. އާންމުގޮތެއްގައި ހުޅަނގު މޫސުމުގައި އެ ކަނޑިންމަ ގަދަކަމުން އެތަނުން ވަދެ ނޫޅޭ ކަމަށްވެ އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އެ ލޯންޗުގައި ދަތުރުކުރި އެއްވެސް މީހަކު ލައިފްޖެކެޓެއް ނާޅަ އެވެ. އަދި އެ މީހުން ދަތުރުކޮށްފައިވަނީ މޫސުން ގޯސް ވަގުތެއްގައިކަން ވެސް ފާހަގަކުރި އެވެ.
ލޯންޗުގައި އެ ވަގުތު 10 މީހުން ތިއްބެވެ. ސަލާމަތްވި މީހުންނަށް ހަނިމާދޫ ސިއްހީ މަރުކަޒުން ފަރުވާ ދެމުން އަންނައިރު އެ އެންމެންގެ ހާލު ވެސް މިހާރު ރަނގަޅެވެ.
ލައިފް ޖެކެޓް ލާޒިމްކުރަން ލަފާ ދިންތާ ދެ އަހަރު!
ބަޔަކަށް ރޭކާލީ ވެސް ދަތުރުވެރިޔަކު ކުރި ކޯލަކުން!
ލޯންޗު ކައިރިއަށް ދިޔަ ސިފައިންގެ ޑިންގީ ވެސް ބަންޑުން
ކޮޅިގަނޑެއް، މަދު ސިކުންތުކޮޅެއް، ލޯންޗު ބަންޑުން!
އަނެއްކާވެސް ލައިފް ޖެކެޓް މަޖުބޫރުކުރުމުގެ ބަހުސް
ކަނޑު ގަދަޔަސް ލައިފްޖެކެޓް މަތިން ހަނދާން ނުހުރޭ!
ލައިފްޖެކެޓް މަޖުބޫރުވާ ގަވައިދު ގެޒެޓުކުރަން ފޮނުވައިފި
ލައިފްޖެކެޓް ނުހުންނަ އުޅަނދުގެ ސެޓްފިކެޓް ބާތިލްކުރަނީ
ހިތާމަވެރި ލޯންޗު ހާދިސާގެ ހަނދާނެއް، މޫދު އަޑިން
އެމްއެންޑީއެފްގެ ޑިންގީއަށް އަސްލު ވީ ކިހިނެއް؟