މާލޭގައި އެތައް ޓަނެއްގެ ނަޖިސް، ކޮންމެ ދުވަހަކު އުފެދޭ ކަމަށާއި، ނަޖިސް ނައްތާލަން ހެދޭނެ އިތުރު ގޮތެއް ބަލަމުން އަންނަ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
05 ސެޕްޓެމްބަރ 2019
މާލޭގައި އެތައް ޓަނެއްގެ ނަޖިސް، ކޮންމެ ދުވަހަކު އުފެދޭ ކަމަށާއި، ނަޖިސް ނައްތާލަން ހެދޭނެ އިތުރު ގޮތެއް ބަލަމުން އަންނަ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ކ. ތުލުސްދޫ އާއި ކ. ހިންމަފުށީގެ ނަރުދަމާގެ ނިޒާމު ނިންމުމަށް ފަހު، އޮޕަރޭޓްކުރަން ނުފެށި ލަސްވާތީ އެ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ކުރެއްވި ސުވާލަކާ ގުޅިގެން ޑރ. ހުސެއިން ވިދާޅުވީ މާލޭގެ ނަރުދަމާ ފުރަތަމަ ފަރުމާކުރި އިރު، އެކަން ކުރެވިފައި އޮތީ މާލޭގައި މިހާރު ދިރިއުޅޭ މީހުންނަށް އަމާޒުކޮށްގެން ނޫން ކަމަށާއި މާލޭގައި އެއަށް ވުރެ މާ ގިނަ މީހުން އެބަ އުޅޭ ކަމަށެވެ.
ޑރ. ހުސެއިންގެ ޖަވާބު އެގޮތަށް އައީ، މާލޭގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވާ މައްސަލަ ހައްލު ކުރަން ކުރާ މަސައްކަތެއް އޮޅުންފިލުއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލެއްގެ ޖަވާބުގަ އެވެ.
"އެހެންކަމުން މާލޭގައި ގާއިމުކޮށްފައިވާ ހޮޅީގެ ނިޒާމު ފަރުމާކޮށްފައި އޮތް ގޮތުން މާލެ އަށް ބޭނުންވާ ގޮތަށް އެކަން ކޮށެއް ނުދެވޭ. މައްސަލަ ޖެހުނީމަ، އެމްޑަބްލިއުއެސްސީ އިން ކުރާ ކަމަކީ އަނެއްކާ މައްސަލަ ޖެހޭ ދިމާ، ބްލޮކްވާ ވުން ހުއްޓުވަން އިތުރު ހޮޅި އަޅަނީ،" ޑރ. ހުސެއިން ވިދާޅުވި އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނި. --- ފޮޓޯ: މަޖިލިސް
މާލޭގެ ނަރުދަމާ ނިޒާމު ގާއިމުކޮށްފައި ވަނީ 1980ގެ އަހަރުތަކުގެ ތެރޭގައި އޭރު އޮތް 70،000 ނުވަތަ 80،000 މީހުންގެ އާބާދީ އަށް ބިނާކޮށެވެ. އެކަމަކު މާލޭގެ އާބާދީ 200،000 އަށް ވުރެ މައްޗަށް އެރި އިރު، މުޅި ނިޒާމަށް ބާރު ބޮޑުވެ، ޖަންކްޝަންތަކުން ނަޖިސް ލީކުވުމުގެ މައްސަލަ ދަނީ ދިމާވަމުންނެވެ. އެކަމަކު، އެ މައްސަަލަ އަށް ދާއިމީ ހައްލެެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
ޑރ. ހުސެއިން ވިދާޅުވި ގޮތުގައި މާލޭގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވާ މައްސަލަ ހައްލު ކުރެވޭނީ އެމްޑަބްލިއުއެސްސީއާ ވާހަކަ ދައްކައިގެން އެ ނިޒާމު އިތުރަށް ހަރުދަނާކޮށްގެންނެވެ. އަދި އެމްޑަބްލިއުއެސްސީން މިކަމާ ވިސްނައި ފިޔަވަޅުތަކެއް އަޅަން މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ނަޖިސް ބޭރުކުރަނީ ފަރުމައްޗަށް ކަމަށެވެ. އެކަމަކު، އުކާލާ ނަޖިހަކީ އެނަރަބިކް ޑިޖެޝަން ޕްރޮސެސް ބޭނުންކޮށްފި ނަމަ، ގޭސް އުފައްދައި ފައިސާ ހޯދިދާނެ އެއްޗެއް ކަމަށް ވެސް ޑރ. ހުސެއިން ވިދާޅުވި އެވެ.
"ދާދި ފަހުން އަޅުގަނޑު ޗެކް ރިޕަބްލިކަށާއި އިޓަލީ އަށް ކުރި ދަތުރުގައި މިފަދަ ނިޒާމުތައް ހިނގާ ގޮތާއި އޭގެ ތަޖުރިބާ އަޅުގަނޑުމެން ޓެކްނިކަލް މީހުން ވަނީ ހޯދާފައި،" ފެން ކުންފުނިން ވެސް އެފަދަ ވިސްނުމެއް ގެންގުޅެމުން އަންނަ ކަމަށް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވާހަކަ ދައްކަވަނީ. ނަޖިސް ބޭނުންކޮށްގެން އިތުރު ގޮތްތަކެއް ހަދަން ޖެހޭ ކަމަށް ވިދާޅުވި. --- ފޮޓޯ: މަޖިލިސް
ޑރ. ހުސެއިން ވިދާޅުވީ އެހެން ގައުމުތަކުގައި އަމަލުކުރާ ގޮތް ނަމޫނާއަކަށް ބަލައިގެން އެފަދަ ކަންކަން ކުރުމުން، މާލެ އަށް ހައްލުތައް ލިބި ފަސޭހަވާނެ ކަމަށެވެ. އަދި މި ސަރުކާރުން ހައްލު ހޯދައިދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް ކުނި އެބަހުރިކަން ފާހަގަ ކުރައްވައި ޑރ. ހުސެއިން ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއް ރާވާފައިވާ ކަމަށެވެ. އަދި އެ ޕްރޮގްރާމް ހިންގުމަށް ރައީސް އޮފީހުން ހުއްދަ ދެއްވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ މަޝްރޫއުގެ ދަށުން ވަކިވަކި ރަށްތަކުގައި ހުރި ކުނިތައް ސާފުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނައީމަށް އިންޒާރު ދިނީ ޕީއެސް، ނުފޫޒެއް ނުފޯރުވަން"
މިވަރަށް ގިރަންޏާ ކުރެވޭނެ މާބޮޑުކަމެއް ނެތް: ނަޝީދު
އާންމު ހިދުމަތް ރެގިއުލޭޓްކުރާ އިދާރާއެއް ހަދަން ބިލެއް
އަލީ ހުސެއިން ނެތުމުން މިނިސްޓަރާ ސުވާލެއް ނުކުރެވުނު
މާލެ މީހުންނަށް މޮޅު ގޮތް ވާކަށް ނުޖެހޭ: ހުސެއިން
ފުށިދިއްގަރު ފަޅަކީ މާލެ ރައްޔިތުންގެ ހައްގެއް: ބޮންޑޭ
މާލެ ރައްޔިތުން ނިކަމެތި ކަމަށް ބުނުމުން ޒުވާބަކަށް!
ތިލަފުށިން ދުން އެރުން ހުއްޓުވަން އަމާޒު ހިފައިފި
މާލޭގެ ބައެއް މަގުތަކުގެ ގާތައް ނަގައި އަލުން ހަދަނީ
"ރާއްޖެތެރެ، މާލެ" ބަހުސްގެ ފޯރި މަޖިލިހުގައި!