Roadha Mihaaru
ރިލްވާން ގެއްލުވާލުން: ވަޅިން މުހިއްމު ހެކި ލިބިއްޖެ

ރިލްވާން މައްސަލައިގައި ވަޅީގެ ތަހުލީލުތަކުން މުހިއްމު ހެކި ލިބިއްޖެ: ކޮމިޝަން

09 ފެބުރުއަރީ 2021

ވަގަށް ނަގައި މަރާލި ކަމަށް ބެލެވޭ ނޫސްވެރިޔާ އަހްމަދު ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ވަޅިއަކީ މުހިއްމު ހެއްކަކަށް ވެފައިވާ ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވަގަށް ނަގައި މަރާލި ކަމަށް ބެލެވޭ ނޫސްވެރިޔާ އަހްމަދު ރިލްވާން ހުޅުމާލޭގައި ދިރިއުޅުނު އެޕާޓްމެންޓް ކައިރިން މީހަކު ގަދަކަމުން ކާރަށް އެރުވުމުގެ ތެރޭގައި ވެއްޓުނު ވަޅިއަކީ މުހިއްމު ހެއްކަކަށް ވެފައިވާ ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ އެ ވަޅީގެ ފޮރެންސިކް ތަހުލީލުތަކެއް ފުލުހުން ކުރިން ހެދި ކަމަށެވެ. އެކަމަކު ތަހުގީގު ކުރުމަށް އައިސްފައިވާ ޒަމާނީ ކުރިއެރުންތަކަށް ބިނާކޮށް ވަޅީގެ ފޮރެންސިކް ތަހުލީލްތަކެއް ހެދުމަށް ބޭރަށް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެ ތަހުގީގުތަކުގެ އަލީގައި ވަޅިއަކީ ކޮމިޝަނުން ތަހުގީގުކުރާ ރިލްވާންގެ މައްސަލައިގައި މުހިއްމު ހެއްކަކަށް ވަނީ ވެފައި،" މިސްބާހު ވިދާޅުވި އެވެ.

ރިލްވާނަށް ބިރުދައްކައި ގަދަކަމުން ކާރަށް އެރުވުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ތަހުލީލަށް ބޭރަށް ފޮނުވުމާ ހަމައަށް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެ ވަޅި ބޭރަށް ގެންދިޔައީ ބޭރުގެ މާހިރަކު ރާއްޖެ އައިސް ރިލްވާންގެ މައްސަލައިގެ ތަހުގީގުގައި ކޮމިޝަނާ އެކު މަސައްކަތްތަކެއް ކުރި ފަހުންނެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި އޮންނަތާ ހަތް އަހަރުވީ ވަޅިން ލިބުނު އިިތުރު ފޮރެންސިކް ހެއްކަކީ ކޮބައިތޯ "މިހާރު"ން ސުވާލުކުރުމުން މިސްބާހު ވިދާޅުވީ ތަހުގީގު އަދިވެސް ކުރިއަށްދާތީ މި ވަގުތު އެ މައުލޫމާތު އާއްމުކުރެވެން ނެތް ކަމަށެވެ.

މަރު ކޮމިޝަންގެ މެމްބަރު މިސްބާހު: އޭނާ ވިދާޅުވަނީ ރިލްވާން މައްސަލައިގައި އިންސާފަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް.

މަރު ކޮމިޝަންގެ މެމްބަރު މިސްބާހު: އޭނާ ވިދާޅުވަނީ ރިލްވާން މައްސަލައިގައި އިންސާފަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް.

އެ ވަޅިއާ ގުޅޭ ނުވަތަ ގަދަކަމުން ކާރަށް އަރުވައިގެން ރިލްވާން ގެންދިއުމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހިއްސާކޮށްދޭން ކޮމިޝަނުން މިއަދު ވެސް އެދުނެވެ. ކޮމިޝަނުން ވަނީ އެ ވަޅިއާ ގުޅޭ ގޮތުން ޝަރީއަތަށް ސާބިތުކުރެވޭ ފަދަ ސައްހަ މައުލޫމާތެއް ފޯރުކޮށްދޭ މީހަކަށް 500،000ރ.ގެ އިނާމެއް ހުށަހަޅައިފަ އެވެ.

މި މައުލޫމާތު ހިއްސާކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ކަމުގެ ޔަގީންކަން ވެސް ދިނެވެ.

އޭނާ ވިދާޅުވި ގޮތުގައި ނޮވެމްބަރު، 2018ގައި އުފެއްދި ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދެނީ ރިލްވާން ގެއްލުވާލުމުގެ ހުރިހާ މަރުހަލާއެއްގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. މި މައްސަލައިގެ ތަހުގީގަށް ގެތަކެއް ބަލައި ފާސްކޮށް، ބައެއްގެ ޕާސްޕޯޓް ހިފެހެއްޓި އެވެ.

މި މައްސަލައިގައި ޕާސްޕޯޓް ހިފަހައްޓާފައިވާ މީހުންގެ އަދަދުގެ ތަފްސީލް ނުދެއްވައި މިސްބާހު ވިދާޅުވީ ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކުގައި 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ.

ހުޅުމާލެ އިން ރިލްވާން ވަގަށް ނަގައި ފޮރުވި މައްސަލައިގައި ބަޔަކު ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލި އެވެ. އެއީ، ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. މި ތިން މީހުންގެ ތެރެއިން އާލިފް އާއި މުހައްމަދު ނޫރައްދީން ވަނީ މި މައްސަލާގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލައިފަ އެވެ. ސުއައިދު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ގޮސް ސީރިއާގެ ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަކު އޭނާ މަރުވެފައިވާ ކަމަށް އާއިލާ އިން ވަނީ ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.

ރިލްވާން ގެއްލުވާލުމުގެ ތުހުމަތުކުރާ އާލިފް ރައޫފަކީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރި އަޒްލިފް ރައޫފްގެ ކޮއްކޮ އެވެ. އޮގަސްޓު 8، 2014 ގައި ރިލުވާން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ އާލިފަކީ ރިލުވާން ހިފަހައްޓައި ގަދަކަމުން އެރުވި ރަތް ކާރުގެ ވެރިޔާ އެވެ.

ސުއައިދަކީ ރިލްވާން ވަގަށް ނެގުމަށް އޭނާ އަށް ފާރަލުމުގައި އިސްކޮށް ހުރި މީހާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. މިދިޔަ އަހަރު ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތަށް ސުއައިދު ހައްޔަރުކޮށްފައި ހުއްޓާ ކޯޓުން އޭނާ ދޫކޮށްލީ އެވެ. އަދި އޭގެ ފަހުން ސުއައިދު ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިލްވާން ވަގަށް ނެގި ރޭ ހުޅުމާލޭގައި، އާލިފްގެ ކާރު އޮތް ސަރަހައްދުން ތިން ފަހަރަކު މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ފުލުހުންނަށް ކިޔައިދީފައިވެ އެވެ. އޭރު އެ ކާރުގެ ވާތް ފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން މީހަކު އަތް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދިނެވެ. މީގެ އިތުރުން، އެ ކާރުގެ ތެރެއިން ފެނުނު ޑީއެންއޭ ސާމްޕަލާއި ރިލުވާންގެ މަންމަގެ ޑީއެންއޭއާ އެއްގޮތްކަން ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.

ރިޔާސީ ކޮޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ރިލްވާން ވަގަށް ނެގުމަށް ފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އޭނާ މަރާލައިފަ އެވެ. އެކަމަކު އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކަށް ދައުވާއެއް ނުކުރެ އެވެ.