02 ސެޕްޓެމްބަރ 2019
ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އިއްޔެ ހާމަކުރި މައުލޫމާތުތަކާ އެކު، އާންމުންގެ އިތުބާރު ހޯދަން ގިނަ ކަންކަން ކުރަންޖެހޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ވިދާޅުވެއްޖެ އެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އިއްޔެ ހާމަކުރި މައުލޫމާތުތަކާ އެކު، އާންމުންގެ އިތުބާރު ހޯދަން ގިނަ ކަންކަން ކުރަންޖެހޭ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ވިދާޅުވެއްޖެ އެވެ.
ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދުގެ މައްސަލަައާ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެފަދަ މައްސަލަތައް ތަހުގީގުކުރަން އުފައްދާފައިވާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ، ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވާ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ލިބިފައިވާ ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިކަން އަދި ކަށަވަރުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ ރިލްވާން އެރުވި އުޅަނދުގެ ވެރިފަރާތް ވެސް ހޯދިފައިވާ ކަމަށެވެ.
ސުއޫދުގެ ވާހަކައިގައި ވަނީ ފުލުހުން މިހާތަނަށް ކޮށްފައިވާ ބައެއް ތަހުގީގުތަކާ ގުޅުން ހުރި އަދި ފުލުހުން ޖަވާބުދާރީވާން ޖެހޭ ފަދަ ގިނަ ވާހަކަތަކެއް ހާމަކުރައްވައިފަ އެވެ. އޭގެ ތެރޭގައި ފުލުހުން މިހާތަނަށް ހާމަނުކުރާ ބައެއް ބޮޑެތި މައްސަލަތަކުގެ ވާހަކަތައް ވެސް ހިމެނެ އެވެ.
ރިލްވާން ވަގަށް ނެގިތާ މިދިޔަ އޮގަސްޓް 8 ވަނަ ދުވަހު ފަސް އަހަރު ވިއިރު، އިއްޔެއާ ހަމައަށް އޭނާއަށް ވީ ގޮތެއް އަދި އެ މައްސަލައިގެ ތަފްސީލެއް ނުލިބެ އެވެ. ފުލުހުން ވެސް މީގެ ކުރިން ބުނެފައިވަނީ ރިލްވާނު ވަގަށް ނަގައިގެން ރަތް ކާރަކަށް އަރުވައިގެން ގެންދިޔަ ކަމެވެ. އެކަމަކު ފަހުން ވީ ގޮތެއް ނޭނގެ އެވެ. އެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އޭރު އިހުމާލުވެފައިވާކަމުގެ ތުހުމަތު އާއިލާއިން ކުރި އެވެ.
Returning home after a series of productive meetings with our partners in policing and counter terrorism landscape of the UK. MPS will be issuing an official statement soon with respect to the revelations made by the Presidential Commission. A lot to do to win public confidence!
— Mohamed Hameed (@M_Hameedh) September 1, 2019
އިނގިރޭސި ވިލާތުގެ ފުލުހުންނާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކާ އެކު، އެ ގައުމުގައި ބޭއްވެވި ބައްދަލުވުންތަކަށް ފަހު، ސީޕީ ހަ،ީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ކޮމިޝަނުން ހާމަކުރި މައުލޫމާތުތަކާ ގުޅިގެން ބަޔާނެއް ނެރޭނެ ކަމަށެވެ. އަދި އާއްމުންގެ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ރިލްވާނަށް ނުރައްކަލެއް އޮތް ކަމަށް ބުނެ އެޕްރީލް 24، 2014 އިން ޖޫން 22، 2014 އަށް ފުލުހުންގެ އިންޓެލިޖެންސުން އޭނާ އަށް ފާރަލި އެވެ. ނަމަވެސް އެ ވާހަކަތަކުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށް ސުއޫދު ވިދާޅުވި އެވެ.
ރިލްވާންގެ މައްސަލަ އަނބުރާލުމަށް ރައީސަކަށް އޭރު ހުންނެވި އަބްދުﷲ ޔާމީން މަސައްކަތްކުރެއްވި ކަމުގެ ހެކި ލިބިފައިވާ ކަމަށާއި ފަންޑިތަ ހަދާ މީހަކު ބޭނުންކޮށްގެން ފާލު ބަލައި އެ މައްސަލައިގެ ފޯކަސް އަނބުރާލަން މަސައްކަތްކުރި ކަމަށް ވިދާޅުވި އެވެ. އެގޮތުން ވާރޭގެ ތެރޭގައި، މާފަންނު ގެއަކުން ވިލިނގިއްޔަށް ފުލުހުން ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.
ރިލްވާން ގެއްލުނު ފަހުން އިންޓެލްގައި މަސައްކަތްކުރި ދެ މީހަކު، ކޮންޓްރޯލާ އޮފް އިމިގްރޭޝަނަކަށް އޭރު ހުންނެވި ހަސަން އަލީ ކައިރިއަށް ގޮސް ރިލްވާންގެ ޕާސްޕޯޓު ކޮޕީއެއް ހޯދަން ބޭނުންވާ ކަމަށާއި އެކަން ކުރަން ބޭނުންވަނީ ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށާއި އަދި ރިލްވާނާ ގުޅޭގޮތުން ދައްކަމުންދިޔަ ވާހަކަތައް ހުއްޓުމަށް ކަމަށް ސުއޫދު ވިދާޅުވި އެވެ.
ދެފުލުހުންނަށް ފިޔަވަޅުއެޅީ ރިލްވާންގެ މައްސަލައަކު ނޫން
ރިޔާސީ ކޮމިޝަން މާދަމާ 241 ކޮޮމިޓީ އަށް
ކޯޓު އަމުުރަށް އެދެން ޖެހޭނީ ކޮމިޝަނުން:ސީޕީ
ފުލުހުން ގަސްދުގައި އަޅާނުލީތަ؟
ރިޕޯޓު އާންމުކުރުމުން ލިބުނު ފައިދާ ގިނަ: ސުއޫދު
"ރިލްވާންގެ ބޯ ބުރިކޮށްލައި ވަނީ ކަނޑުފައްތާފައި"
ކޮމިޝަންގެ ތަހުގީގާއެކު 14 މީހަކު ފުރުން މަނާކޮށްފި
އިއްޔެއާ ހަމައަށް ވެސް އުންމީދަކީ ރިލްވާނާ ބައްދަލުވުން
ރިލްވާނަށް ވީގޮތް ހޯދޭނެ ކަމުގެ އިތުބާރު އެބައޮތް
ރިލްވާން ގެއްލުވާލުން: ވަޅިން މުހިއްމު ހެކި ލިބިއްޖެ