30 އޯގަސްޓް 2019
ސިޔަސީ ވުމަކީ "މާސަޅިކަމެއް" ކަމަށް ވިދާޅުވެ، ޒުވާނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ސިޔަސީ ވުމަކީ "މާސަޅިކަމެއް" ކަމަށް ވިދާޅުވެ، ޒުވާނުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރި ވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ހުޅުމާލޭ ހިރިޔާ ސްކޫލްގައި މާދަމާ ފަށާ އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް އަށް ތައްޔާރުވުމުގެ ގޮތުން މިއަދު ފެށި ވޯކްޝޮޕްގައި އެމްޑީޕީގެ މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ގިނަ ޒުވާނުން އުޅެނީ ސިޔާސީ ނުވާން ކަމަށެވެ. އެކަމަކު އެއީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެ، ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޒުވާނުންނަށް އެމަނިކުފާނު ނަސޭހަތް ދެއްވީ ދޫނުކޮށް އެއް ކަމެއްގައި ދެމިތިބުމަށެވެ. ސިޔާސީ ޕާޓީތައް މީހުން ހަދަނީ ސިޔާސީ ޕާޓީއެއް ނެތި އެއްވެސް ކަމެއް ވާން ނެތީމާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ވަރަށް ދެރަވާ މައްސަލައެއް އެއީ ބައެއް ޒުވާނުން ސިޔާސީ ނުވާން އުޅޭތީ. ދެން މިއަށްވުރެ ސަޅިކަމެއް ނެތް އަސްލު ވާކަށް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިޔާސީ ޕާޓީއެއް އުފައްދަވަން ކުރައްވާ މަސައްކަތްޕުޅާ ގުޅުވައިގެން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެސުވާލުގައި މައުމޫނުގެ ނަންފުޅު މީކާއީލް ސީދާ ވިދާޅެއް ނުވެ އެވެ. އެހެން ނަމަވެސް ވިދާޅުވީ "ޑިކްޓޭޓާޝިޕެއް ދަމަހައްޓަން މަސައްކަތް ކުރި ބަޔަކު" ކަމަށެވެ. އެފަދަ ބަޔަކު ޕާޓީއެއް ހަދައި، އެޕާޓީ އަތުން ދޫވުމުން އަނެއްކާވެސް ޕާޓީއެއް ހަދަން މަސައްކަތް ކުރާ ނަމަ ޑިމޮކްރަސީގައި އެމީހުންގެ ދައުރާ ގުޅޭ ގޮތުން ނަޝީދު ދެކެވަޑައިގަންނަވާ ގޮތާ ބެހޭ ގޮތުން މީކާއީލް ސުވާލު ކުރެއްވި އެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ވީހާވެސް ގިނަ މީހުންގެ ބައިވެރިވުން އޮތުމަކީ ޑިމޮކްރަސީގައި މުހިއްމު ކަމެއް ކަމަށާއި އެފަދަ ބަޔަކު ޕާޓީ ހަދާ ނަމަ ޕާޓީ އެހަދަނީ އެހެން ގޮތެއް ނެތީމާ ކަމަށެވެ. އަދި އެގޮތުން ބައިވެރިވާ އެންމެނަންކީ އެންމެ ޑިމޮކްރެޓިކް މީހުންނަށް ނުވެދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މީހުންނަށް އެމީހުން ކުރިން އުޅުންގޮތް ދޫކޮށް ބަދަލުވެވިދާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ނަޝީދު މިސާލަކަށް ނެންގެވީ ދުނިޔޭގެ ބައެއް ގައުމުތަކެވެ. އެގޮތުން ޖަރުމަނުގައި އޮތް ނާޒީންގެ ވެރިކަން ބަދަލުވެ، ޖަރުމަނުގެ މިހާރުގެ ދައުލަތް އުފެދުނު ގޮތާއި ޖަޕާނަކީ ވެސް އެފަދަ މިސާލެއް ކަމަށް ވިދާޅުވި އެވެ
"އަޅުގަނޑު ދަންނަން ބައެއް މީހުން އާ ހަގީގަތުގެ މައްޗަށް އެމީހާ އަލުން ނުކުމެ ތިބޭ މީހުން،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ މުސްތަގުބަލާ މެދު ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެޕާޓީ ބައިބައިވާ ފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި އެ ޕާޓީއާ ވަކިވަޑައިވެސް ނުގަންނަވާނެ ކަމަށެވެ.
މާދަމާ ފަށާ އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި ބައިވެރިވާނީ އެޕާޓީން ބުނިގޮތުގައި، ހަ ކެޓަގަރީއަކުން ޝަރުތުހަމަވާ މީހުންނެވެ. އެއީ އެމްޑީޕީ ޓިކެޓްގައި މަޖިލިސް އިންތިހާބު ކާމިޔާބުކުރި ހަތް މެމްބަރުންނާއި އެ ޕާޓީގެ ސްލޮޓްގައި މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އެކަކާއި ޕާޓީ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރި 147 މެމްބަރުންނާއި އެ ޕާޓީގެ ގައުމީ މަޖިލިހުގެ 10 މެމްބަރަކާއި ޒުވާނުންގެ ގޮފީގެ 86 މެންބަރަކާއި އެ ގޮފި ހިންގާ ކައުންސިލްގެ 11 މެންބަރުން ކަމަށެވެ. މި އެންމެންނާ އެކު ބައިވެރިންގެ އަދަދު 403 އަށް އަރަ އެވެ.
އެމްޑީޕީގެ ޒުވާނުންގެ ގޮފި "ޒުވާނުންގެ ހިތްވަރު" ކުރިއަށް ގެންދާނެ ގޮތެއް މި ކޮންގްރެސްގައި ކަނޑައަޅާނެ އެވެ.
އެމްޑީޕީގެ އިސްތިއުނާފު މަޖިލިސް، ރައީސްގެ ފެކްޝަނަށް
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފި
އެމްޑީޕީ ހަރުގެ އަތުލުން ހުއްޓުވުމުގެ އަމުރެއް ނުދިން
އިންތިހާބުގެ ކުރިން ދަ ޑިމޮކްރެޓްސް އުފައްދާނެ:އަފްޝަން
ނަޝީދުގެ އާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން
ރައީސަކަށް ހުންނަވައި ނަޝީދު އަމަލުކުރި ގޮތް ބަލަނީ
މެމްބަރުން ވަކިކުރަން އުޅެނީ މުޅިން ގޯސްކޮށް: ނަޝީދު
ވަތްކެއް ނުކުރެވޭނެ، އެމްޑީޕީ އަނބުރާ ހޯދާނަން:ނަޝީދު