އުނދަގޫވާ ގޮތަށް ހެނދުނުހެނދުނާ ހާ ގޮވާ ކަމަށް ބުނެ ފްރާންސްގައި ހާލަކާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައެއް ހާލާ އެއްކޮޅަށް ނިމި، މައްސަލަ ހުށަހެޅި މީހުން، ހާ ގެންގުޅޭ މީހާ އަށް ބަދަލުގެ ގޮތުގައި 1،000 ޔޫރޯ ދައްކަން އެ ގައުމުގެ ޓްރިބިއުނަލްއަކުން އަމުރުކޮށްފި އެވެ.
10 ސެޕްޓެމްބަރ 2019
އުނދަގޫވާ ގޮތަށް ހެނދުނުހެނދުނާ ހާ ގޮވާ ކަމަށް ބުނެ ފްރާންސްގައި ހާލަކާ ދެކޮޅަށް ކޯޓަށް ހުށަހެޅި މައްސަލައެއް ހާލާ އެއްކޮޅަށް ނިމި، މައްސަލަ ހުށަހެޅި މީހުން، ހާ ގެންގުޅޭ މީހާ އަށް ބަދަލުގެ ގޮތުގައި 1،000 ޔޫރޯ ދައްކަން އެ ގައުމުގެ ޓްރިބިއުނަލްއަކުން އަމުރުކޮށްފި އެވެ.
މި މައްސަލަ މީގެ ދެ އަހަރު ކުރިން ހުށަހެޅީ ފްރާންސްގެ ރަށެއް ކަމަށްވާ އޮލެރަންގުން ގެއެއް ގަނެގެން އެ ރަށުގައި އުޅޭ ދެމަފިރިއެކެވެ.
އެ މީހުން ހާލުގެ މައްސަލަ ހުށަހެޅީ އަވަށްޓެރިއެއް ކަމަށްވާ ކޮރިން ފެޒޯ ގެންގުޅޭ ހާލަކާ ހެދި ހެނދުނުގެ ނިދި ޚަރާބުވެ، ހާލުގެ އަޑު އާންމު އުނދަލުކަށްވެފައިވާ ކަމަށް ބުނެ އެވެ. މައްސަލާގައި ބުނެފައިވަނީ ހާލުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވާތީ ހާ އެހެން ތަނަކަށް ބަދަލުކޮށް ނުވަތަ ހާ "ހަނު ހުންނާނެ" ގޮތެއް ހަދައި ދިނުމުގެ އަމުރަކަށް ވެސް އެދިފަ އެވެ.
ނަމަވެސް މޮރިސް ނަމަކަށް ކިޔާ ހާލާ އެއްކޮޅަށް ނިންމި މައްސަލާގައި ބުނީ ހާ ގޮވުމަކީ ގުދުރަތީ ކަމަކަށް ވާތީ އެކަން ނުހުއްޓުވޭނެ ކަމަށެވެ. އަދި އެ ކަމުގެ ބޭނުން ހިފުމަކީ ހާލަށް ލިބިގެންވާ ހައްގެއް ކަމަށް ވެސް ބުންޏެވެ.
ހާ ގޮވާ މައްސަލާގައި ދައުވާކުރުމުން މި މައްސަލަ ވަރަށް ގިނަ ބައްގެ ސަމާލު ކަމަށް އައިސް ދެމަފިރިންނަށް ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.
އަދި ފެޒޯ ވަނީ އޭނާގެ ހާލުގެ ހައްގު ހިމާޔަތްކުރަން ރައްޔިތުންގެ ސަޕޯޓް ހޯދަން 2017 ގެ އޮގަސްޓް މަހުގެ ތެރޭގައި ޕެޓިޝަނެއް ވެސް ހުޅުވައިފަ އެވެ. އޭނާގެ ހާލާ ދެކޮޅަށް ހުށަހެޅި މައްސަލަ ކާމިޔާބުވި އިރު ޕެޓިޝަނުގައި މިހާތަނަށް 140،000 އާ ގާތްކުރާ އަދަދަކަށް މީހުން ސޮއިކޮށްފައިވެ އެވެ.
އުނދަގޫ ބޮޑުކަމުން ކޯޓަށް ގެންދިޔަ ހާ މަރުވެއްޖެ
ކޮތަރުތަކަށް އިންސާނުންގެ އިސްތަށީގެ ތުރާ
5 އަހަރަށް ޖަލަށްލި ސާކޯޒީ 20 ދުވަސް ފަހުން ގެޔަށް
ސުވިމިން ޕޫލެއް ކޮންނަނިކޮށް ފެނުނީ އަގުބޮޑު ރަން
އީޔޫގެ ކުރީގެ ލީޑަރަކު ފުރަތަމަ ފަހަރަށް ޖަލަށް
ހުޅުދޫ ޑަކް ޕާކުގެ ދޫނިތަކާއި މަސްތައް މަރާލައިފި
އެހީ ނުލިބި ރަނގަޅު މީޑިއާތައް ނެތިދާނެކަމުގެ އިންޒާރު
ޒުވާން ޑިފެންޑަރު ކުޅުވަން ފްރާންސާއި ސްޕޭން ވާދަކުރަނީ
ފަލަސްތީނު ބަލައިގަތުން އެންޓިސެމިޓިޒަމްއާ އެއްވަރުކޮށްފި
ޔޫކޭގެ ކެބިނެޓުން ފަލަސްތީނުގެ ދައުލަތަށް ތާއީދު!