20 ސެޕްޓެމްބަރ 2016
އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ އެ ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބަށް ނުކުންނާނީ އިދިކޮޅު ޕާޓީތައް ހިމެނޭ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އާ އެކު ކަމަށް ޕާޓީގެ ގައުމީ މަޖިލީހުން ނިންމާފައިވާތީ، އެމްޔޫއޯ އިން އެކަމަށް ޚާއްސަ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
އެމްޑީޕީން ނެރޭނެ ކެންޑިޑޭޓުންގެ އަދަދު ކަނޑައަޅާނީ ހާއްސަ ކޮމެޓީން ކަމަށާއި ކޮމެޓީން އަދަދު ކަނޑައެޅުމާ އެކު، ޕްރައިމަރީގައި ވާދަކުރަން އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.
"އެ ކޮމެޓީގެ މަސައްކަތް މިހަފުތާގެ ނިޔަލަށް ނިންމާނެ. އޭރުން އަޅުގަނޑުމެންނަށް އިނގޭނެ އެމްޑީޕީން މި އިންތިޚާބުގައި ވާދަކުރާނެ ދާއިރާތައް. އޭރުން އަންނަ ހަފުތާގެ ކޮންމެވެސް ހިސާބެއްގައި އެމްޑީޕީގެ ޕްރައިމަރީ އިއުލާން ކުރެވިގެންދާނެ،" ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިޚާބަށް ކެމްޕެއިން މެނޭޖަރަކު ވެސް މިހާރު ހަމަޖައްސާފައިވާ ކަމަށާއި އެމްޑީޕީގެ ފަރާތުން ވާދަކުރާ މީހުން އަމިއްލައަށް ވެސް ތާއީދު ހޯދަން މަސައްކަތް ފަށަންވީ ކަމަށެވެ. ކައުންސިލްތަކުގެ މިހާރު ވެސް އެންމެ ބޮޑު އަޣުލަބިއްޔަތު އޮތީ އިދިކޮޅު ފަރާތްތަކަށް ކަމަށާއި މިފަހަރުގެ އިންތިޚާބުގައި ވެސް ސިއްސައިގެންދާ ވަރުގެ ނަތީޖާއެއް ނެރޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.
ދައުލަތުން ޕާޓީތަކަށް ދޭ ފައިސާ ދިނުން ލަސްވާތީ އެކަމަށް ފާޑު ވިދާޅުވެ، ނިޔާޒް ވިދާޅުވީ އެ ފައިސާ ދިނުން އިލެކްޝަންސް ކޮމިޝަނުން ލަސްކުރަނީ އިންތިޚާބަށް ތައްޔާރުވާން އެމްޑީޕީއަށް ފުރުސަތު ނުދޭން ކަމަށެވެ.
"ކައުންސިލްތައް ނުލިބުމުން ގާނޫނު ބަދަލުކުރުން ހުތުރު"
އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހުގެ 31 ގައި
އީސީ މިނިވަން ނަމަ އިންތިހާބުން ބަލިކުރާނަން: އެމްޔޫއޯ
"ކައުންސިލް އިންތިހާބަކީ ފުރުސަތެއް، ދުލެއް ނުދޭނަން"
އަދާލަތަށް އެއްވެސް މަޖުބޫރުކަމެއް ނެތް: ޖަމީލް
އިންތިހާބު އެޕްރީލް މަހު، ތާރީހު އަންނަ ހަފުތާގައި
ވޯޓު ވަގަށް ނެގިޔަ ނުދޭން އެންމެން ވޯޓުލާން ގޮވާލައިފި
ލަފާތައް ގަބޫލުނުކޮށް އިންތިހާބު އިންސާފުވެރިއެއް ނުވާނެ
އިންތިހާބުތައް މަދުނުކޮށް އީ-ވޯޓިންއަށް ދާން ގޮވާލައިފި
އައްޑޫ ކައުންސިލްގެ ސާފު މެޖޯރިޓީ އަލުން އެމްޑީޕީއަށް